Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖޯ ޖެކްސަން

މައިކަލް ޖެކްސަންގެ ބައްޕަ މަރުވެއްޖެ

މަރުވި އިރު އުމުރުން 89 އަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ޖޫން 2018 | ބުދަ 17:04
މައިކަލް ޖެކްސަން އޭނާގެ ބައްޕަ ޖޯ އާއި މަންމަ ކެތުރީން ފޮޓޯއަކަށް ހުއްޓިލައިގެން

މައިކަލް ޖެކްސަން އޭނާގެ ބައްޕަ ޖޯ އާއި މަންމަ ކެތުރީން ފޮޓޯއަކަށް ހުއްޓިލައިގެން

މިއުޒިކް ދުނިޔޭގެ ލެޖެންޑް މައިކަލް ޖެކްސަންގެ ބައްޕަ ޖޯ ޖެކްސަން މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖޯ މަރުވެފައިވަނީ ބުދަ ދުވަހު ލޮސް އެންޖަލިސްގައި ފަރުވާދެމުން ދަނިކޮށެވެ. މަރުވި ވަގުތު އަންހެނުން ކެތުރީން އޭނާގެ ގާތުގައި ހުރި ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

89 އަހަރުގެ ޖޯ މަރުވިއިރު އޭނާ އަށް ވަނީ ޕެންކްރިއަޓިކް ކެންސަރ ޖެހިފައެވެ. އަދި އޭނާގެ ހާލު ހުރީ ކެންސަރުގެ ހަތަރުވަނަ ސްޓޭޖް ނުވަތަ ފަހު ސްޓޭޖްގައެވެ.

ފާއިތުވި އަހަރުތަކުގައި ޖޯގެ ހާލު ވަރަށް ދެރަ ކަމަށް ރިޕޯޓްތަކުގައިވެއެވެ. އެގޮތުން، އޭނާއަށް ޑިމެންޝިއާ އަދި ސްޓްރޯކްތައް ޖެހިފައިވާ އިރު، މަދުވެގެން އެއް ފަހަރު ހާޓް އެޓޭކެއް ވެސް ވަނީ ޖެހިފައެވެ. މީގެ އިތުރުން، މީގެ އަހަރެއްހާ ދުވަސް ކުރިން ކާރު އެކްސިޑެންޓެއްވެ، ޖޯއަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ.

ޖޯ އާއި ކެތަރިންގެ ދަރިފުޅު، އަދި ދުނިޔޭގެ ގިނަ ފަރާތެއްގެ ލޯބި ހޯދާފައިވާ މައިކަލް މަރުވެފައިވަނީ 2009 ވަނަ އަހަރެވެ. މައިކަލް އަމިއްލަ ކާމިޔާބީ ހޯދުމުގެ ކުރިން އޭނާ އަކީ އާއިލާގެ ބޭންޑް 'ޖެކްސަން ފައިވް'ގެ ލީޑް ވޯކަލިސްޓެކެވެ. ޖެކްސަން ފައިވް މެނޭޖް ކުރީ ޖޯއެވެ. އަދި ދަރިން މެނޭޖް ކުރުމުގައި 'ހަރުކަށި' ގޮތްތަކެއް ގެންގުޅުނު ޖޯ އާއި ކުދިންނާ ފަހުން ގިނަ މައްސަލަތަކެއް ވަނީ ޖެހިފައެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނެޓް ޖެކްސަން އަކީ ވެސް އެ އާއިލާ މީހެކެވެ. އަދި އޭނާ އަށް އެ ދާއިރާ ދަސްކޮށްދީފައިވަނީ ބައްޕަ ޖޯއެވެ. އެހެންކަމުން، ޖޫން 22 ވަނަ ދުވަހު ކުރިއަށް ދިޔަ 2018 ވަނަ އަހަރުގެ ޑިޒްނީ މިއިޒިކް އެވޯޑްސްގައި އިމްޕެކްޓް އެވޯޑް ލިބުނު ޖެނެޓްވަނީ އޭނާގެ ކާމިޔާބީއަށް ބައްޕައަށް ޝުކުރު އަދާކޮށްފައެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!
10 އެޕްރީލު 2017

ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ

10 އެޕްރީލު 2017
ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ
29 މާރިޗު 2017

ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި

29 މާރިޗު 2017
ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި
29 މާރިޗު 2017

ޖޯޖް މައިކަލްގެ ކުރެހުމެއް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި

29 މާރިޗު 2017
ޖޯޖް މައިކަލްގެ ކުރެހުމެއް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި
19 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަ މަރުވެއްޖެ

19 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަ މަރުވެއްޖެ
19 މާރިޗު 2017

ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ

19 މާރިޗު 2017
ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ
10 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

10 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ
02 މާރިޗު 2017

އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

02 މާރިޗު 2017
އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު
01 މާރިޗު 2017

އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

01 މާރިޗު 2017
އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟
21 ފެބުރުއަރީ 2017

މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި

21 ފެބުރުއަރީ 2017
މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު