Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ރިޔާސީ ކެމްޕެއިން

އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ލޯންޗު ކުރުން މުޅިން ތަފާތު ގޮތަކަށް!

11 ޖޫން 2018 | ހޯމަ 12:31

އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވާ ބުދަ ދުވަހު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 11 ޖޫން 2018 | ހޯމަ 12:31
އެމްޑީޕީން އެޕާޓީގެ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ޕްރެސް

އެމްޑީޕީން އެޕާޓީގެ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ޕްރެސް

އެމްޑީޕީން އެޕާޓީގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ތަފާތު ގިނަ އާދަޔާ ހިލާފު ހަރަކާތްތަކެއް ބާއްވަން ތައްޔާރު ވެއްޖެއެވެ.

އެމްޑީޕީން އެޕާޓީގެ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ޕްރެސް އެއްގައި ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 13 ވާ ބުދަ ދުވަހު ކަމަށެވެ. އަދި އެދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްފަހަރާ ކެމްޕެެއިންގެ ހަރަކާތްތައް ފެށިގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ހަވީރު 4 ޖަހާއިރު ކޮންމެ ރަށެއްގެ ތުނޑި މަތީގައި ގުޑިއެރުވުމާއި، ބާބަކިއު ހަރަކާތްތަކާއި، އަދި ހޮޅުއަށި ބަހުސް އެއް ވަގުތެއްގައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ބައެއް ރަށްރަށުގައި ގަސްއިންދުމުގެ ޕްރޮގްރާމްތައް ކުރިއަށް ދާއިރު، ހިނގާލުންތަކާއި، އަދި ބައިސްކަލު ބުރުތައް ވެސް ބައެއް ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ޖޫން 13 ވާ ބުދަ ދުވަހުގެ ރޯދަ ވީއްލުން އޮންނާނީ ހުރިހާ ރައްޔިތުން އެކީގައި އެއްވެ އެއް ޖަމާއަތެއްގައި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހުގެރޭ ބާއްވާ ކެމްޕެއިން ލޯންޗްކުރުމުގެ ޚާއްސަ ބޮޑު ޖަލްސާ އެއް ހަތް ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރޭވިފައެވެ. އެ ގޮތުން ހއ. ކެލާ، ހދ. ވައިކަރަދޫ، ނ ވެލިދޫއާއި، ތ. ތިމަރަފުށި، އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ އިތުރުން މާލޭގައި މި ޖަލްސާގެ އެކި ހަރަކާތަައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެެވެ. މިއިން ކޮންމެ ރަށަކުން ޖަލްސާގެ ހަރަކާތެއް ކުރިއަށް ގެންދާއިރު، އެ ޖަލްސާ މުޅި ރާއްޖެއަށް ފެންނާނެހެން ފޭސްބުކް މެދުވެރިކޮށް ލައިވް ކުރަމުންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމަށްޓަކައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތައް ވެސް ވަރަށް އަވަހަށް ފަށާނޭ ކަމަށާއި، މެނިފެސްޓޯ ފައިލްކުރުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެެވެ.

މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ގެ ނައިބު އިދާރީ އަލީ ނިޔާޒު ވިދާޅުވީ، އިލެކްޝަނުން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓްގައި މައްސަލަތައް ހުރިކަން ފާހަގަވެގެން ޝަކުވާތައް ލިބެމުންދާ ކަމަށާއި، ހުރިހާ ބޭފުޅުންވެސް ދުރާލާ އެބޭފުޅެއްގެ ނަމާއި އެކު އާއިލާގެ އެހެނިހެން މެންބަރުންގެ ނަންވެސް އޮތްތޯ ދުރާލާ ޗެކް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އިލެކްޝަންސް އިން އިންތިޚާބުގެ މޮނިޓަރުންގެ ގޮތުގައި، ހަރަކާތްތެރިވުމަށް ސަރުކާރު ކުންފުނިތަކުގެ މީހުން ނަގައި އެމީހުންނާއި މެޑަމް އޮފީހުގައި ނުވަތަ މުލިއާގޭގައި ބައްދަލުވުންތައް ބާއްވަމުންދާކަމުގެ ޝަކުވާ ވެސް ލިބެމުންދާ ކަމަށެވެ. އަދި ލިބިފައިމިވާ 10 ދުވަސްތެރޭ ވޯޓާސް ލިސްޓް ގައި ނަން އޮތްތޯ ޗެކްކޮށް، ދުރާލާ ތައްޔާރުވެ، ތިބުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް