Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނާސާ

ނާސާގެ އޮޕޮޗުނިޓީ ރޯވަރ އާއި ދުނިޔެއާ ގުޅުން މެދުކަނޑާލައިފި

14 ޖޫން 2018 | ބުރާސްފަތި 06:44

ނާސާއަށް ވަނީ ވެލީގެ ތޫފާނެއް އައިސްފައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 14 ޖޫން 2018 | ބުރާސްފަތި 06:44
މާސްގައި އޮޕޮޗުނިޓީ ރޯވަރ ހަރަކާތްތެރިވާ މަންޒަރު ދެއްކުމަށް ނާސާއިން ސްޓިމިއުލޭޓްކޮށް، އާންމުކޮށްފައިވާ ފޮޓޯއެއް

މާސްގައި އޮޕޮޗުނިޓީ ރޯވަރ ހަރަކާތްތެރިވާ މަންޒަރު ދެއްކުމަށް ނާސާއިން ސްޓިމިއުލޭޓްކޮށް، އާންމުކޮށްފައިވާ ފޮޓޯއެއް

އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން މާސްއަށް ފޮނުވާފައިވާ ރޮބޮޓް، އޮޕޮޗުނިޓީ ރޯވަރ ދުނިޔެއާ ގެޅުން މެދުކަނޑާލައިފިއެވެ.

ނާސާއިން ހާމަކޮށްފައިވާ ގޮތުގައި މާސްއަށް މިހާރު އައިސްފައިވާ ވެލީގެ ތޫފާނެއްގެ ސަބަބުން ދުނިޔެއާ ގުޅުން މެދުކަނޑާލައި، އޮޕޮޗުނިޓީ ރޯވަރ މިހާރު ވަނީ ލޯ ޕަވަރ މޯޑަށް ގޮސްފައެވެ. ގޮލްފު ކާޓެއްގެ ބޮޑުމިން ހުންނަ، ސޯލާ ހަކަތައިން ހަރަކާތްތެރިވާ އެ ރޮބޮޓަށް، ވެލީގެ ތޫފާނުގެ ސަބަބުން އިރުގެ އަލި ނުލިބި، ލޯ ޕަވަރ މޯޑަށް ދިއުމާ ގުޅިގެން މާސްގެ ބިމުގައި އެ ރޮބޮޓް ކުރަމުންދާ އެކި ސައިންޓިފިކް ތަހުލީލުތައް ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ވެސް ނާސާ އިން ބުންޏެވެ.

ނާސާއިން ބުނީ މާސްގެ ބިމުގެ ހަތަރުބައިކުޅަ އެއްބައި، ނުވަތަ ގާތްގަނޑަކަށް 42 މިލިއަން އަކަކިލޯމީޓަރުގެ ސަރަޙައްދަކަށް އައިސްފައިވާ މި ވެލީގެ ތޫފާނަކީ މިހާތަނަށް މާސްގައި ރިކޯޑްކުރެވިފައިވާ މިފަދަ އެންމެ ބޮޑު ތޫފާން ކަމަށެވެ.

ނާސާއިން ބުނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު އޮޕޮޗުނިޓީ ރޯވަރ މަސައްކަތް ކުރުމަށް ބޭނުންވާ ވަރަށް ހަކަތަ އުފެއްދޭ ވަރަށް އިރުގެ އަލި ލިބޭނެ ކަމަށް އެ އިދާރާގެ އިންޖިނިއަރުންނަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ނާސާގެ ސައިންޓިސްޓް ރިޗް ޒޫރެކް ވިދާޅުވެފައި ވަނީ މި ތޫފާނުގެ އަސަރު ފުރަތަމަ ފެންނަން ފެށީ މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. މީގެ އިތުރުން ނާސާގެ ޕްރޮޖެކްޓް މެނޭޖަރ ޖޯން ކަލަސް ވިދާޅުވެފައި ވަނީ، މި ތޫފާނުގެ ޑެންސިޓީ އަންދާސާ ކުރެވެނީ ރިކޯޑް އޮޕޭސިޓީ މިންވަރެއްގައި ކަމަށެވެ. ކަލަސް ހާމަ ކުރެއްވި ގޮތުގައި މި ތޫފާނުގެ އޮޕޭސިޓީ ލެވެލް ހުރީ 10.8 ގައެވެ. އެއީ 2004 ވަނަ އަހަރު އޮޕޮޗުނިޓީ ރޯވަރ މާސްއަށް ދިޔައިރުއްސުރެ އެ ރޮބޮޓަށް މިހާތަނަށް ކުރިމަތިވި ތޫފާންތަކަށް ވުރެ ދެގުނަ ބާރު ގަދަ މިންވަރެކެވެ.

މި ތޫފާނުގެ ސަބަބުން މާސްގެ ޖައްވުގައި މިހާރު ހަރަކާތްތެރިވަމުންދާ ކިއުރިއޯސިޓީ ރޯވަރއަށް ވެސް ގެއްލުންތަކެއް ވެދާނެ ކަމަށް ނާސާގެ އިންޖިނިއަރުން ޤަބޫލުކުރާއިރު، އެ ފަރާތްތަކުގެ އެންމެ ބޮޑު ބިރަކަށް މިހާރު ވެފައި ވަނީ ތޫފާނުގެ ސަބަބުން މާސް އިންތިހާއަށް ފިނިވެ، އޮޕޮޗުނިޓީ ރޯވަރ އެކުގައި ހަލާކުވުމެވެ. އޮޕޮޗުނިޓީ ރޯވަރއާ އެކު މާސްއަށް ފޮނުވި ސްޕިރިޓް ރޯވަރ، 2010 ވަނަ އަހަރު އެކުގައި ހަލާކުވެފައި ވަނީ ވެސް ފިނީގެ ސަބަބުންނެވެ.

މަރ-ބީ

މަރ-ބީ ނުވަތަ މާސް އެކްސްޕްލޮރޭޝަން ރޯވަރ – ބީ، އަކީ ވެސް އޮޕޮޗުނިޓީ ރޯވަރއަށް ކިޔާ ނަމެކެވެ. އޮޕޮޗުނިޓީ ރޯވަރއަކީ 2003 ވަނަ އަހަރު ނާސާއިން މާސްއަށް ފޮނުވާލި 2 ވަނަ ރޮބޮޓެވެ. އޮޕޮޗުނިޓީ ރޯވަރ މާސްގައި ޖައްސާފައިވަނީ 2004 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އޮޕޮޗުނިޓީ ރޯވަރގެ ކުރިން ނާސާއިން މާސްއަށް ފޮނުވި ސްޕިރިޓް ރޯވަރ މަސްގައި ޖައްސާފައި ވަނީ 2004 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

ފިނީގެ ސަބަބުން 2009 ވަނަ އަހަރު ސްޕިރިޓް ރޯވަރގެ ސިސްޓަމް ސްޓަކްވެ، އެ ރޮބޮޓްގެ ގުޅުން ދުނިޔެއާ އެއްކޮށް ކެނޑިފައި ވަނީ ޖެހިގެން އައި އަހަރުއެވެ.

މިއިން ކޮންމެ ރޮބޮޓަކީ ވެސް އެންމެ 90 ދުވަހު މަސައްކަތްކުރުމަށް ފަރުމާކޮށްފައިވާ ރޮބޮޓްތަކެއް ނަމަވެސް، އޮޕޮޗުނިޓީ ރޯވަރ މިހާރު ވަނީ އެއް މުއްދަތުގެ އިތުރުން 14 އަހަރާއި އެއް މަސްދުވަހަށް ވުރެ ގިނަ ދުވަސް މާސްގައި ސައިންޓިފިކް ތަހުލީލިތައް ކުރުމުގައި ހޭދަކޮށްފައެވެ.

އޮޕޮޗުނިޓީ ރޯވަރއަކީ ނާސާއިން މިހާތަނަށް މާސްއަށް ފޮނުވި އެންމެ ކާމިޔާބު އެއް ރޮބޮޓް ވެސް މެއެވެ. އޮޕޮޗުނިޓީ ރޯވަރ ވަނީ މާސްގައި، މައިކްރޯބިއަލް ދިރުންތަކަށް ދިރި ތިބެވޭ ފަދަ ތެތް ހިސާބުތަކެއް ދިގު މުއްދަތަކަށް ހުރި ކަމުގެ ހެކި ހޯދާފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

22 ފެބުރުއަރީ 2017
ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް