Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ރިޔާސީ ކެންޑިޑޭޓާއި ރަނިންގ މޭޓްވެސް ވާނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް: ރައީސް ނަޝީދު

27 ޖޫން 2018 | ބުދަ 12:09

އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާޢީދުކޮށްދިނުމަށް ގުޅިފައިވާ ޕާޓީތަކުގެ ކިބައިން އެމްޑީޕީ އެދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 27 ޖޫން 2018 | ބުދަ 12:09
ރައީސް ނަޝީދު

ރައީސް ނަޝީދު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންގ މޭޓެއް ހިމެނޭ ގޮތަށް ރިޔާސީ އިންތިޚާބަށް ނިކުތުމަކީ ދިވެހިރާއްޖެއަށާއި އެމްޑީޕީއަށް ވެސް އެންމެ ފައިދާހުރި ގޮތްކަމަށް އެމްޑީޕީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޕާޓީގެ އާއްމު މެމްބަރުންނާއި މުޚާޠަބުކުރައްވައި ވީޑިއޯ މެސެޖެއް މެދުވެރިކޮށް ކޮޅުނބުގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާޢީދުކޮށްދިނުމަށް ގުޅިފައިވާ ޕާޓީތަކުގެ ކިބައިން އެމްޑީޕީ އެދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންގ މޭޓެއް ނެރެގެން އިންތިޚާބަށް ކުރިމަތިލާނެ ކަމަށް އެމްޑީޕީގެ އާއްމު މެމްބަރުން ޤަބޫލުކޮށްގެން ތިބޭތާވެސް ދުވަސްކޮޅެއް ވެއްޖެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީއިން ބައްދަލުކޮށް، ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އެކަން ދިގުލައިގެން ދާތީ އަދާލަތު ޕާޓީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގުޅިފައިވާ ކެންޑިޑޭޓް ފައިނަލް ނުކުރަނީސް ޖުމްހޫރީ ޕާޓީއިން ވަނީ އެޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްއަށް ރިޔާސީ ކެންޑިޑޭޓްކަން އަދި ކުރީގެ ނައިބު ރައީސަށް ރަނިންގ މޭޓްކަން ދީގެން ހަދާ ކެބިނެޓެއް ދާދިފަހުން އިއުލާން ކޮށްފައެވެ. އެހެންނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން ޤާސިމް ވިދާޅުވީ އެއީ ޚިޔާލީ ކެބިނެޓެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީއިން ހެދި "ޚިޔާލީ ކެބިނެޓް'އިންވެސް ޖާގަ ނުލިބުމުން އެމްޑީޕީއަށް ސިހުން ލިބުނު ކަމަށެވެ.

"އެމްޑީޕީ އަމަލުކުރަން ޖެހެނީ އެމްޑީޕީއާއި މެދު އެހެން ޕާޓީތައް ނުވަތަ އެހެން ވަކި ފަރުދުން ވެސް އަމަލުކުރާ ގޮތުގެ މައްޗަށް ބިނާކޮށެއް ނޫން. އެމްޑީޕީގެ އަމަލުތައް ބަހައްޓަން ޖެހޭނީ ވިސްނުންތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އަދި ވަފާތެރިކަމާއިއެކު. އެމްޑީޕީގެ ސިޔާސީ ނިންމުންތައް ބިނާވާން ޖެހޭނީ ހަމައެކަނި ސިޔާސީ ކަންކަމުގެ ހަޤީގަތްތަކުގެ މައްޗަށް،" ޖޭޕީގެ ނިންމުމުގެ ސަބަބުން އެމްޑީޕީގެ ނިންމުންތަކަށް އަސަރުނުކުރާނެ ކަމަށް ދޭހަވާފަދަ ގޮތަކަށް ރައީސް ނަޝީދު ވިދާޅުވިއެވެ. "ގާތްތިމާގެ ކަމުގެ ގުޅުމުގެ މައްޗަށް އެއްވެސް ކަމެއް ނިންމިގެން ނުވާނެ. ނުވަތަ ތިމާއަށް ލިބޭ މާލީ ފައިސާގެ ބޭނުމުގައިވެސް އެއްވެސް ކަމެއް ނިންމައިގެން ނުވާނެ. އަދި ތިމާގެ ހިތުގައި އަނދާ އުދާސްތަކާއި، ހިނގާ ހިތި އެއީ އެމްޑީޕީގެ މެމްބަރުން އަމަލުކުރުމުގައި އެއްގޮތަކަށް، އެއްގޮތަކަށް ވެސް ވެގެން ނުވާނެ."

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއިން މަސައްކަތްކުރާނީ ހަމައެކަނި ދިވެހި ރައްޔިތުންނާއި އަންނަން އޮތް ޖީލުތަކަށް ފައިދާވާ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ގުޅިފައިވާ ކެންޑިޑޭޓްގެ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް ނެރުމަށް ދޫދޭންޖެހޭ މިންވަރަކީ ކޮބައިތޯ ރައީސް ނަޝީދު ސުވާލު އުފެއްދެވިއެވެ. އަދި ދޫކުރީމާ ކާމިޔާބުވޭތޯ ވެސް ރައީސް ނަޝީދު ސުވާލު ކުރެއްވިއެވެ. އެމްޑީޕީގެ ކެންޑިޑޭޓާއިއެކު 2008 ވަނަ އަހަރު ވެސް ކާމިޔާބު ހޯދިފަދައިން އެމްޑީޕީގެ ކެންޑިޑޭޓްގެ ފަހަތަށް އެހެން ޕާޓީތައް އަރައިގެން މިއަހަރު ވެސް ކާމިޔާބުވާނެކަމާއިމެދު ޝައްކެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ކެންޑިޑޭޓް ނުނެރެވި ލަސްވަނީ ޖޭޕީއިން އެމްޑީޕީގެ ފަހަތަށް އެރުން ލަސްވާތީ ކަމަށް ދޭހަވާފަދަ މެސެޖެއް ދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއިން އިންތިޒާރުކުރަމުންދަނީ ޖޭޕީ ހިމެނޭ ގޮތަށް ގުޅިފައިވާ ޕާޓީތަކުގެ ރަސްމީ އިއްތިޙާދު އިއުލާންކުރެވޭނެ ދުވަހަކަށް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް