Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނަށް އިސްލާހު ހުށަހެޅުން

ރައީސް ނަޞީދަށާއި ގާސިމަށް ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރެވޭގޮތަށް ހަދަނީ!

26 ޖޫން 2018 | އަންގާރަ 10:41

މިއަދުގެ ޖަލްސާ ވެސް އިދިކޮޅު މެމްބަރުން ވަނީ ބޮއިކޮޓް ކޮށްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 ޖޫން 2018 | އަންގާރަ 10:41
ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން މަޖިލީހުގެ އިދާރާގެ ތެރޭގައި

ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން މަޖިލީހުގެ އިދާރާގެ ތެރޭގައި

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި މަޝްހޫރު ވިޔަފާރިވެރިޔާ ޖުމްހޫރީ ޕާޓީގެ ވެރިޔާ ގާސިމް އިބްރާހީމްއަށް ކުރިއަށް އޮންނަ އެއްވެސް ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ރިޔަސީ އިންތިހާބުގެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރު ހިންގާ ޕީޕީއެމުން ކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ރިޔާސަތު ބަލެހެއްޓެވި އަންގާރަ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދަށާއި ގާސިމަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތަށް ސީދާ ގޮތެއްގައި ޕީޕީއެމް މެމްބަރުން ވިދާޅުނުވިޔަސް، އެފަދަ މޭރުމަކުން އެ މެމްބަރުން ވަނީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވާފައެވެ.

Advertisement - newsAdvertisement

މަޖިލީހުގައި އެ މެމްބަރުން ބަހުސް ކުރައްވާފައި ވަނީ ރިޔާސީ އިންތިހާބުގެ ގާނޫނަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫފްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލަށެވެ.

ނިހާނު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެގައި ހުންނަަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ހ)ގައި އެމީހަކީ، ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން، އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ކަނޑައަޅާފައިވާ ކަމަށްޓަކައި، ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާ ނަަމަ، އެފަދަ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ، އެމީހަކު ބޭރު ގައުމުގެ ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށެވެ.

އެބިލަށް ބަހުސް ކުރެއްވި ޕީޕީއެމް މެމްބަރުން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭ މީހުންގެ ޝަރުތު މި އިސްލާހުގައި ބުނާ އިސްލާހާ އެކު އިތުރު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

އެގޮތުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާ މީހަކު ނަމަ ދިވެހިރައްޔިތެއްގެ އިތުރުން ރާއްޖޭގައި ދިރިއުޅޭތާ ފަސް އަހަރު ވާންޖެހޭނެ ކަމަށެވެ.

"އިތުރުކޮށްލަން ބޭނުން، ރާއްޖޭގައި ދިރިއުޅޭތާ މަދުވެގެން ފަސް އަހަރު ވާންޖެހޭނެ... ބޭރު ކަރަކަރައިގަ ތިބެފަ، އުޅޭނެހާ ގޮތަށް އުޅެފަ އައިސް ރިޔާސީ އިންތިހާބަށް ކުރިމަތި ލެވިގެން ނުވާނެ،" ސަރުކާރަށް ނިސްބަތްވާ މެމްބަރު އަލީ އާރިފް ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ އާރިފް ވިދާޅުވީ ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައިވާ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތި ލެވޭނީ ހިމާޔަން ދޫކޮށްލިތާ 10 އަހަރު ވުމަށް ފަހުގައި ކަމަށް ބަޔާން ކުރާ އިސްލާހެއް މިބިލަށް އިތުރުކޮށްލަން ވެސް ބޭނުންވާ ކަމަށެވެ.

"ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައިވާ މީހެއް ރިޔާސީ އިންތިހާބަށް ވާދަ ކުރެވޭނީ އެ ހިމާޔާތް ދޫކޮށްލިތާ 10 އަހަރަށް ފަހު. އަދި ބޭރު ގައުމެއްގެ ޕާސްޕޯޓް ގެންގުޅެފައިވާ މީހެއް އެ ޕާސްޕޯޓް ދޫކޮށްލިތާ 10 އަހަރުވުން، މިއީ ވެސް ގެންނަންޖެހޭ ވަރަށް މުހިއްމު ދެ އިސްލާހު،" އަލީ އާރިފް ވިދާޅުވިއެވެ.

އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކަށް ޗެލެންޖު ކުރައްވައި ޕީޕީއެމަށް ނިސްބަތްވާ މަޖިލީހުގެ ނާއިބު ރައީސް މޫސާމަނިކު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ނަންފުޅު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނޯންނާނެ ކަމަށާއި އެކަން ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މަޖިލީހުން ފުުރުސަތު ވެސް ނުދޭނެ ކަމަށެވެ.

"ޗެލެންޖްކޮށްފައި މިބުނަނީ ގ. ކެނަރީގެ މުހައްމަދު ނަޝީދުގެ ނަން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ، އެފުރުސަތެއް މި މަޖިލީހުން އިލެކްޝަންސް ކޮމިޝަނަކަށް ވެސް ނުދޭނަން. އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް ވެރިކަމަށް ކުރިމަތި ނުލެވޭހެން އިސްލާހު ކުރަންފެނޭ،" ކުރިން އެމްޑީޕީގެ ޗެއާރޕާސަން ކަމާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާފައިވާ މޫސަ ވިދާޅުވި އެވެ.

ޕީޕީއެމް ޕީޖީ މެމްބަރު އަދި ޕީޕީއެމްގެ ސެކެރަޓަރީ ޖެނަރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު ވިދާޅުވީ ރާއްޖެއަށް ގެއްލުންވާގޮތަށް ވާހަކަ ދައްކަވާ ބޭފުޅުންނާއި އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވިގެން ނުވާނެ ކަމަށެވެ.

"އެ މީހުންނަށް ވެސް ވެރިކަމަށް ކުރިމަތި ލެވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ގާނޫނުން ވެސް އެމީހުންނަށް ވެރިކަމަށް ނާދެވޭ ގޮތަށް ހަމަޖެހިގެންދިއުން އެދެނީ. ރާއްޖޭގެ މަސްލަހަތާއި ރާއްޖޭގެ ކުރިއެރުމަށްޓަކައި،" ހަލީލު ވިދާޅުވިއެވެ.

ސަރުކާރަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ ވިދާޅުވީ ރާއްޖޭގެ އަގު ވައްޓާލައި، ގައުމަށް އިހުތިރާމުނުކޮށް، ގާނޫނުއަސާސީއަށް އިހުތިރާމު ނުކުރާ ފަރާތްތަކަށް ވެރިކަމަށް ކުރިމަތި ނުލެވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެސް ކުރިމަތި ލެވިގެން ނުވާނެ ކަމަށެވެ.

"ރާއްޖޭން ބޭރުގައި ރާއްޖޭގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދައްކައި، ދިވެހި ގައުމަށް އިހުތިރާމުނުކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިހުތިރާމު ނުކުރާ ބަޔަކަށް، ގާނޫނު ހަދާ މަޖިލީހަށް ވެސް ވަދެވިގެން ނުވާނެ. ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ މަގާމެއް ނޫން،" އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު އިބަރާހީމްދީދީ ވިދާޅުވި އެވެ.

ޕީޕީއެމް ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ކަނޑައެޅިގެން ގޮންޖައްސަވާ ބަޣާވާތްކުރާ މީހުންނާ ދޭތެރޭގައި ވެސް ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

"އެމީހުންގެ ސިޔާސީ ހައްގުތައް އެބަޖެހޭ ހިފެހެއްޓެން. މިއީ ސައްތައިންސައްތަ މުސްލިމު ގައުމަކަށްވާއިރު މި ގައުމުގައި އޮތް މާތްވެގެންވާ އިސްލާމް ދީން ގެއްލިގެންދާ ފަދަ ގޮތަކަށް އަމަލުކޮށް ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާ ގޮތަށް މަސައްކަތްކުރާ މީހުންނަށް ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ވެރިކަންކުރަން އޮތުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ސަރުކާރުގެ ނުފޫޒު ފަދަ އަބްދުއްރަހީމް ވިދާޅުވިއެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެބިލަށް ބަހުސް ކުރައްވަމުން، ރައީސް އަބްދުﷲ ޔާމީންއަށް ކެމްޕެއިން ކުރައްވާ ވާހަކަ ދެއްކެވިއިރު، އިދިކޮޅު ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވެއެވެ.

މިޖަލްސާގައި ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ބައިވެރިވެ ވަޑައިގަންނަވާފައެއް ނުވެއެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރެއްވީ ގަދަ ބާރުން މަޖިލީހުގެ ރައީސް ކަމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު އިންނަވާތީއެވެ. ސިފައިން މެދުވެރިކޮށް މަސީހު މަޖިލިސް "ހިސޯރު" ކުރައްވައިގެން، ބާއްވާ ޖަލްސާތަކަކީ މަޖިލީހުުގެ ގަވާއިދާ ހިލާފަށް ބާއްވާ ޖަލްސާތަކެއް ކަމަށް ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. މަޖިލީހުގެ މެޖޯރިޓީއަށް ވުރެ ގިނަ މެމްބަރުން ވަނީ މަސީހަކީ މަޖިލީހުގެ ރައީސް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ 45 މެމްބަރުން ސޮއިކުރައްވާ މަޖިލީހުގެ އިދާރާއަށް އެމައްސަލަ ހުށަހަޅުއްވާފައި ވާތީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ނަމަވެސް މަސީހު ގެންދަނީ މަދުން ނަމަވެސް މަޖިލީހުގެ ޖަލްސާތައް ބާއްވަމުންނެވެ. އޭގެ ފަހުން ބޭއްވި ގިނަ ޖަލްސާތަކަކީ ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް ބޭއްވި ޖަލްސާތަކެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް