Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮލަމްބިއާގެ އިންތިޚާބު

ކޮލަމްބިއާގެ އިންތިޚާބު އިވަން ދޫކޭ ކާމިޔާބު ކުރައްވައިފި

18 ޖޫން 2018 | ހޯމަ 07:08

ދޫކޭ ވަނީ 54 އިންސައްތަ ހޯއްދަވާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 ޖޫން 2018 | ހޯމަ 07:08
ކޮލަމްބިއާގެ އިންތިޚާބު ކާމިޔާބުކުރެއްވި އިވަން ދޫކޭ އާއިލާ އާއި ސަޕޯޓަރުންނާ އެކު ކާމިޔާބީ ފާހަގަކުރައްވަނީ

ކޮލަމްބިއާގެ އިންތިޚާބު ކާމިޔާބުކުރެއްވި އިވަން ދޫކޭ އާއިލާ އާއި ސަޕޯޓަރުންނާ އެކު ކާމިޔާބީ ފާހަގަކުރައްވަނީ | ބީބީސީ

ކޮލަމްބިއާގައި ބައި ގަރުނަށް ވުރެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ދާޚިލީ ހަމަނުޖެހުން ހުއްޓާލުމަށް ވެވުނު ތާރީޚީ އެއްބަސްވުމަށް ފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކޮނޒަވޭޓިވް ކެނޑިޑޭޓް އިވަން ދޫކޭ ކާމިޔާބު ކުރައްވައިފިއެވެ.

އާދީއްތަ ދުވަހު ގާތްގަނޑަކަށް ހުރިހާ ވޯޓެއް ގުނައި ނިމުނުއިރު ދޫކޭ ވަނީ 54 އިންސައްތަ ހޯއްދަވާފައެވެ. އެންމެ ގާތުން ވާދަކުރެއްވި ވާތުފިޔައިގެ ގުސްތާވޯ ޕެޓްރޯއަށް ލިބިވަޑައިގެންފައި ވަނީ 42 އިންސައްތަ ވީޓެވެ.

އިންތިޚާބާ ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި ވޯޓްލީ މީހުންގެ ހަތަރެއް އިންސައްތަ މީހުން ވަނީ ބާތިލް ވޯޓް ލާފައެވެ. ދޫކޭއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމުގެ ކުރިން ވެރިރަށް ބޮގޯޓާގެ މަގުތަކަށް ނުކުމެ ކާރުގެ ބަރުގޮނުއަޅައި އުފާފާޅުކުރަން ފަށައިފައެވެ.

މެއި މަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި 40 އިންސައްތައާ އެކު ދޫކޭއަށް ކުރި ލިބިވަޑައިގެންނެވި އިރު ދެވަނައަށް ވަޑައިގެންނެވި ޕެޓްރޯއަށް ލިބިވަޑައި ގަތީ 25 އިންސައްތައެވެ.

ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އޮފް ކޮލަމްބިއާ (ފާކް)އާ އެކު 2016 ވަނަ އަހަރު ވީ ސުލްހައިގެ އެއްބަސްވުމާ ގުޅިގެން ވޯޓްގެ ދެ ވަނަ ބުރު ފެނިގެން ގޮސްފައި ވަނީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައެވެ.

ވިޔަފާރިވެރިންނަށް ކަންކަން ލުއިކޮށްދެއްވާނެ ކަމަށާއި ކޯޕަރޭޓް ޓެކްސް އުވާލައްވާނެ ކަމަށް އުމުރުފުޅުން 41 އަހަރުގެ ދޫކޭ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އޭނާ ވަނީ ލެޓިން އެމެރިކާގައި ހަތަރު ވަނައަށް އެންމެ ބޮޑޮ އިގްތިސާދު ކަމަށްވާ އަވަށްޓެރި ވެނެޒުއޭލާއަށް ބަދަލުކުރުމުގެ ފުރުސަތު ވާތުފިޔައިގެ ފަރާތްތަކަށް ނުދެއްވާނެ ކަމަށް އިންޒާރުދެއްވާފައެވެ.

ކޮލަމްބިއާގެ ސަރުކާރުގެ މަދަދާ އެކު ހަތިޔާރު ހިފައިގެން ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރި ކަނާތުފިޔައިގެ ފަރާތްތަކާއި ފާކް ޖަމާއަތާ މެދު ބައި ގަރުނަށް ދެމިގެންދިޔަ ހަމަނުޖެހުންތަކުގައި 260،000 މީހުން މަރުވިއެވެ.

ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އޮފް ކޮލަމްބިއާގެ ބަދަލުގައި މިހާރު އެ އަކުރުތަކުގެ ދިގުގޮތަކަށް ބޭނުންކުރަނީ ރިވޮލިއުޝަނަރީ އޯލްޓަރނޭޓިވް ފޯސް އޮފް ދި ކޮމަން ޕީޕްލްއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
12 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ހަމަލާ ދިނީ އިވަންކާ ޓްރަަމްޕް ބާރުއެޅުއްވުމުން: އެރިކް ޓްރަމްޕް

12 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ހަމަލާ ދިނީ އިވަންކާ ޓްރަަމްޕް ބާރުއެޅުއްވުމުން: އެރިކް ޓްރަމްޕް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް