Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވިންޓަރ އޮލިމްޕިކްސް

ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ އެތްލީޓުން ދެކުނު ކޮރެއާ އަށް

ދެކޮރެއާގެ މެދުގައި ބޭއްވި ވާހަކަތަކުގައި މިގޮތަށް ވަނީ ނިންމާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2018 | ބުދަ 17:05
ދެކޮރެއާގެ މެދުގައި ބޭއްވި ވާހަކަތަކުގެ ތެރެއިން

ދެކޮރެއާގެ މެދުގައި ބޭއްވި ވާހަކަތަކުގެ ތެރެއިން

އަންނަ ފެބްރުއަރީ މަހު ދެކުނު ކޮރެއާގައި ބާއްވާ ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ ޓީމެއް ދެކުނު ކޮރެއާއަށް ފޮނުވުމަށް އެ ގައުމުން ނިންމައިފިއެވެ.

އެ ގައުމުން މިކަން ހާމަކޮށްފައިވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު ދެ ގައުމުގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރުމަށް އަންގާރަ ދުވަހު ބޭއްވި ފުރަތަމަ ބައްދަލުވުމަށްފަހުއެވެ. އުތުރު ކޮރެއާގެ ވަފްދުގައި އެތުލީޓުންނާއި،އޮފިޝަލުން އަދި ސަޕޯޓަރުން ހިމެނޭނެއެވެ. އައު އަހަރުގެ ޚިޠާބުގައި ވާހަކަ ދައްކަވަމުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ވިދާޅުވީ އުތުރު ކޮރެއާގެ އެތުލީޓުން ދެކުނު ކޮރެއާއަށް ފޮނުވުމަކީ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދިނުމަށް ރަނގަޅު އިޝާރާތަކަށް ވާނެ ކަމަށެވެ. ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ-އިން ވިދާޅުވީ ފިނިމޫސުމުގެ އޮލިމްޕިކްސްއަކީ ދެކޮރެއާގެ ގުޅުން ރަނގަޅު ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގައި އދގެ ކޮންޓްރޯލްގެ ދަށުގައިވާ ޑީމިލިޓަރައިޒްޑް ޒޯންގައި، ޕަންމުންޖޮމްގައި ވާހަކަތައް ކުރިޔަށްދާއިރު ލިބިފައިވާ ކުރިއެރުންތައް ދެކުނު ކޮރެއާގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ. އެގޮތުން ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީގެ ނައިބް ޗުން ހެއި ސުންގް ނޫސްވެރިންނަށް ވިދާޅުވީ ވިންޓަރ އޮލިމްޕިކްސްގައި އެތުލީޓުންގެ އިތުރުން އޮފިޝަލުންނާއި ފަންނާނުންނާއި، ކޮރެއަން މާޝަލް އާޓްސް ގެނެސްދޭ ޓީމަކާއި އޮބްޒަރވަރުންނާއި ސަޕޯޓަރުންވެސް ބައިވެރިކުރުމަށް އުތުރު ކޮރެއާއިން ހުށަހަޅާފައިވާ ކަމަށެވެ. ދެކޮރެއާއިން ވެސް މި ނިންމުން ސިފަކުރަމުން އަންނީ އެ ގައުމުތަކުގެ ރައްޔިތުންނަށް ދޭ އައު އަހަރުގެ ހަދިޔާއެއްގެ ގޮތުގައެވެ.

ބައިނަލްއަގްވާމީ އޮލިމްޕިކް ކޮމިޓީ (އައިސޯ) އިން ވަނީ އުތުރު ކޮރެއާގެ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ. އެގޮތުން އޮލިމްޕިކްސްގައި އެތްލީޓުން ރެޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު މި ނިންމުމުގެ ސަބަބުން އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް އައިއޯސީގެ ސްޕޯކްސްޕާސަން މާކް އެޑަމްސް ބުނެފައިވެއެވެ.

އުތުރު ކޮރެއާއިން އޮލިމްޕިކްސްއަށް ދެކުނު ކޮރެއާއަށް އެތުލީޓުން ފޮނުވުމާއިމެދު ގޮތެއް ނިންމުމަށް މަޝްވަރާތައް އެންމެ ފުރަތަމަ ފެށީ ނިމިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ދެކޮރެއާގެ ކުޅިވަރާއި ބެހޭ އޮފިޝަލުން ބޭއްވި ސިއްރު ބައްދަލުވުންތަކަކަށްފަހުއެވެ.

ދެކުނު ކޮރެއާއިންވަނީ 2006 ވަނަ އަހަރުގެ ވިންޓަރ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތެކޭ އެއްގޮތަށް މި ފަހަރު ޕިޔޮންގޗަންގައިވެސް ދެ ކޮރެއާގެ އެތުލީޓުން އެކުގައި މާޗް ކުރުމަށް ހުށަހަޅާފައެވެ.

ދެކުނު ކޮރެއާއިންވަނީ އެ ގައުމުން އުތުރު ކޮރެއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ވަގުތީގޮތުން ނެގުމަށް ވިސްނަމުންދާކަމަށް ބުނެފައެވެ. ފެބްރުއަރީ 9 އިން 25 އަށް ފިނި މޫސުމުގެ އޮލިމްޕިކްސް ކުރިއަށްދާއިރު، ޕެރެލިމްޕިކްސް ނިމޭނީ މާޗް މަހުގެ 19ވަނަ ދުވަހުއެވެ. އޮލިމްޕިކްސްގެ ދުވަސްވަރު ކޮރެއާ ޕެނިންސިއުލާގެ މަސްރަހު ފިނިކުރުމަށްޓަކައި ދެކުނު ކޮރެއާއާއި އެމެރިކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީންތަކެއް ވެސް މަޑުޖައްސާލުމަށް ދެކުނު ކޮރެއާއިން ވަނީ ނިންމާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: އުތުރު ލަންޑަންގެ ދެ ޓީމު ވެސް މޮޅުވެއްޖެ

ޕްރިމިއާ ލީގު: އުތުރު ލަންޑަންގެ ދެ ޓީމު ވެސް މޮޅުވެއްޖެ

12 މާރިޗު 2018
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ބައިވެރިވުމަށް ޕުޔޯލް ރާއްޖެ އަންނަނީ

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ބައިވެރިވުމަށް ޕުޔޯލް ރާއްޖެ އަންނަނީ

14 ޑިސެމްބަރު 2017
ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާ ބައިވެރިވުން މަނާކޮށްފި!

ފިނި މޫސުމުގެ އޮލިމްޕިކްސްގައި ރަޝިޔާ ބައިވެރިވުން މަނާކޮށްފި!

06 ޑިސެމްބަރު 2017
ޔޫތް ޗެމްޕިއަންޝިޕް އަންނަ މަހު 21 ގައި، ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ޔޫތް ޗެމްޕިއަންޝިޕް އަންނަ މަހު 21 ގައި، ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

23 ނޮވެމްބަރު 2017
މުބާރާތުގައި ބައިވެރިވުމަށް މޯލްޑިވިއަންގެ ޓީމް ވިއެޓްނާމަށް ފުރައިފި

މުބާރާތުގައި ބައިވެރިވުމަށް މޯލްޑިވިއަންގެ ޓީމް ވިއެޓްނާމަށް ފުރައިފި

25 ޖޫން 2017

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު