Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖެ - އީޔޫ

ވަޒީރުން ވަޑައިގަތުމުން ވެސް އީޔޫއިން ދެއްކީ ފިޔަވަޅު އަޅާ ވާހަކަ!

28 ޖޫން 2018 | ބުރާސްފަތި 04:29

ރާއްޖޭގެ ގޯސްވަމުންދާ ޑިމޮކްރަސީގެ ޙާލަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 28 ޖޫން 2018 | ބުރާސްފަތި 04:29
ރައީސް އޮފީހުގެ މިނިސްޓަރ އާޒިމާ އަދި ފިޝަރީޒް މިނިސްޓަރ ޝައިނީ ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސަސް އޮފީހުގެ ބޭރުގައި

ރައީސް އޮފީހުގެ މިނިސްޓަރ އާޒިމާ އަދި ފިޝަރީޒް މިނިސްޓަރ ޝައިނީ ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސަސް އޮފީހުގެ ބޭރުގައި

ވިލާތުގެ އިއްތިހާދުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ދިވެހި ސަރުކާރުން ފޮނުވި ވަޒީރުންގެ ވަފުދުގެ ބޭފުޅުންނާއި އެ އިއްތިޙާދުގެ ޚާރިޖީ ގުޅުންތަކާ ބެހޭ އިސް ބޭފުޅުން ބައްދަލުކޮށް، ރާއްޖޭގެ ޙާލަތު އިސްލާހު ނުކޮށްފި ނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅަން އެ އިއްތިޙާދުން ނިންމާފައިވާކަން ހަނދާންކޮށްދީފިއެވެ.

ވިލާތުގެ އިއްތިޙާދުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭއިން ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްއަށް ވަޑައިގެންނެވީ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމް އާއި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރެވެ. މި ބޭފުޅުންނާ ބުދަ ދުވަހު ބައްދަލުކުރެއްވީ ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސަސްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކްރިސްޓިއަން ލެފްލަރގެ އިތުރުން އެ ސަރވިސް އިން އޭޝިއާ އަދި ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޯނީ އާއި ވިލާތުގެ އިއްތިިޙާދުން ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތުންގް-ލައި މާގްއެވެ.

Advertisement - newsAdvertisement

ބައްދަލުވުމަށް ފަހު ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސަސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ދިވެހި ވަޒީރުންގެ ވަފުދާއި ބައްދަލުކޮށްފައި ވާކަމަށެވެ.

މި ބައްދަލުވުމުގައި އީޔޫގެ އޮފިޝަލުން ވަނީ ރާއްޖޭގެ ގޯސްވަމުންދާ ޑިމޮކްރަސީގެ ޙާލަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރާއްޖޭގެ ޙާލަތު ރަނގަޅު ނުކޮށްފި ނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ވިލާތުގެ އިއްތިޙާދުގެ މެމްބަރު 28 ޤައުމުން ދީފައިވާ އިންޒާރުގެ މަތިންނާއި، އެދުވަހު އެއިއްތިހާދުން ފާހަގަކުރި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކުގެ މައްޗަށް ވިލާތުގެ އިއްތިޙާދުގެ އޮފިޝަލުން އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މިއަހަރު މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމާއި ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސަސްގެ ނޫސް ބަޔާނުގައި ވެއެވެ. އަދި މިފަދަ އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ކުރަން ޖެހޭ ކަމެއްގެ އިތުރުން މުސްތަޤްބަލުގައި ރާއްޖެ އާއި ވިލާތުގެ އިއްތިޙާދާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމަށް ވެސް އެއީ މުހިއްމު ކަމެއް ކަމަށް ވިލާތުގެ އިއްތިޙާދުގެ އޮފިޝަލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގެއަށް މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމްކޮށް، އިދިކޮޅު ސިޔާސީ ޕާޓީތަކަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަށް ވިލާތުގެ އިއްތިޙާދުން ގޮވާލާ ގޮވާލުން ބުދަ ދުވަހު ވެސް އެ އިއްތިޙާދުން ވަނީ ތަކުރާރުކޮށްފައެވެ. އަދި ހަމައެއާ އެކު، އިދިކޮޅު ފަރާތްތަކާ އެކު ވާހަކަތައް ބޭއްވުމަށް އެއިއްތިޙާދުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ވިލާތުގެ އިއްތިޙާދުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ ކުރިން ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން ރާއްޖެއިން ވިލާތުގެ އިއްތިޙާދަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިޔާން ވިދާޅުވީ މި މަޝްވަރާތަކަކީ ރާއްޖެ އާއި ވިލާތުގެ އިއްތިޙާދާ ދެމެދު ގަވާއިދުން ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ސިިލްސިލާގެ ބައެއް ކަމަށެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު މާލޭގައި މަޝްވަރާތައް ބާއްވާފައިވާއިރު، މިފަހަރު ބާއްވަނީ ބްރަސަލްސްގައި ކަމަށާއި، އަންނަ އޮކްޓޯބަރު މަހު އަނެއްކާ ވެސް މާލޭގައި މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ޝިޔާން ވިދާޅުވިއެވެ. އަދި މި މަޝްވަރާތަކުގައި ސިޔާސީ މަސްރަހާ ބެހޭ ގޮތުން ކުރާ މަޝްވަރާތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ބާރުވެރިކަން އިތުރުކުރުމާ ބެހޭ ގޮތުންނާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުންނާއި، ވިލާތުގެ ޤައުމުތަކަށް މަސް އެކްސްޕޯޓްކުރުމާއި ބެހޭ ގޮތުންނާއި، ޝެންޖެން ވިސާގެ ކަންތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރާ ކަމަށް ޝިޔާން ވިދާޅުވިއެވެ.

އެހެންނަމަވެސް ވިލާތުގެ އިއްތިޙާދުން ބުދަ ދުވަހު އާއްމުކުރި ނޫސްބަޔާނުގައި އިތުރު ކަމަކާ ގުޅޭ ގޮތުން މަޝްވަރާކުރި ވާހަކަ ހާމަކޮށްފައެއް ނެތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް

02 އެޕްރީލު 2017
ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް
27 މާރިޗު 2017

ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

27 މާރިޗު 2017
ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!
26 މާރިޗު 2017

މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު

26 މާރިޗު 2017
މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު
23 މާރިޗު 2017

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް