Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: އުތުރު ލަންޑަންގެ ދެ ޓީމު ވެސް މޮޅުވެއްޖެ

ި ވޮޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 3-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 12 މާރިޗު 2018 | ހޯމަ 09:36
އާސެނަލްގެ އޮބަމަޔަންގ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

އާސެނަލްގެ އޮބަމަޔަންގ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި އުތުރު ލަންޑަނަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ އާސެނަލް އަދި ޓޮޓެންހަމް ކުޅުނު މެޗުތަކުން އެ ދެ ޓީމު ވެސް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ވޮޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން އާސެނަލް ބަލިވިނަމަ އެ ޓީމު ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވާނެއެވެ. އާސެނަލްގެ ކޯޗު އާސެން ވެންގާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނައިރު އޭނާ ވަނީ މިދިޔަ ހަފްތާގައި އަލަށް ޕްރޮމޯޓްވި ބްރައިޓަން އަތުން ބަލިވި އާސެނަލްގެ ޓީމަށް ތިން ބަދަލެއް ގެނެސްފައެވެ. މި މެޗުގައި ވެންގާ ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް އިސްކަން ދީފައެވެ.

ފުރަތަމަ ހާފު ފެށިގެން އާސެނަލްއިން ވަނީ ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައެވެ. މި މެޗުގެ ފުރަތަމަ ލަނޑުގެ މެޗުގެ އަށްވަނަ މިނެޓުގައި މެސުޓް އޮޒިލް ތަނަވަސްކޮށްދިން ފުރުސަތަކުން އާސެނަލްއަށް ޖަހައިދިނީ ޖަރުމަނުގެ ޑިފެންޑަރު މުސްޓާފީއެވެ. މި ލަނޑަށް ފަހު ވެސް އާސެނަލްއިން ވަނީ ވޮޓްފޯޑްގެ ގޯލަށް ނުރައްކާކުރުމަށް ފުލުފުލުގައި ހަމަލާތައް ފޮނުވާލާފައެވެ. ވޮޓްފޯޑްއިން ވެސް ވަނީ ކައުންޓާގައި އާސެނަލްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން ވެސް އާސެނަލްއިން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް އެ ޓީމުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. އާސެނަލްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 59 މިނެޓުގައެވެ. ހެންރިކް މިޙްތަރިޔާން ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޕިއޭ އެމެރިކް އޮބަމަޔަންގ އެވެ. އޭގެ ތިން މިނެޓު ފަހުން ވޮޓްފޯޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޕީޓާ ޗެކް ވަނީ އެ ޕެނަލްޓީ ދިފާއުކޮށްފައެވެ. އާސެނަލްގެ ތިންވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ހެންރިކް މިޙްތަރިޔާންއެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި ވެސް ވޮޓްފޯޑްއިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

އުތުރު ލަންޑަނުގެ ދެވަނަ ޓީމު ކަމަށްވާ ޓޮޓެންހަމް ވެސް ވަނީ ރަށުން ބޭރުގައި 4-1 ގެ ނަތީޖާއަކުން ބޯންމައުތު ބަލިކޮށް ތާވަލުގެ ތިންވަނަ މަގާމަށް ޖެހިލާފައެވެ. ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އަތުން ބަލިވި ޓޮޓެންހަމްގެ ޓީމުގައި ހިމެނުނު ތިން ކުޅުންތެރިޔަކު މި މެޗުގައި ކުޅެފައެއް ނުވެއެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ފުރަތަމަ އެގާރައިން ފުރުސަތު ދީފައިވަނީ ސާޖް އައުރިޔާ އާއި ވިކްޓަރ ވަންޔާމާގެ އިތުރުން ޑެނީ ރޯސްއަށެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބޯންމައުތުއެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޖޫނިއަރ ސްޓަނިސްލާސްއެވެ. މެޗުގެ 29 ވަނަ މިނެޓުގައި ކޭން ލަނޑެއް ޖަހައިދިން ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. އޭގެ ތިން މިނެޓު ފަހުން ޓޮޓެންހަމްއަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވީ އަނިޔާގެ ސަބަބުން ކޭން ދަނޑުން ބާލަން ޖެހުމާއި ގުޅިގެންނެވެ. އެހެން ނަމަވެސް އެ ޓީމުން ވަނީ 35 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑެލޭ އަލީއެވެ.

ދެ ޓީމު އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ޓޮޓެންހަމްއިން ވަނީ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި އުތުރު ކޮރެއާގެ ފޯވާޑް ހެއުން މިން ސޮން އެ ޓީމަށް ލީޑު ނަގައިދިންއިރު އެ ޓީމުގެ ތިންވަނަ ލަނޑު ވެސް ޖަހައިދިނީ ސޮންއެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ޑިފެންޑަރު އައުރިޔާއެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 78 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 65 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ. ތިންވަނައިގައި 61 ޕޮއިންޓާއެކު ޓޮޓެންހަމް އޮތްއިރު ހަތަރު ވަނައިގައި 60 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ. ފަސްވަނަ ޗެލްސީއަށް ލިބޭއިރު އާސެނަލްއަށް ލިބެނީ ހަވަނައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު