Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ފަލަސްތީނު

އިސްރާއީލްގެ ގަތުލް އާންމު އދ. އިން ކުށްވެރިކޮށްފި

މިގަތުލުއާންމު ކުށްވެރިކުރީ، އިސްލާމީ ގައުމުތަކުގެ ފަރާތުން ތުރުކީއާއި، އަލްޖީރިއާއިން ހުށަހެޅި މައްސާލައާއި ގުޅިގެން ނިމިގެންދިޔަ އާންމު މަޖިލީހުގެ ކުއްލި ޖަލްސާގައި

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޖޫން 2018 | ބުރާސްފަތި 03:47
އދ. އާންމު މަޖިލީހުންގެ ތެރެއިން

އދ. އާންމު މަޖިލީހުންގެ ތެރެއިން

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލްއާންމު އދ. އާންމު މަޖިލީހުންގެ ބޮޑު އަޣުލަބިއްޔަތަކުން ކުށްވެރިކޮށްފި އެވެ.

އދ.ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ގަތުލުއާންމު ކުށްވެރިކުރީ، އިސްލާމީ ގައުމުތަކުގެ ފަރާތުން ތުރުކީއާއި، އަލްޖީރިއާއިން ހުށަހެޅި މައްސާލައާއި ގުޅިގެން، ނިމިގެންދިޔަ އާންމު މަޖިލީހުގެ ކުއްލި ޖަލްސާގައެވެ.

މިގަރާރު ފާސްކުރުމަށް އދ.ގެ މެމްބަރު ގައުމުގެ ތެރެއިން 125 ގައުމުން ވޯޓްދީފައެވެ. އަދި ގަރާރާ ދެކޮޅަށް 8 ގައުމަކުން ވޯޓުދީފައިވާއިރު 45 ގައުމުން ވޯޓްގައި ބައިވެރިނުވެއެވެ.

އދގެ އާންމު މަޖިލީހުގައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުންދާ ކަމަށާއި، ބާރުގެ ބޭނުން ކުރަންނުޖެހޭ މިންވަރަށް ބޭނުންކުރާ ކަމަށްބުނެ މިމައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ފަލަސްތީނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޔާދު މަންސޫރު ވިދާޅުވީ ފަލަސްތީނު އާންމު ރައްޔިތުން ހިމާޔަތް ބޭނުންވާ ކަމަށެވެ. އަދި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާ، ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރަމުންދާއިރު ބަލަން ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްރާއީލްގެ މި ގަތުލް އާންމު 60 ދުވަހުގެ ތެރޭގައި ބަލައި ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަންދޭނެ ގޮތެއް މަޖިލީހަށް ހުށަހެޅުމަށް އދ.ޗީފް އެންޓޮނިއު ގުތޭހިޝްއަށް ވަނީ އަންގާފައެވެ.

އދގެ އާންމު މަޖިލީހުން މިގަރާރު ފާސްކުރިއިރު އެގަރާރު ފާސްވިޔަނުދިނުމަށް އެމެރިކާއިން ވަނީ ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައެވެ. މީގެ އިތުރުން އެމެރިކާއިން ވަނީ އިސްލާމީ ގައުމުތަކުން ހުށަހެޅި ގަރާރަށް އިސްލާހް ހުށައަޅާފައެވެ. މިއިސްލާހުގައި ހިމަނާފައިވަނީ ހަމާސް ކުށްވެރިކުރުމަށެވެ.

އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލުކުރުމާ ދެކޮޅުހަދައި، ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި މިއަހަރުގެ މާޗްމަހު ފަލަސްތީނުގެ އާންމުން ފެށި މުޒާހަރާގެ ތެރެއަށް އިސްރާއީލުން ބަޑިޖަހައި މިހާތަނަށް ވަނީ ގިނަ ބަޔަކު މަރާލާފަ އެވެ. އިސްރާއީލްގެ ސިފައިންގެ އެކި ހަމަލާތަކުގައި މެއި މަހުގެ ނިޔަލަށް ފަލަސްތީނުގެ 120 މީހުން ވަނީ މަރާލާފައިވެ އެވެ.

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް އެމެރިކާއިން ނިންމި ނިންމުން އުތުރުކޮރެއާއިން ކުށްވެރިކޮށްފި

05 އޯގަސްޓު 2017
އެމެރިކާގެ ރައްޔިތުން އުތުރުކޮރެއާއަށް ދަތުރުކުރުން މަނާކުރުމަށް އެމެރިކާއިން ނިންމި ނިންމުން އުތުރުކޮރެއާއިން ކުށްވެރިކޮށްފި
30 މެއި 2017

އޮރިއާން ކާޑުގެ މައްސަލައެއްގައި އިންޑޮނީޝިއާގެ ހަރުކަށި ޝެއިޚެއްގެ ނަން އާންމުކޮށްފި

30 މެއި 2017
އޮރިއާން ކާޑުގެ މައްސަލައެއްގައި އިންޑޮނީޝިއާގެ ހަރުކަށި ޝެއިޚެއްގެ ނަން އާންމުކޮށްފި
26 މެއި 2017

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

26 މެއި 2017
މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ
16 މެއި 2017

އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށްފި

16 މެއި 2017
އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށްފި
11 މެއި 2017

ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ

11 މެއި 2017
ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު