Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަހުމަދު މަހުލޫފު

މެމްބަރު މަހުލޫފަށް ޑިފެންޑަރ އޮފް ޑިމޮކްރަސީ އެވޯޑް ދޭން ނިންމައިފި

ޖަލުބަންދުގައި 10 މަހާއި 24 ދުވަސް ހޭދަ ކުރެއްވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 14 ޖޫން 2018 | ބުރާސްފަތި 12:12
މަހުލޫފް ދެ ފުލުސް އޮފިސަރުންނާއެކު މަޖިލިސްއިން ނުކުންނަނީ - ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެތަކެއް ތުހުމަތުތަކެއްގައި މަހުލޫފް ވަނީ ހައްޔަރުކޮށްފައި

މަހުލޫފް ދެ ފުލުސް އޮފިސަރުންނާއެކު މަޖިލިސްއިން ނުކުންނަނީ - ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެތަކެއް ތުހުމަތުތަކެއްގައި މަހުލޫފް ވަނީ ހައްޔަރުކޮށްފައި

ޖަލު ބަންދުގައި 10 މަހާއި 24 ދުވަހުގެ ހުކުމެއް ތަންފީޒުކުރެއްވުމަށް ފަހު މިހާރު ވެސް ހުކުމަކާ ނުލައި ގޭ ބަންދުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ޑިފެންޑަރ އޮފް ޑިމޮކްރަސީ އެވޯޑް ދިނުމަށް ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން ނިންމައިފިއެވެ.

އެވޯޑް ލިބޭކަން އަދި އެވޯޑް ހަފްލާއަށް ދައުވަތު އަރުވައި، ދުނިޔޭގެ 144 ގައުމަކުން 1،300 އަށްވުރެ ގިނަ މެމްބަރުން ހިމެނޭ ޕީޖީއޭގެ ސެކްރެޓަރީޖެނެރަލް ޑޭވިޑް ޑޮނާޓް ކެޓިން ފޮނުއްވާފައިވާ ސިޓީގައި ވަނީ މަހުލޫފަށް ދެވޭ އެ އެވޯޑަކީ އާއްމުކޮށް އެ ޖަމިއްޔާގެ މެމްބަރުންނަށް ދެވޭ އެވޯޑެއް ނޫން ކަމަށާއި އެގްޒެކްޓިވް ކޮމިޓީ އިން ވަނީ މަހްލޫފަށް އެވޯޑް އެރުވުމަށް ނިންމީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ގައުމުގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށެވެ.

Advertisement - newsAdvertisement

މި އެވޯޑަކީ އެވޯޑް ލިބޭ މީހާ ހަފްލާއަށް ސީދާ ހާޒިރުވެ އެވޯޑާ ހަވާލުވާން ޖެހޭ އެވޯޑަކަށްވާއިރު މި އޯވޯޑް ހަފްލާއަށް ހާޒިރުވެ ވަޑައިގެންނެވޭ ނަމަ ސެޕްޓެމްބަރު މަސް ފެށުމުގެ ކުރިން އަންގަވައިދެއްވުމަށް މަހުލޫފަށް ފޮނުއްވި ސިޓީގައި އަންގާފައިވެއެވެ.

މި އަހަރުގެ އެވޯޑް ހަފްލާ އޮންނާނީ ޕީޖީއޭގެ 40 ވަނަ އަހަރީ ފޯރަމާއި ކޮންސަލްޓޭޓިވް އެސެމްބްލީ އޮފް ޕާލިމެންޓޭރިއަންސް ފޮރ ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް ހަފްލާ އާއި ދެ ހަފްލާ އެކުއެކީގައެވެ.

ޔޫކްރެެއިންގެ ކިއޭވްގައި ނޮވެމްބަރު މަހުގެ 16ގައި ބާއްވާ މި ހަފްލާގައި 50 ގައުމަކުން ގާނޫނު ހަދާ މަޖިލީސްތަކުގެ 120 މެމްބަރަކު ބައިވެރިވެ ވަޑަައިގަންނަވާއިރު އެވޯޑް ލިބޭ ފަރާތުގެ ހައިސިއްޔަތުން ހަފްލާގައި ތަގްރީރު ކުރެއްވުމުގެ ފުރުސަތު ވެސް މަހުލޫފަށް ވަނީ ލިބިފައެވެ.

ޕީޖީއޭއިން ކުރިން މި އެވޯޑް އެރުވި ދުނިޔޭގެ ލީޑަރުންނާއި ފާހަގަކޮށްލެވޭ ޝަޚްސިއްޔަތުންގެ ތެރޭގައި ސިއެރެލިއޯންގެ ކުރީގެ ރައީސް އާނެސްޓް ބައިރް ކޮރޮމަ، ޓޮންގާގެ ބޮޑުވަޒީރު އަކިލިސި ޕޮހިވައާއި، ދެކުނު ކޮރެއާގެ ކުރީގެ ރައީސް ކިމް ޑޯއި ޖަންގް، ކޮމަން ވެލްތްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ޑޮން މެކިނަން، ނިއުޒީލެންޑްގެ ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކް، އަޔަލޭންޑްގެ ކުރީގެ ރައީސް މެރީ ރޮބިންސަން، ލައިބީރިޔާގެ ކުރީގެ ރައީސް އެލެން ޖޯންސަން، މެކްސިކޯގެ ކުރީގެ ރައީސް އާނެސްޓޮ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކުރީގެ ހައިކޮމިޝަނަރ ނަވިނެތަމް ޕިއްލޭ އަދި އައިސީސީގެ ކުރީގެ ރައީސް ފިލިޕް ހިމެނިވަޑައިގަންނަވައެވެ

މަހްލޫފަކީ 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އެ ދާއިރާގެ މެމްބަރެވެ. އަދި ރާއްޖޭގެ ސިޔާސީ ދާއިރާގައި ފުންނާބު އުސް ބޭފުޅުކެވެ. ވަރަށް ޒުވާން އުމުރުން ފެށިގެން މަހްލޫފް ގެންދަވަނީ ޒުވާނުންގެ ކުރިއެރުމާ ގުޅޭ ތަފާތު އެކި ކަންކަމުގައި ވަކާލާތުކުރައްވަމުންނެވެ. އަދި ހަގު އުމުރުގައި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންފައި ވެއެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ އަރިހުގައި އިސްކޮށް މަސައްކަތްކުރެއްވުމަށް ފަހު މި ސަރުކާރު ވެރިކަމަށް ގެނައުމުގައި ވެސް މަހްލޫފްގެ ހިއްސާ ބޮޑެވެ. ނަމަވެސް ސަރުކާރުގެ އަނިޔާވެރިކަމާއި އިންސާފުން ބޭރުން ކަންކަން ކުރާ ކަމަށް ވިދާޅުވެ މަހްލޫފް ވަނީ ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު