Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ނޮވެމްބަަރު މަހުގެ މިޑް ޓާމް އިންތިޚާބު ނިމެންދެން ހިޖުރަވެރިންނާ ބެހޭ ބިލު ފާސްކުރުން މަޑު ކުރުމަށް ރިޕަބްލިކަން ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އަރިހުން ޓްރަމްޕް އެދިވަޑައިގެންފި

އެމެރިކާ އަށް ގަވާއިދާ ޚިލާފަށް ވަންނަ ފަރާތްތަކުގެ ތެރެއިން ކުޑަ ކުދިންނާއި އެ ކުދިންގެ މައިންބަފައިން ވަކިކުރުމުގެ ސިޔާސަތެއް ކަނޑައެޅުއްވުމާ ގުޅިގެން ޓްރަމްޕް އަށް ވަނީ ފާޑުކިޔުން އަމާޒުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 22 ޖޫން 2018 | ހުކުރު 14:11
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މިޑްޓާމް އިންތިޚާބު ނިމެންދެން ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން, އެމެރިކާއަށް ހިޖުރަ ކުރާ މީހުންނާ ބެހޭ ބިލް ފާސްނުކޮށް މަޑުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިލްތިމާސްކުރައްވައިފިއެވެ.

އެމެރިކާގެ ރައީސް ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ ނޮވެމްބަަރު މަހު އިތުރު ސެނެޓަރުންނާއި ކޮންގްރެސް މެމްބަރުން އިންތިޚާބު ވަންދެން ރިޕަބްލިކަން ޕާޓީގެ މެމްބަރުން ހިޖުރަވެރިންނާ ގުޅޭގޮތުން ވަގުތު ބޭކާރުނުކޮށް ތިބެން ޖެހޭ ކަމަށާއި، ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ކުޅެމުން ދަނީ ގޭމު ކަމަށެވެ. އަދި ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން އެތައް އަހަރެއްވީ ހިޖުރަވެރިންނާ ގުޅޭ މައްސަލަތައް ހައްލުކުރަން އެއްވެސް ނިޔަތެއް ނެތް ކަމަށެވެ.

ރައީސް ޓްރަމްޕް މިގޮތަށް ޓްވީޓް ކުރެއްވިއިރު ގާނޫނު ހަދާ މަޖިލީހަށް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ގެންދަވަނީ ފުރިހަމަ ހިޖުރަވެރިންނާ ގުޅޭ ބިލެއް ފާސްކުރުމަށް ގާނޫނު ހަދާ މަޖިލީހުގައި ދަތިތަކެއް ކުރިމަތިކުރުވަމުންނެވެ. އެގޮތުން އެއް ދުވަސްތެރޭ ދެވަނަ ފަހަރަށް ހިޖުރަވެރިންނާ ގުޅޭ ބިލެއް ފާސްކުރުމަށް ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަނީ ވޯޓަށް އެހުން ފަސްކޮށްފައެެވެ. މީގެ އިތުރުން އެމެރިކާ އަށް ގާނޫނާ ހިލާފަށް އެތެެރެވާ އާއިލާތަކުގެ ކުޑަކުދިން އެ އާއިލާތަކާ ދުރުކުރުން ނިމުމަކަށް ގެނައުމުގެ ބިލެއްވެސް ގާނޫނު ހަދާ މަޖިލީހުގައި ދަނީ ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ.

ބޯޑަރު ހުރަސްކޮށް އެމެރިކާ އަށް ގަވާއިދާ ޚިލާފަށް ވަންނަ ފަރާތްތަކުގެ ތެރެއިން ކުޑަ ކުދިންނާއި އެ ކުދިންގެ މައިންބަފައިން ވަކިކުރުމުގެ ސިޔާސަތެއް ކަނޑައެޅުއްވުމަށް ފަހު އެ ސިޔާސަތު ކުރިއަށް ނުގެންދަން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވާފައެވެ. އާއިލާތައް ދެ ތަން ކުރުމުގެ ސިޔާސަތަށް ޓްރަމްޕް ނިމުން ގެންނަވާފައި މި ވަނީ ބައިނަލްއަގުވާމީ ގޮތުން ކުރިމަތި ކުރަމުން ދިޔަ ޕްރެޝަރާ ގުޅިގެންނެވެ.

އެމެރިކާ އަށް ހިޖުރަ ކުރާ ކުޑަކުދިންގެ ތެރެއިން 20،000 ކުޑަކުދިންނަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި ހަތަރު އަސްކަރީ ބޭހެއްގައި އެކުދިން ބޭތިއްބުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް ޕެންޓަގަން އިން ބުރާސްފަތި ދުވަހު ވިދާޅުވިއިރު، އެކުދިންނާ އެކު އެކުދިންގެ ބެލެނެވެރިންނަށް ބޯހިޔާވަހިކަން ދޭނެ ކަމެއް އަދި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް

އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް

21 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު