Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤާސިމްގެ ކެބިނެޓް

ގާސިމްގެ އަމިއްލަ ކެބިނެޓެއް، އަމިއްލަ ކޯލިޝަނެއް، ހިތްހަމަ ނުޖެހުން ބޮޑުވެއްޖެ!

19 ޖޫން 2018 | އަންގާރަ 15:47

އިޒުނަ ނެތި ހަވާލުކުރާ މަގާމަކާ ހަވާލުވާ ހިތެއް ނުވޭ: ކަމާލުއްދީން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 19 ޖޫން 2018 | އަންގާރަ 15:47
ޤާސިމް އިބްރާހިމް

ޤާސިމް އިބްރާހިމް

ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށްޓަކައި ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކުރަމުން ދަނިކޮށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީ ނުހިމަނައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެ މަނިކުފާނުގެ އަމިއްލަފުޅު ހިޔާލުގައި ކެބިނެޓެއް އިއުލާނު ކުރެއްވުމުން ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންނާއި ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ހިތްހަމަނުޖެހުން ފާޅުކުރައްވަން ފައްޓަވައިފި އެވެ.

ޖަރުމަނުވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަންގާރަ ދުވަހު އިއުލާނު ކުރެއްވި ކެބިނެޓްގައި 20 މިނިސްޓްރީއެއް ހިމަނާފައިވާއިރު، އެމްޑީޕީގެ އެއްވެސް މެމްބަރަކު ގާސިމްގެ އަމިއްލަފުޅު ކޯލިޝަންގައި އަދި އަމިއްލަފުޅު ކެބިނެޓްގައި ނެތެވެ. ކޯލިޝަންގައި ބައިވެރިވާ އަދާލަތު ޕާޓީގެ ބައެއް ބޭފުޅުންނާއި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިސް ބައެއް ބޭފުޅުން ކެބިނެޓްގައި ހިމަނާފައިވެ އެވެ. ނަމަވެސް ކެބިނެޓްގައި ނަންތައް ހިމަނާފައިވަނީ އެއްވެސް އިޒުނަ ހޯއްދަވައިގެން ނޫންކަމަށް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ކަމާލުއްދީން ވެސް ވަނީ އެމަނިކުފާނު މަގާމަކަށް އައްޔަނުކުރައްވާފައިވަނީ މަޝްވަރާ ކުރެއްވުމެއް ނެތި ކަމަށް ހާމަވާ އުސޫލަކުން ޓްވީޓް ކުރައްވާފައެވެ. ކަމާލުއްދީން ކުރެއްވި ޓްވީޓުގައި ވަނީ އެމަނިކުފާނަކީ އެމަނިކުފާނުގެ އަރިހުގައި ނާއްސަވައި ހަވާލުކުރާ ނުވަތަ ހަވާލުކުރަން އުޅޭ މަގާމް ގަަބޫލްކުރާ ހިތްވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައެވެ. ޤާސިމް އިއުލާންކުރެއްވި ހިޔަނި ކެބިނެޓްގައި ކަމާލުއްދީންއަށް ދެއްވާފައިވަނީ ލޭބަރ މިނިސްޓަރު ކަމެވެ.

ޖުމްހޫރީ ޕާޓީގެ އިސް މެމްބަރަކު ނަން ހާމަނުކުރަން ޝަރުތުކުރައްވައި ވިދާޅުވީ މި ކެބިނެޓް ގާސިމް އިއުލާނު ކުރެއްވީ އެހެން ބަޔަކު ބޭނުންވާ ގޮތަށް ކަންކުރައްވަން ވެގެން ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި ނަމަވެސް މިއީ މިވަގުތު މަސްލަހަތު ހުރި ގޮތެއް ނޫން ކަމަށެވެ.

"މިކަމުގެ ސަބަބުން ކޯލިޝަންގެ ތެރޭގައި މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ކުށް ސާބިތުވެ ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ކޯޓުން ހުކުމްކޮށްފައިވާއިރު، ގާސިމް ކެބިނެޓް އިއުލާނު މިކުރެއްވީ ސާފު ކެންޑިޑޭޓަކު ނެރުމަށް އެ މަނިކުފާނު ބާރު އަޅުއްވައި ވަނިކޮށެވެ.

ވީޑިއޯ މެދުވެރިކޮށް އަންގާރަ ދުވަހު ގާސިމް ދެއްވި ބަޔާނެއްގައި ވިދާޅުވީ ޖުމްހޫރީ ކޯލިޝަންގެ ރައީސުލްޖުމްހޫރިއްޔާ އަކީ އޭނާ ކަމަށެވެ. ނައިބު ރައީސަކީ ގާސިމް ވިދާޅުވި ގޮތުގައި ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ޤާސިމް އެކުލަވާލައްވާނެކަމަށް ވިދާޅުވި ކެބިނެޓް:

  1. ބަންޑާރަނައިބު: އަލްއުސްތާޒު ނޫރުއްސަލާމް އަބޫބަކުރު
  2. ޑިފެންސް މިނިސްޓަރ: އަލީ ވަހީދު
  3. ހޯމް މިނިސްޓަރ: އަބްދުﷲ ރިޔާޒު
  4. ފައިނޭންސް މިނިސްޓަރ: ޑރ. މަހްމޫދު ޝައުގީ
  5. ފޮރިން މިނިސްޓަރ: ދުންޔާ މައުމޫން
  6. އާޓްސް އެންޑް ކަލްޗަރ މިނިސްޓަރ: ޔުމްނާ މައުމޫން
  7. ހައުސިން މިނިސްޓަރ: ޝައިހް އިމްރާން އަބްދުﷲ
  8. ޓޫރިޒަމް މިނިސްޓަރ: ކާނަލް މުހައްމަދު ނާޒިމް
  9. އިކޮނޮމިކް މިނިސްޓަރ: މުހައްމަދު ރަޝީދު
  10. އިސްލާމިކް މިނިސްޓަރ: އަލީ ޒާހިރު
  11. ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ: މުހައްމަދު މަލީހް ޖަމާލް
  12. ފިޝަރީޒް މިނިސްޓަރ: ޑރ. ހުސައިން ރަޝީދު
  13. ހެލްތު މިނިސްޓަރ: ޑރ. ޝާހް މާހިރު
  14. ހަޔަ އެޑިޔުކޭޝަން މިނިސްޓަރ: ޑރ. އަހްމަދު ފަޔާޒު
  15. ލޭބަރ މިނިސްޓަރ: އަބްދުﷲ ކަމާލުއްދީން
  16. ޓްރާންސްޕޯޓް މިނިސްޓަރ: އަމީން އިބްރާހީމް
  17. ޖެންޑަރ މިނިސްޓަރ: ޝިދާތާ ޝަރީފް
  18. ކޮމިއުނިކޭޝަން މިނިސްޓަރ: ޑރ. އަބްދުﷲ މައުސޫމް
  19. އެޑިޔުކޭޝަން މިނިސްޓަރ: ޑރ. އަހްމަދު އާސިމް
  20. އެންވަޔަރަމަންޓް އެންޑް އެނަރޖީ މިނިސްޓަރ: މުހައްމަދު ފަޔާޒު

ޤާސިމްގެ އަމިއްލަފުޅު މި ކެބިނެޓް އިއުލާންކުރެއްވުމާއިއެކު އަދާލަތު ޕާޓީއިން ބުނީ އެޕާޓީ އޮތީ މިދިޔަ އަހަރު އެކުލަވާލި އިދިކޮޅު ޕާޓީތަކުގެ ކޯލިޝަންގައި ކަމަށާއި، އިތުރު ކޯލިޝަނަކާއި އެޕާޓީއިން ނުގުޅޭކަމަށެވެ. އަދި އެފަދަ ނިންމުމެއް އަދާލަތުން ނިންމައިފިނަމަ، އެކަން އިއުލާންކުރާނެކަމަށް އެޕާޓީއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރު ވިދާޅުވީ އެޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި، ނައިބު ރައީސް އަލީ ޒާހިރާއި، ފޮރިން ރިލޭޝަންސް ކޮމިޓީގެ މުޤައްރިރު ޝިދާތާ ޝަރީފް އެޕާޓީއިން ނިންމައިގެން ނޫނީ އެއްވެސް ކޯލިޝަނެއްގައިވެސް އަދި އެއްވެސް ސަރުކާރެއްގައިވެސް ބައިވެރިވެވަޑައިނުގަންނަވާނެކަމަށެވެ. އެ 3 ބޭފުޅުންނަކީ ޤާސިމް އިބްރާހިމް އިއުލާންކުރެއްވި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.

ރައީސް މައުމޫން ފެކްޝަންގައި އިސްކޮށް މަސައްކަތްކުރައްވާ، ރައީސް މައުމޫން ޕީޕީއެމްގެ ނައިބު ރައީސްކަމަށް އައްޔަންކުރެއްވި އައިމިނަތު ނާދިރާ ވިދާޅުވީ ޤާސިމް އިއުލާންކުރެއްވި ނިންމުމަކީ ރައީސް މައުމޫނާއި އެމަނިކުފާނާއިއެކުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މަޝްވަރާކުރެވިގެން އިއުލާންކުރެވުނު ކަމެއް ނޫންކަމަށާއި، ރައީސް މައުމޫންގެ ފެކްޝަނުން މަސައްކަތްކުރަމުންދަނީ ގުޅިފައިވާ 4 ޕާޓީ އެކުގައިކަމަށެވެ.

ގާސިމް އެކުލަވާލި ކެބިނެޓް އިއުލާނުކުރުމާ ގުޅިގެން ނުތަނަވަސްކަން އުފެދިފައިވާއިރު، ޤާސިމް އެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ ޖުމްހޫރީ ޕާޓީއިން ކެބިނެޓެއް އިއުލާންކުރިނަމަވެސް، އެމްޑީޕީއާއިއެކު މަޝްވަރާކުރުމަށް އެޕާޓީއިން އޮތީ ތައްޔާރަށް ކަމަށެވެ.

"އެމްޑީޕީއާއެކު އެކު ނޫނީ ކޯލިޝަނަކަށް ނުދެވޭނެ. ގާސިމް އެއޮތީ އެ މަނިކުފާނުގެ އަމިއްލަފުޅު ހިޔާލު ހާމަކުރައްވާފައި. ހަގީގަތުގައި މިކަން ކުރައްވަން ޖެހުނީ އެއް ކެންޑިޑޭޓަކަށް އެއްބަސްވުން ދިގު ދެމިގެން ދިޔައީމަ. އަޅުގަނޑުމެން މިއޮތީ ޓީމެއް ދައްކާފައި. އެހެން ބަޔަކު ޓީމެއް ދައްކައިފި ނަމަ ނުވަތަ ކޯލިޝަނެއް ހަދައިފި ނަމަ، [ގާސިމްގެ ކެބިނެޓަށް] ބަދަލު އަންނާނެ. ގާސިމް ވެސް އެގޮތަށް ވިދާޅުވި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގައި ގާސިމަށް ވާދަ ނުކުރެއްވޭނަމަ ޖުމްހޫރީ ޕާޓީ އެކުލެވޭ ކޯލިޝަނުން އެހެން ކެންޑިޑޭޓަކަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

"މި ކެބިނެޓް އިއުލާނު ކުރުމުގައި މައްސަލައެއް ނެތް. އެމްޑީޕީން އެކުރާ ކެމްޕޭނުގައި ވެސް މައްސަލައެއް ނެތް. އެއީ އެބަޔަކު އެބަޔަކު ގަބޫލުކުރާ ގޮތް."

އަދާލަތާއި ރައީސް މައުމޫނަށް އެނގިވަޑައިނުގެން އެބޭފުޅުން ހިމެނޭ ގޮތަށް ޤާސިމް އިބްރާހިމް ކެބިނެޓެއް އިއުލާންކުރެއްވުމާއި ގުޅިގެން، ޤާސިމް މަސައްކަތްކުރައްވަނީ އަދާލަތާ ރައީސް މައުމޫންގެ އަރިހުގައި އުޅުއްވާ ބޭފުޅުންނާއި އެމްޑީޕީއާއިއެކު އޮންނަ ގުޅުން ގޯސްކުރުމަށްކަމަށް ބައެއް ފަރާތްތަކުން ބުނެެއެވެ. އަދި ގުޅިފައިވާ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހް ނެރެން ނުފެންނަނީ އެބޭފުޅުންނަކީ 'ސާފު' ބޭފުޅުންނަށް ނުވާތީކަމަށް ޤާސިމް ވިދާޅުވެ، އެބޭފުޅާ ހޯދަން ފުލުހުން އިއުލާންކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އަމިއްލަ ނަންފުޅު ޤާސިމް ނެރުއްވުމުން، އެކަމާވެސް އަދާލަތު ޕާޓީއާއި ރައީސް މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

ގާސިމްގެ މި ނިިންމުމާމެދު އެމްޑީޕީން ރަސްމީކޮށް ބަހެއް ނުބުނާއިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަނޑައަޅުއްވައި ސިޔާސަތުތައް އެކުލަވާލައި ކެމްޕޭން އަންނަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
19 މާރިޗު 2017

އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!

19 މާރިޗު 2017
އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް