Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެކިންޓޮޝް އަލިފާނުގެ ހާދިސާ

ގްލާސްގޯގެ އާޓް ސްކޫލެއްގައި ރޯވެ އަނދައިފި

16 ޖޫން 2018 | ހޮނިހިރު 08:22

ރޯވެފައިވަނީ ހުކުރު ދުވަހުގެ ރޭ 11:20 ހާއިރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 16 ޖޫން 2018 | ހޮނިހިރު 08:22
ޖޫން 15، 2018 ގައި ގްލާސްގޯގެ މެކިންޓޮޝް އާޓް ސްކޫލުގައި ރޯވެ އަނދަނީ

ޖޫން 15، 2018 ގައި ގްލާސްގޯގެ މެކިންޓޮޝް އާޓް ސްކޫލުގައި ރޯވެ އަނދަނީ

ގްލާސްގޯގެ މަޝްހޫރު އާޓް ސްކޫލެއް ކަމަށްވާ މެކިންޓޮޝްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އިމާރާތުގެ އެއްބައި ހަލާކުވިތާ ހަތަރު އަހަރަށް ފަހު އަނެއްކާ ވެސް އަލިފާން ރޯވެއްޖެއެވެ.

އަލިފާން ރޯވެފައި ވަނީ ހުކުރު ދުވަހުގެ ރޭ 11:20 ހާއިރުއެވެ.

ކައިރީގައި ހުރި އިމާރާތްތަކުގައި ވެސް އަލިފާން ހިފާފައިވާއިރު އޭގެ ތެރޭގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ކެމްޕަހުގެ ނައިޓް ކްލަބާއި އޯޓޫ އޭބީސީ މިއުޒިކް ވެނިއު ހިމެނެއެވެ.

ސްކޮޓްލޭންޑްގެ ފަޔަރ އެންޑް ރެސްކިއު އިން ބުނީ މިހާތަނަށް އެއްވެސް މީހަކަށް ހާނީއްކައެއް ވެގެން ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

ފަޔަރ އެންޑް ރެސްކިއުގެ ޑެޕިއުޓީ ޗީފް އޮފިސަރ އިއަން ބުޝަލް ވިދާޅުވީ އަލިފާން ކޮންޓްރޯލް ކުރުން ދިގުލައިގެން ހިނގައިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހާދިސާ ހިނގި ސަރަހައްދަށް 120 އަށް ވުރެ ގިނަ ފަޔަރ ފައިޓަރުން ފޮނުވާފައިވާ ކަމަށާއި މި ހާދިސާއަކީ އިންތިހާއަށް ގޮންޖެހުން ބޮޑު ހާދިސާއެއް ކަމަށެވެ.

ފަޔަރ އެންޑް ރެސްކިއުގެ ޑެޕިއުޓީ އެސިސްޓެންޓް ޕީޓަރ ހެތް ވިދާޅުވީ ކުދިކުދި ތަންތަން ކޮޅުގައި އަދިވެސް ހުޅު އެބަހުރި ކަމަށާއި ނަމަވެސް އަލިފާން ކޮންޓްރޯލް ކުރެވިފައި ވާކަމަށެވެ.

އޭނާވިދާޅުވީ އާޓް ސްކޫލްގެ އިމާރާތް ހުރީ "ވަރަށް ބޮޑަށް ހަލާކުވެފައި" ކަމަށާއި ހުރިހާ ފަންގިފިލާއަކަށް އަސަރުކޮށްފައި ވާކަމަށެވެ.

މެކިންޓޮޝް ބިލްޑިންގ 2014 ވަނަ އަހަރު ވެސް ވަނީ އަލިފާނުގެ ހާދިސާއެއްގައި ވަރަށް ބޮޑަށް ހަލާކުވެފައެވެ އަދި އޭގެ ފަހުން 20 މިލިއަން ޕައުންޑާއި 35 މިލިއަން ޕައުންޑާއި ދެމެދުގެ އަދަދެއް ޚަރަދުކޮށްގެން އިމާރާތް މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވުމަށް ހަމަޖެހިފައި އޮތީ އަންނަ އަހަރުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

18 އޯގަސްޓު 2017

ޕެޓްރޯޗައިނާ ކުންފުނީގެ ތެޔޮ ޕްލާނެއްޓާއި ރޯވެއްޖެ

18 އޯގަސްޓު 2017
ޕެޓްރޯޗައިނާ ކުންފުނީގެ ތެޔޮ ޕްލާނެއްޓާއި ރޯވެއްޖެ
26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ
23 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

23 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
18 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެ މަރުވި މީހުންގެ އަދަދު 43 އަށް އަރައިފި

18 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެ މަރުވި މީހުންގެ އަދަދު 43 އަށް އަރައިފި
14 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

14 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
10 މެއި 2017

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

10 މެއި 2017
އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ
11 އެޕްރީލު 2017

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި
02 މާރިޗު 2017

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

02 މާރިޗު 2017
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް