Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވައްކަން ކުރުން

ރޭ މާލޭގައި ދެ ފިހާރައެއް ފަޅާލައިފި

17 ޖޫން 2018 | އާދީއްތަ 10:25

ފިހާރައިގެ ތެރޭގައި ހުއްޓާ އެކަކު ވަނީ ހައްޔަރުކޮށްފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ޖޫން 2018 | އާދީއްތަ 10:25
ފުލުހުންގެ މައި އިދާރާ

ފުލުހުންގެ މައި އިދާރާ

ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ދެ ފިހާރައެއް ފަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު، ފަޅާލާފައި ވަނީ ހަވީރީ ހިނގުމުގައި ހުންނަ ތްރީ އެޗް މާޓާއި މަޖީދީ މަގުގައި ހުންނަ ރަވާބީ ފިހާރަ އެވެ.

Advertisement - newsAdvertisement

އޮފިޝަލް ވިދާޅުވީ ތްރީ އެޗް މާޓް ފަޅާލާފައިވާ ކަމުގެ ރިޕޯޓް ކޮށްފައިވަނީ 04:40 ހާއިރު ކަމަށާއި ރަވާބީ ފިހާރަ ފަޅާލާފައިވާ ކަމުގެ ރިޕޯޓް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 06:23 ހާއިރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ތްރީ އެޗް މާޓް ފިހާރައަށް ވައްކަން ކުރަން ވަދެފައިވަނީ އެފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށެވެ. އަދި ވައްކަން ކުރަން އުޅުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފިހާރައިގެ ތެރޭގައި ހުއްޓާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެމީހާ ފިހާރަ ތެރޭގައި ހުއްޓާ އަތުލައި ގަނެވުނީ އާއްމުންގެ މީހެއްގެ އެހީތެރިކަމާއެކު ކަމަށެވެ. އެމީހާ ވަނީ ފިހާރަތެރޭގައި ހުރި ވައްކަން ކުރަން ވަތް މީހާ، ފުލުހުން އެތަނަށް އަންނަންދެން ހިފަހައްޓާފަ އެވެ.

އޮފިޝަލް ވިދާޅުވީ ފިހާރަތެރޭގައި ހުއްޓާ ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަކީ ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ތްރީ އެޗް މާޓުން ވައްކަން ކުރަން ވަތް މީހާ ހައްޔަރުކޮށްފައި ވަނީ އެ ފިހާރައިގަހުރި ފައިސާއާއި ބައެއް ތަކެތި ގެއްދިއުމަށް ތައްޔާރުކޮށްފައި ވަނިކޮށެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ މަޖީދީ މަގުގައި ހުންނަ ފައިވާން ވިއްކާ ރަވާބީ ފިހާރައިން ވަގަށް ނެގި ފައިސާގެ އަދަދު އަދި ސާފުނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެފިހާރައިގެ ކޭޝް ކައުންޓަރުގައި ހުރީ 500ރ އަށްވުރެ މަދު އަދަދެކެވެ. ކޮންމެ އަހަރެއްގެ އީދު ބަންދަށް ގިނަ އަދަދެއްގެ ބަޔަކު އަތޮޅު ތެރެއަށާއި މާލެ ކައިރީ ރަށްރަށަށް ދާއިއިރު، ގޯތި ގެދޮރާއި މުދާ ވަގުންގެ ކިބައިން ރައްކާތެރި ކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން އަބަދުވެސް ދަނީ އިލްތިމާސް ކުރަމުން ނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
18 ފެބުރުއަރީ 2017

އަތޮޅު ވެހި ފަޅާލައިފި

18 ފެބުރުއަރީ 2017
އަތޮޅު ވެހި ފަޅާލައިފި
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް