Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް-ކިމް ސަމިޓް

ަތާރީޚީ ސަމިޓްގައި އެކަކު އަނެކަކަށް ތައުރީފު، ނަމަވެސް އެއްބަސްވި ކަންތައްތައް ހާމައެއް ނުކުރޭ

ބައްދަލުވުން ދިޔައީ ކާމިޔާބުކޮށް ކަމަށް ދެ ގައުމުގެ ވެރިން ވެސް ދަނީ ބުނަމުން

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 12 ޖޫން 2018 | އަންގާރަ 07:15
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން

ކޮރެއަން ޕެނިންސިއުލާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް ދެ ގައުމުގެ މެދުގައި ބޭއްވި މަޝްވަރާގައި އުތުރު ކޮރެއާގެ ލީޑަރާއެކު ރަގަނޅު ގުޅުމެއް އުފެއްދިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ކިމް މި ބައްދަލުވުމާއި ބެހޭ ގޮތުން ވިދާޅުވީ މިއީ ސުލްހައިގެ ފެށުން ކަމުގައެވެ.

ދެ ގައުމުގެ ވެރިން އެކަކު އަނެކަކަށް ތައުރީފު ކުރަމުންދާއިރު، އެއްބަސްވީ ކަންކަމަކީ ކޮބައިކަން އަދި ވަނީ އެނގޭގޮތް ނުވެފައެވެ. ހީނަރު ވެފައިވާ ދެގައުމުގެ ގުޅުން މި ބައްދަލުވުމަށް ފަހު، ޗައިނާއާއި އެމެރިކާގެ ގުޅުން ވަރުގަނދަ ވީ ގޮތަށް ވެއްޖެނަމަ، ކޮރެއަން ޕެނިންސިއުލާއަށް ދިމާވެފައިވާ މައްސަލަ މުޅިން ހައްލު ވާނެކަމަށް ބެލެވެއެވެ. އެމެރިކާއާއެކު ޗައިނާގެ ގުޅުން ވަރުގަނދަވީ ކުރީގެ ރައީސް ރިޗާޑް ނިކްސަން ޗައިނާއަށް ކުރެއްވި ދަތުރުގައި މަޝަވާރާ ކުރެވުނު ކަންތައްތައް ކުރުމުންނެވެ. އެފަހަރު ޗައިނާއިން ވަނީ މުޅި ގައުމުގެ އޮނިގަނޑު އެއްކޮށް ބަދަލު ކޮށްފައެވެ.

ދެ ގައުމުގެ ވެރިން ބައްދަލު ކުރަން އައި އިރު ވެރިން ނުތަނަވަސް ވެފައި ހުރި ކަމުގައި ވީނަމަވެސް މޫނު މަތިން ދައްކާފައި ވަނީ ހިނިތުން ވުމާއި ހަމަޖެހުމެވެ. ގައުމުގެ ދެ ވެރިން ބައްދަލުވުމަށް އައިސްފައި ވަނީ ލިމޮޒިންއެއްގައެވެ. ލިމޮޒިންއިން ފޭބުމަށް ފަހު ވަނީ ކަޕެއްލާ ހޮޓެލާ ދިމާލަށް މިސްރާބު ޖަހާފައެވެ. އެ ވަގުތު އެތަނުގައި ތިބި 2500 އަށް ވުރެ ގިނަ ނޫސްވެރިން ވަނީ މުޅި ދުނިޔެއަށް އެ ކަމުގެ މައުލޫމާތު ވަގުތުން ގެނެސްދީފައެވެ.

ދެ ގައުމުގެ ވެރިން ސަލާމް ކުރެއްވުމަށް ފަހު ވަނީ އެކަހެރިކޮށް ބައްދަލުކުރުމާއި ދިމާލަށް މިސްރާބު ޖަހައިފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެކަހެރިކޮށް ބައްދަލުކުރާ ތަނަށްދާ މަގު ދައްކަމުން ދިޔައީ ޓްރަމްޕެވެ. ބައްދަލުވުން ނިންމުމަށްފަހުގައި ވަރަށް ރަނގަޅު ގުޅުމެއް އުފެދިއްޖެ ކަމުގެ އިތުރުން ޓްރަމްޕް ވަނީ ބައްދަލުވުން ކުރިއަށް ދިޔަ ގޮތާމެދު ހިތް ހަމަ ޖެހޭ ކަމަށް ބުނެފައެވެ،

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

އިޓަލީއަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 25 މީހުން ޒަޚަމްވެއްޖެ

22 އޯގަސްޓު 2017
އިޓަލީއަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 25 މީހުން ޒަޚަމްވެއްޖެ
21 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި

21 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި
19 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާ ރައީސުން ޖީ20 ސަމިޓްގައި ދެފަަހަރު ބައްދަލު ކުރެއްވި ކަން ހާމަވެއްޖެ

19 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާ ރައީސުން ޖީ20 ސަމިޓްގައި ދެފަަހަރު ބައްދަލު ކުރެއްވި ކަން ހާމަވެއްޖެ
09 ޖުލައި 2017

ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ލިއޮޕޮލްޑޯ ލޯޕެޒް ގޭ ބަންދަށް ބަދަލު ކުރި ކުރުމަށް ރައީސް މަޑޫރޯ ތައުރީފު ކުރައްވައިފި

09 ޖުލައި 2017
ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ލިއޮޕޮލްޑޯ ލޯޕެޒް ގޭ ބަންދަށް ބަދަލު ކުރި ކުރުމަށް ރައީސް މަޑޫރޯ ތައުރީފު ކުރައްވައިފި
07 ޖުލައި 2017

ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!

07 ޖުލައި 2017
ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު