Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލޭޝިއާ

މެލޭޝިއާގެ ކުރީގެ ބޮަޑުވަޒީރު ނަޖީބާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުން ބުނެފި

27 ޖޫން 2018 | ބުދަ 10:00

ފުލުހުން ބުނެފައި ވަނީ އަތުލައިގަތް ތަކެތީގެ އަގު ބެލުމަށް 16 ދުވަސް ހޭދަވި ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 27 ޖޫން 2018 | ބުދަ 10:00
ފުލުހުން ނަޖީބާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ މައޫލޫމާތު ހިއްސާކުރަނީ

ފުލުހުން ނަޖީބާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ މައޫލޫމާތު ހިއްސާކުރަނީ

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގާ ގުޅުން ހުރި ތަންތަނުން ފެނުނު ހޭންޑް ބޭގުތަކާއި، ގަޑި އާއި އަދި ގަހަނާތަކުގެ އަގު 273 މިލިއަން ޑޮލަރަށް އަރާ ކަމަށް މެލޭޝިއާގެ ފުލުހުން ބުނެފިއެވެ.

މެލޭޝިއާ ފުލުހުން ބުނާ ގޮތުން ވޭތުވެދިޔަ މާޒީއަށް ބަލާއިރު މިއީ މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް އެއްފަހަރާ ގެނެވުނު އެންމެ އަގުހުރި ތަކެއްޗެވެ. މެލޭޝިއާގެ ފުލުހުންގެ ކޮމިޝަނަރު އަމަރު ސިންގްއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން ފުލުހުން ކުރިއަށްގެންދާ، އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ 1އެމްޑީބީގެ ބިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ ތަހުގީގުގައި ކުރީގެ ބޮޑު ވަޒީރު ނަޖީބާއި އޭނާގެ އަނބިކަނބަލުންނާ ގުޅުން ހުރި ހަ ޕްރޮޕަޓީއަކުން ކަރުގައި އަޅާ 1400 ފަށް، 567 ހޭންޑް ބޭގް، 423 ގަޑި، 2،200 އަނގޮޓި، 1600 ބްރޮއުޗްސް އަދި 14 ޓިއާރާ ފެނިފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަރުގައި އަޅާ އެއް ފަށުގެ އަގު 6.4 މިލިއަން ރިންގިޓް (1.5 މިލިއަން ޑޮލަރު) އަށް އަރާ ކަމަށް މެލޭޝިއާ ފުލުހުން ބުނެެއެވެ. ފުލުހުން އަތުލައިގަތް ތަކެތީގެ މާކެޓް ވެލިއުގެ އަގު އަންދާޒާ ކުރެވޭ ގޮތުން އުޅޭނީ 223 މިލިއަން ޑޮލަރާއި 275 މިލިއަން ޑޮލަރާ ދެމެދުގައި ކަމަށް ވެއެވެ. ފުލުހުން ބުނެފައި ވަނީ ހޯދި ތަކެތީގެ އަގު ބެލުމަށް 16 ދުވަސް ހޭދަވި ކަމަށެވެ.

ލޭޝިއާގައި ދާދިފަހުން ބޭއްވި އިންތިޚާބު ނަޖީބަށް ގެއްލުމުގެ މައިގަނޑު ސަބަބަކީ ވެސް އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތު ކަމަށްވާއިރު، އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ ތުހުމަތު ނަޖީބާއި އޭނާގެ އެކުވެރިންގެ މައްޗަށް ވެސް ވަނީ ކޮށްފައެވެ. އެ ބޭންކުން ނަޖީބުގެ އަމިއްލަ އެކައުންޓަށް ވަނީ 681 މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އަދި އަމިއްލަ އެކުންޓަށް ޖަމާކުރި ފައިސާ އިން ނަޖީބު ވަނީ އަނބިކަނބަލުންނާ އެކު ވަރަށް މުއްސަނދި ދިރިއުޅުއްވުމެއް އުޅުއްވާފައި ކަމަށް ތުހުމަތުކުރެވެއެވެ. ނަޖީބު ވަނީ އެމަނިކުފާނާ މެދު ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

ނަޖީބު، އެމަނިކުފާނުގެ ގެ ވެރިކަމުގައި 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލާގައި ހިންގި ތަހުގީގުގައި، އެމަނިކުފާނު އެއްވެސް ގޯހެއް ހިންގާފައި ނެތްކަމަސް ތަހުގީގަށް ސާބިތުވެފައިވީ ނަމަވެސް، އެއީ ވަރަށް ގިނަ މީހުންގެ ފާޑުކިޔުން އަމާޒުވި ތަހުގީގެކެވެ. މެއި މަހު ބޭއްވި އިންތިޚާބު ނަޖީބަށް ނާކާމިޔާބުވެ، އެެ އަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މިހާރުގެ ބޮޑުވަޒީރު މަހާތީރް މުހައްމަދު ވަނީ 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ވަރަށް އިސްކަމެއް ދެއްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް