Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ކޮރެއާ-އެމެރިކާ

އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރުު ބާއްވާ އަސްކަރީ ތަމްރީންތައް ފަށައިފި

އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ތަމްރީންތައް ފެށިއިރު މި ދަނޑިވަޅަކީ އެމެރިކާ އާއި އުުުތުރު ކޮރެއާގެ ގުޅުން ވަރަށް ގޯސްވެފައިވާ ދަނޑިވަޅެއް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 21 އޯގަސްޓު 2017 | ހޯމަ 10:53
އެމެރިކާ ސިފައިންތަކެއް

އެމެރިކާ ސިފައިންތަކެއް

އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރު ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް ފަށައިފިއެވެ.

އުތުުރު ކޮރެއާ އިން ހިތްހަމަ ނުޖެހުން ފާޅުކޮށް ބުނެފައި ވަނީ "އަލިފާނަށް ތެޔޮއެޅުން" ފަދަ ކަމެއް އެމެރިކާ އާއި ދެކުނު ކޮރެއާ އިން ކުރަމުން ދާ ކަމަށެވެ.

އެމެރިކާ އިން ބުނަމުން ދަނީ ދެކުނު ކޮރެއާ އާއި އެމެރިކާ އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީން ތަކަކީ ދިފާއަށްޓަކައި ކުރަމުންދާ ކަމެއް ކަމަށެވެ. އެހެންނަމަވެސް އުތުރު ކޮރެއާ އިން އަބަދުވެސް ބުނަމުން ދަނީ މިއީ އެގައުމު ހިސޯރު ކުރުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާ އާއި ދެކުނު ކޮރެއާ އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީން ތަކުގައި މިފަހަރު 17000 އެމެރިކާ ސިފައިން ބައިވެރިވާއިރު 50000 ދެކުނު ކޮރެއާ ސިފައިން ބައިވެރިވެއެވެ.

އުތުރު ކޮރެއާ އިން ދަނީ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް އަށް ހަމަލާ ދޭނެ ކަމަށް ބުނެެ އިންޒާރުވެސް ދެމުންނެވެ. އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހިންގާ މިސައިލް ޓެސްޓްތައް ވެސް ކުރަމުންނެވެ. ޕެސިފިކްގައި އޮންނަ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް ކަނޑަށް މިސައިލް ހަމަލާ ދިނުމާ ބެހޭ ޕްލޭން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ރިވިއުކޮށްފައިވާ ކަމަށާއި އެހެން ނަަމަވެސް ސީދާ ވަކި ގޮތެއް ނިންމުމުގެ ކުރިން އެމެރިކާގެ އަމަލުތަކަަށް ބަލާނެ ކަމަށް އުތުރު ކޮރެއާ އިން ބުނިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ.

ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެންނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. އދ. އިން ދާދިފަހުން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު