Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ރައީސް ޔާމިން ގެންދަވަނީ ސިޔާސީ ހަރަކާތްތަކަށް އެޅެން ހުރި ހުރިހާ ހުރަސްތަކެއް އެޅުއްވުމަށް މަސައްކަތް ކުރައްވަމުން: އަހުމަދު އީސަ

25 ޖޫން 2018 | ހޯމަ 08:24

ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅަނީ ގަދަބާރުން ވެރިކަން ދިފާއު ކުރެއްވުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖޫން 2018 | ހޯމަ 08:24
ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވާހަކަ ދައްކަވަނީ...

ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވާހަކަ ދައްކަވަނީ...

ރައީސުލްޖުމްހޫރިއްޔާ އަބްދުލްﷲ ޔާމިން އަބްދުލްގައްޔޫމް ގެންދަވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް އެޅެން ހުރި ހުރިހާ ހުރަސްތަކެއް އެޅުއްވުމަށް މަސައްކަތް ކުރައްވަމުން ކަމަށް ރައްޔިތުން މަޖިލީހުގެ ކެދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްވަމުން މެންބަރު އަހުމަދު އީސަ ވިދާޅުވީ ގަދަ ބާރުން ރައީސް ޔާމިންގެ ވެރިކަން ދިފާއު ކުރެއްވުމަށްޓަކައި ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ވަރަށް ބޮޑަށް ހުރަސްއަޅާފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ އެއްވެސް އިރެއްގައި ގާނޫނާއި ހިލާފަށް މަސައްކަތަށް ހުރަސްއަޅާފާނެ ކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ނުކޮށް ދޫކޮށްލައިގެން ތިބޭ ބައެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އަހުމަދު އީސަ ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމާއި ހިންގުމާއި ޕާޓީތަކުގައި ހަރަކާތްތެރިވުމާއި، މިފަދަ ހައްގުތަކަކީ ގާނޫނު އަސާސީގެ ދެވަނަ ބާބުން ކަށަވަރުކޮށްދީފައި ހުރި ވަރަށް މުހިންމު އަސާސީ ހައްގުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހައްގުތައް ދޫކޮށްނުލާނެ ކަމަށާއި، ގާނޫނުން ލިބިދީފައިވާ ހައްގުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ހައްގުތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރާނެ ކަމަށެވެ.

މިމަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސް ރައީސް ޔާމިންއަށް ނުހުއްޓުވޭނެކަން ފާހަގަކުރައްވައި އަހުމަދު އީސަ ވިދާޅުވީ އެމްޑީޕީގެ ޕްރައިމެރީ ވެސް ނުހުއްޓުވުނު ކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަކުރުން ވެސް ނުހުއްޓުވޭނެ ކަމަށް އޭނަ ވިދާޅުވި އެވެ.

" ޔާމިން ކިތަންމެ މަސައްކަތް ކުރިއަސް ކުރިއަށް އޮތް ރިޔާސީ އިންތިހާބެއްގައި ޔާމިން ބޭނުންވާހާ މަކަރެއް ހަދާކަށެއް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. އިންސާފުގެ ކުޑަ މިންވަރެއް ހުއްޓަސް، ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައި އޮތް މިނިވަން އިންސާފުވެރި އިންތިހާބެއްގެ ކުޑި ފަށެއް ވެސް އަޅުގަނޑުމެންނަށް ލިބުނު ނަމަވެސް މިއިންތިހާބު ކާމިޔާބު ކުރާނަން. އިންތިޚާބު ބާއްވާފިއްޔާ އިންޚާބު ކާމިޔާބު ކުރާނަން" އަހުމަދު އީސަ ވިދާޅުވިއެވެ.

އަހުމަދު އީސަ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ދެން އުފެދިގެން އަންނާނީ އެމްޑީޕީ އިސްވެ އޮވެ އުފައްދާ ސަރުކާރެއް ކަމަށާއި، ރައީސް ޔާމިންއަށް މިގައުމުން ދެން ޖާގަ ނުލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންގެ އަތުން ނިގުޅައިގަނެ ހުރިހާ އިންސާނީ ހައްގުތައް ހޯދައިދޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް