Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްޕެއިން އަލިފާން

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

ސްޕެއިންގެ މަޝްހޫރު ޑޮނަނާ ނެޝެނަލް ޕާކް އަަށް ވެސް ވަނީ އަލިފާނުގެ ނުރައްކާ ކުރިމަތިވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 26 ޖޫން 2017 | ހޯމަ 06:33
އަލިފާން ރޯވެފައި ވަނީ ސްޕެއިންގެ ދެކުނު ސަރަހައްދުގައި

އަލިފާން ރޯވެފައި ވަނީ ސްޕެއިންގެ ދެކުނު ސަރަހައްދުގައި

ސްޕެއިންގެ ދެކުުނު ސަރަހައްދުގައި ހުންނަ ޖަންގަލީގައި އަލިފާން ރޯވުމުގެ ސަބަބުން މަދުވެގެން 1500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހި އަދި ބަޔޯޑައިވާސިޓީގެ ސަބަބުން މަޝްހޫރު ޕާކަކަށް އަލިފާނުގެ ނުރައްކަލާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޑޮނަނާ ނެޝަނަލް ޕާކްގެ ސަރަހައްދުގައި އަލިފާން މިހާރު ފޯރާފައިވާ ކަމަށް އޮފިޝަލުން ބުނާއިރު، އެޕާކަކީ ސްޕެއިންގެ އެންމެ މުހިންމު އެއް ގުދުރަތީ ރިޒާވު ކަމަށް ވުމުގެ އިތުރަށް، ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރާ އަދި 1994 އިން ފެށިގެން ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެކެވެ.

އޮފިޝަލުން ބުނާ ގޮތުން އަލިފާން ނިއްވުމުގެ މަސައްކަތުގައި 10 ހެލިކޮޕްޓަރާއި، ހަތް މަތިންދާ ބޯޓާއި ހަތަރު ވޯޓާ ބޮމިން ޖެޓު ދަނީ ހަަރަކާތްތެރިވަމުންނެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ 150 މީހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ސްޕޯޓްސް ސެންޓަރުތަކުގައި 750 ވަރަކަށް މީހުންނަށް ވަގުތީ ހިޔާވަހިކަން ހޯދަމުންދާއިރު، ގެދޮރު ދޫކޮށްދާން ޖެހުނު ބަައެއް މީހުން ވަނީ އެނބުރި އެމީހުންގެ ގެތަކަށް އައިސްފައެވެ.

ސްޕެއިންގެ ޖަންގަލިތަކުގައި 2015 ވަނަ އަހަރު ވެސް އަލިފާން ރޯވުމުގެ ހާދިސާތައް ހިނގިއެވެ. އޮފިޝަލުން ބުނާ ގޮތުން އެ ހާދިސާތައް ހިނގަން މެދެވެރިވީ ބަޔަކު ގަސްތުގައި ރޯކުރުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

އިތުރަށް ކިޔާލަން

23 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

23 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
20 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ

20 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު