Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒިމްބާބުވޭގެ ބޮމުގެހަމަލާ

ބޮމުގެ ހަމަލާގެ ފަހަތުގައި ހުންނެވީ ގްރޭސް މުގާބޭ ކަމަށް ނަންގަގްވާ ތުހުމަތުކުރައްވައިފި

27 ޖޫން 2018 | ބުދަ 09:44

ބޮމުގެ ހަމަލާދިނީ 23 ޖޫންގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 27 ޖޫން 2018 | ބުދަ 09:44
ރައީސް އެމާސަން ނަންގަގްވާ، ތުހުމަތުކުރައްވަނީ ހަމަލާގެ ފަހަތުގައި ހުންނެވީ ގްރޭސް ކަމަށް

ރައީސް އެމާސަން ނަންގަގްވާ، ތުހުމަތުކުރައްވަނީ ހަމަލާގެ ފަހަތުގައި ހުންނެވީ ގްރޭސް ކަމަށް

ޒިމްބާބްވޭގެ ވެރިކަންކުރާ ޒާނޫ-ޕީއެފް ޕާޓީގެ އިންތިޚާބުގެ ކެމްޕެއިން ރެލީއެއްގައި ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ ކުރީގެ ފަސްޓްލޭޑީއާ ގުޅިފައިވާ ގްރޫޕެއް ކަމަށް ތުހުމަތުކުރެވޭ ކަމަށް ރައީސް އެމާސަން ނަންގަގްވާ ވިދާޅުވެއްޖެއެވެ.

ބުލަވަޔޯގައި ބޭއްވި ކެމްޕެއިން ރެލީގައި ނަންގަގްވާ ހުންނަވަނިކޮށް ދިން ބޮމުގެ ހަމަލާގައި ދެ މީހުން މަރުވެ 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވިއެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން މި ހަމަލާގައި ވެރިކަންކުރާ ޕާޓީގެ ނާއިބު ރައީސެއް ކަމަށްވާ ކެމްބޯ މޮހަދީ އަށް ވަނީ ކޮންމެވެސް ވަރެއްގެ ޒަހަމަތަކެއް ލިބިފައެވެ.

ބީބީސީގައި ވާހަކަދައްކަވަމުން ނަންގަގްވާ ވިދާޅުވީ ހަމަލާ ދިނީ ގްރޭސް މުގާބޭ ވެރިކަމަށް ގެނައުމަށް ތާއީދުކުރާ ޖީ 40 ކިޔާ ގްރޫޕަކުން ކަމަށެވެ.

ގްރޭސްގެ ފިރިކަލުން އަދި ކުރީގެ ޚުދުމުޚުތާރު ވެރިޔާ 37 އަހަރަށް ފަހު ވެރިކަމުން ދުރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މުގާބޭ އަށް ފަހު ގްރޭސް ވެރިކަމަށް ވަޑައިގެންނެވުމަށް މަސައްކަތްކުރެއްވުމަކީ އަސްކަރިއްޔާ ބައިވެރިވެ އެ ގައުމުގެ ވެރިކަން ބަދަލުވުމުގެ އެއް ސަބަބު ކަމަށް އަންނަނީ ބުނެވެމުންނެވެ.

ހޮނިހިރު ދުވަހު ދިން ހަމަލާގައި ނަންގަންވާ އަވަހާރަކޮށްލަން ގްރޭސް އުޅުއްވި ކަމަށް ނަންގަގްވާ ތުހުމަތެއް ނުކުރައްވައެވެ.

ހަމަލާއަ ށްފަހު ދެއްވި ފުރަތަމަ އިންޓަވިއުގައި ބީބީސީގައި ވިދާޅުވީ އެކަމުގައި ސާމިލުވި މީހުން އަވަސް ގޮތެއްގައި ހައްޔަރުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ އެއީ އެކަކު ކުރި ކަމެއް ކަމެއް. އަޅުގަނޑަށް ވިސްނެނީ އެއީ އެކަކަށް ވުރެ ގިނަ މީހުން ކުރި ކަމަކަށް. އަޅުގަނޑަށް ވިސްނެނީ މިއީ ކޮންމެވެސް ބޭއިންސާފު އަނިޔާއެއް ލިބިފައި ހުރި މީހަކު ހިންގި ސިޔާސީ ކަމެއް ކަމަށް،" އޭނާ ވިދާޅުވިއެވެ.

މުގާބޭ އަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައި އޮތީ ގްރޭސް އަދި އެރު ނައިބަކަށް ހުންނެވި ނަންގަގްވާއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 މެއި 2017

ބެންކޮކްގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި 24 މީހުން ޒަޚަމްވެއްޖެ

22 މެއި 2017
ބެންކޮކްގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި 24 މީހުން ޒަޚަމްވެއްޖެ
17 މެއި 2017

އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

17 މެއި 2017
އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި
11 މެއި 2017

ދެކުނު ކޮރެއާގެ އާ ރައީސް އުތުރު ކޮރެއާ އަށް ވަޑައިގަންނަވަން ހުންނެވީ ތައްޔާރަށް

11 މެއި 2017
ދެކުނު ކޮރެއާގެ އާ ރައީސް އުތުރު ކޮރެއާ އަށް ވަޑައިގަންނަވަން ހުންނެވީ ތައްޔާރަށް
09 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް

09 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާ: އިނގިރޭސިވިލާތް
07 އެޕްރީލު 2017

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

07 އެޕްރީލު 2017
ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި
11 މާރިޗު 2017

ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި

11 މާރިޗު 2017
ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި
23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް