Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްޕެއިން ޝާހީ އާއިލާ

ސްޕެއިންގެ ރަސްގެފާނުގެ ޅިޔަނު އަމިއްލައަށް ގޮސް ޖަލުގައި ބަންދުވެއްޖެ

ދަށު ކޯޓުގެ ހުކުމްތައް ވަނީ ސުޕްރީމް ކޯޓުން ލުއިކޮށްފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 20 ޖޫން 2018 | ބުދަ 10:01
ސްޕެއިންގެ ރަސްގެފާނުގެ ޅިޔަނު، އިނާކީ އުރުޑުންގަރިން ޖަލަށް ލާން ހުކުމް ކުރި ދުވަހު ކޯޓުން ނިކުންނަނީ

ސްޕެއިންގެ ރަސްގެފާނުގެ ޅިޔަނު، އިނާކީ އުރުޑުންގަރިން ޖަލަށް ލާން ހުކުމް ކުރި ދުވަހު ކޯޓުން ނިކުންނަނީ

ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތަކެއްގައި ސްޕެއިންގެ ރަސްގެފާނުގެ ޅިޔަނު، އިނާކީ އުރުޑުންގަރިން 5 އަހަރާއި 10 މަހަށް ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އަމިއްލައަށް ގޮސް ޖަލުގައި ބަންދު ވެއްޖެއެވެ.

އިނާކީގެ މައްޗަށް ދަށު ކޯޓުން ކުރި ޙުކުމަށް ސްޕްރީމް ކޯޓުން ވަނީ ލުއިތަކެއް ގެނެސްދީފައެވެ. އެހެން ނަމަވެސް ހުކުމް ތަންފީޒުކުރަން ޖެހޭ މުއްދަތަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އިނާކީއަށް ލިބުނު ލުއިތަކުގެ ތެރޭގައި އޭނާގެ ހުކުމް ތަންފީޒު ކުރަން ބޭނުންވާ ޖަލެއް އިޚްތިރު ކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި އެ ފަސް ދުވަސް ވަންދެން އޭނާ ހުންނާނީ ފުލުހުންގެ ދަށުގައި ނޫންކަން ވެސް ވަނީ ކަނޑަ އަޅާފައެވެ.

އިނާކީ ވަނީ އެ ފުރުސަތުގެ ބޭނުން ހިފާ، އަމިއްލައަށް ގޮސް ސްޕެއިންގެ އަވީލިއާ އަވަށުގައި ހުންނަ ބްރީވިއާ ޖަލުގައި އަމިއްލައަށް ގޮސް ބަންދުވެފައެވެ. 162 ގޮޅި ހުންނަ އެ ޖަލަކީ އަންހެނުންނަށް ޚާއްސަކޮށްގެން ހަދާފައި ހުރި ތަނަކަށްވީ ނަމަވެސް ފިރިހެނުން ބޭތިއްބޭނެ އިމެއް ޖަލުތެރޭގައި ވަނީ ހަދާފައެވެ. ބެލެވޭ ގޮތުގައި އިނާކީ އެ ޖަލު އީޚްތިޔާރު ކުރީ އެ ތަން މެޑްރިޑާ ކައިރި ވީމައެވެ. މެޑްރިޑަކީ އޭނާގެ އަންހެނުން، ސްޕެއިންގެ ރަސްގެފާނުގެ ދައްތަ ޕްރިންސަސް ކްރިސްޓީނާ އުޅޭ ގަނޑުވަރު ހުންނަ ސަރަހައްދެވެ.

އިނާކީގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކުގެ ތެރޭގައި ޓެކްހަށް މަކަރުހެދުމާއި ސަރުކާރުން އެވޯޑްކުރާ ކޮންޓްރެކްޓްތަކަށް ނުފޫޒު ފޯރުވުމާއި ގަވާއިދާ ޚިލާފަށް ހިންގާ ހަރަކާތްތަކުން ލިބޭ ލާރި ބޭރު ގައުމް ތަކުގައި ފޮރުވުން ހިމެނެއެވެ.

މިއާއެކު މިދުވަސްވަރު ދިމާ ވަމުންދާ ހާދިސާތަކާ ގުޅިގެން، އާންމުންގެ މެދުގައި ސްޕެއިން ސަރުކާރަށް އޮތް މަގުބޫލުކަން ވެސް ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. އެންމެބޮޑު ހާދިސާއެއް ކަމަށް ބެލެވެނީ ރަސްގެފާނުގެ ޅިޔަނު ކުރި ކަންތަކަށް ބަސް ނުބުނެ ހުއްޓާ، އެތް މެރުމުގެ ފޯރީގައި ރަސްގެފާނުގެ މިތުރުންނާ އެއްކޮށް އުޅުއްވާކަން އެގުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ބިންގަނޑު ކަނޑައިގެން ގޮސް ބަނގްލަދޭޝްގައި 134 މީހުން މަރުވެއްޖެ

ބިންގަނޑު ކަނޑައިގެން ގޮސް ބަނގްލަދޭޝްގައި 134 މީހުން މަރުވެއްޖެ

14 ޖޫން 2017
މެޑިޓެރޭނިއަން ކަނޑަށް ދެ ބޯޓެއް އަޑިއަށް ގޮސް 200 މީހުން ގެއްލިއްޖެ

މެޑިޓެރޭނިއަން ކަނޑަށް ދެ ބޯޓެއް އަޑިއަށް ގޮސް 200 މީހުން ގެއްލިއްޖެ

09 މެއި 2017
ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

02 އެޕްރީލު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު