Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް 2018

އެއްވަރުވުމުގެ ޒިންމާ މެސީ ނަގައިފި

އައިސްލޭންޑާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 17 ޖޫން 2018 | އާދީއްތަ 11:34
މެސީގެ ޕެނަލްޓީ ކީޕަރު މަތަކުރުމުން އޭނާ ހިތްހަމަނުޖެހިފައި - ކުރިޔަށް އޮތް މެޗު ކާމިޔާބުކުރާނެ ކަމަށް ބުނި

މެސީގެ ޕެނަލްޓީ ކީޕަރު މަތަކުރުމުން އޭނާ ހިތްހަމަނުޖެހިފައި - ކުރިޔަށް އޮތް މެޗު ކާމިޔާބުކުރާނެ ކަމަށް ބުނި

ފީފާ ވާރލްޑް ކަޕްގައި އައިސްލޭންޑާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުގެ ހުރިހާ ޒިންމާއެއް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ނަގައިފިއެވެ.

މިއަހަރުގެ ވާރލްޑް ކަޕްގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު އައިސްލޭންޑާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ލީޑު ސާޖިއޯ އަގުއޭރޯ ޖެހި ލަނޑަކުން އާޖެންޓީނާ ނެގި ނަމަވެސް އައިސްލޭންޑުން އޭގެ ފަހުން ހަތަރު މިނެޓު ނުވަނީސް އެއްވަރުކުރިއެވެ. އައިސްލޭންޑުން ޑިފެންސިވް ގޭމެއް ކުޅެނިކޮށް އާޖެންޓީނާއަށް ލިބުނު ޕެނަލްޓީ މެސީ ޖެހީ އައިސްލޭންޑުގެ ކީޕަރުގެ އަތަށެވެ. މިކަމުގެ ސަބަބުން އޭނާއަށް ބޮޑު ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މެސީއަށް ޕެނަލްޓީ ކާމިޔާބުނުކުރެވުނު ނަމަވެސް އޭނާ ވަނީ 11 ހަމަލާއެއް މި މެޗުގައި އުފައްދާފައެވެ. މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން މެސީ ބުނީ އައިސްލޭންޑުގެ މުޅި ޓީމު އެހާ ފަހަތަށް ޖެހިގެން ކުޅުމުން އެ ޓީމުގެ ކޮޅަށް ލަނޑު ޖެހުމަށް ވަރަށް އުނދަގޫވި ކަމަށެވެ. އޭނާ ބުނީ ޕެނަލްޓީ ވައްދާނުލެވުމުން ވަރަށް ދެރަވި ކަމަށާއި އެކަމުގެ ހުރިހާ ޒިންމާއެއް ނަގާ ކަމަށެވެ. އެހެން ނަމަވެސް އެއީ އެވަރަށް ދައްކަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި މެޗުން އާޖެންޓީނާއަށް މޮޅެއް ހައްގު ކަމަށް މެސީ ބުންޏެވެ.

މެސީ ބުނީ މި މެޗުން ވެސް އެނގިގެންދިޔައީ ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަން ކަމަށާއި މިހާރު ވިސްނުންތެރިވާން އެބަޖެހޭ ކަމަށެވެ. މެސީ ބުނީ މިއީ މުބާރާތުގެ ފެށުން ކަމަށާއި އެންމެ ފުރަތަމަ ވެސް މުބާރާތުގެ ފެށުން ފަސޭހަނުވާނެކަން އެނގުނު ކަމަށެވެ. އޭނާ ބުނީ ކުރިޔަށް އޮތް މެޗުގައި ކްރޮއޭޝިއާގެ މައްޗަށް ކާމިޔާބު ހޯދާނެ ކަމަށެވެ.

ހޮނިހިރު ދުވަހުގެ މެޗާއެކު މެސީ ވެގެންދިޔައީ 1966 ވަނަ އަހަރު އިޓަލީގެ ލުއީޖީ ރީވާގެ ފަހުން އެއް މެޗެއްގައި 11 ހަމަލާ އުފެއްދުމަށްފަހު ލަނޑެއް ނުޖެހުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ އޭނާ ވަނީ ގައުމީ ޓީމާއެކު ބޮޑު މުބާރާތެއްގައި މިހާތަނަށް ތިން ޕެނަލްޓީއެއް ބޭކާރުކޮށްލާފައެވެ. ކްލަބާއި ގައުމާއެކު މެސީ އެންމެފަހުން ނެގި ހަތް ޕެނަލްޓީގެ ތެރެއިން އޭނާއަށް ކާމިޔާބުކުރެވުނީ އެންމެ ތިން ޕެނަލްޓީއެވެ.

މެސީގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާ ވަނީ އެންމެފަހުން ކުޅުނު ބައިނަލްއަގްވާމީ ބޮޑު ތިން މުބާރާތުގެ ފައިނަލުން ބަލިވެފައެވެ. މިކަމުގެ ސަބަބުން އޭނާއަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވާއިރު މި ޕެނަލްޓީއާއެކު މި ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ.

ކުރިޔަށް އޮތް މެޗުގައި އާޖެންޓީނާ ނުކުންނާނީ މި ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތް ކްރޮއޭޝިއާ އާއި ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
24 މާރިޗު 2017

ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް

24 މާރިޗު 2017
ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު