Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވޫޑް

ރަންބީރާއި އާލިއާ އެކުގައި ސަންޖޭދަތުގެ ގެއަށް!

މި ދެ ލޯބިވެރިން ސަންޖޭ ގެ ގެއަށް ގޮސްފައިވަނީ ސަންޖޭގެ ދައުވަތަކަށް ރޭގަނޑުގެ ކެއުމަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 26 ޖޫން 2018 | އަންގާރަ 22:26
އާލިއާ ބަޓް އާއި ސަންޖޭދަތު

އާލިއާ ބަޓް އާއި ސަންޖޭދަތު

ސަންޖޭދަތުގެ ހަޔާތުގެ މައްޗަށް ބިނާ ކުރާ ފިލްމް " ސަންޖޫ" މިމަހުގެ 29 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނިކޮށް "ސަންޖޫ" ގައި ސަންޖޭދަތުގެ ރޯލް އަދާ ކުރާ ރަންބީރާއި އޭނާގެ ލޯބި ވެރިޔާ އާލިއާ ބަޓް ސަންޖޭދަތުގެ ގެއަށް ގޮސްފިއެވެ.

ހޯމަދުވަހުގެ ރޭ މި ދެ ލޯބިވެރިން ސަންޖޭ ގެ ގެއަށް ގޮސްފައިވަނީ ސަންޖޭގެ ދައުވަތަކަށް ރޭގަނޑުގެ ކެއުމަކަށެވެ.

މިދެތަރިން އެކުގައި ސަންޖޭގެ ގޭ ކައިރިއަށް ކާރު މަޑުކޮށްލާ ފޮޓޯއެއް ވަނީ ފެނިގެން ގޮސްފައެވެ.

ކަޅު ކުލައިގެ ޓީޝާޓެއް ލާފައި މި ޖޯޑު ތިބިއިރު ރަންބީރު ވަނީ އޭނާ އަޅާފައި ހުރި ތޮފިން ކެމެރާތަކަށް މޫނު ފޮރުވަން މަސައްކަތް ކޮށްފައެވެ.

ކާރުން ފެބުމަށްފަހު ސަންޖޭއާއި ހަގުކޮށްލާ ފޮޓޯ އަކާއި ރަންބީރުގެ މޫނުގައި ސަންޖޭ ގެ ދެއަތުން ހިފަހައްޓައިގެން ވާހަކަ ދައްކަން ހުރި ފޮޓޯ އެއްވެސް ވަނީ ސޯޝަލް މީޑިއާގައި ފެނިގެން ގޮސްފައެވެ.

މިކެއުމަށް "ސަންޖޫ" ގެ ޑައިރެކްޓަރ ރާޖްކުމާރު ހިރާނީ އާއި ސަންޖޭގެ ޅިޔަނު ކުމާރު ގައުރަވް އަށް ވަނީ ދައުވަތު ދީފައެވެ.

މިދުވަސްކޮޅު އާލިއާ އާއި ރަންބީރު ދަނީ އެކުގައި ތަންތަނަށް ދަމުންނެވެ.

އަދި ރަންބީރު ވަނީ ދާދިފަހުން އެދެތަރިން ރައްޓެހިވެގެން އުޅޭ ކަމަށް އެއްބަސް ވެސް ވެފައެވެ.

ރަންބީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ މިމަހުގެ 29 ގައި ރިލީޒް ކުރާ ސަންޖޭދަތުގެ ބައޯޕިކް" ސަންޖޫ" އިންނެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ނެޝަނަލް އެވޯޑް ނުލިބުމުން ދެރައެއް ނުވޭ: އާލިއާ

13 އެޕްރީލު 2017
ނެޝަނަލް އެވޯޑް ނުލިބުމުން ދެރައެއް ނުވޭ: އާލިއާ
05 އެޕްރީލު 2017

އާލިއާ ބަޓްގެ މަންމަ އެބުރި ސިނަމާތަކަށް

05 އެޕްރީލު 2017
އާލިއާ ބަޓްގެ މަންމަ އެބުރި ސިނަމާތަކަށް
22 މާރިޗު 2017

ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ

22 މާރިޗު 2017
ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
07 މާރިޗު 2017

ހަމްސަފަރްގެ އަންހެން އަޑަކަށް އާލިއާ

07 މާރިޗު 2017
ހަމްސަފަރްގެ އަންހެން އަޑަކަށް އާލިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު