Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ރޯދަ އާއި ސިއްހަތު

ރޯދަ މަސް ނިމެނީ: ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާއަށް ލިބުނު ފައިދާތައް އިނގޭތަ؟

ރޯދަ އަށް ހުރުމުގެ ސަބަބުން އިންސާނާ ބަރުހެލި ކަމާއި ކަންނެތް ކަމުން ދުރުކޮށްދީ ތާޒާ ކަންމަތީ ދަމަހައްޓުވައިދޭ

ރިފްޤާ އަބްދުލް ވައްހާބް
ރިފްޤާ އަބްދުލް ވައްހާބް, ރާއްޖެ އެމްވީ | 11 ޖޫން 2018 | ހޯމަ 11:44
މީހަކު ޤުރުއާން ކިޔަވަނީ

މީހަކު ޤުރުއާން ކިޔަވަނީ

ރަމަޟާން މަހުގެ މި މާތް މައްސަރު ނިމެން ދެންބާކީ އޮތީ މަދު ދުވަސް ކޮޅެކެވެ. މި ރަމަޟާން މަހުގެ ރޯދަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފިއްޖެ ހެއްޔެވެ؟ އެހެން ކަމުގައި ވަނީ ނަމަ ތިމާ އަށް ވާނީ އެކަމުގެ ސަބަބުން އެތައް ފައިދާތަކެއް ކޮށްފައެވެ. ރޫހާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ.

ގްރީކުގެ މަޝްހޫރު ފިލޯސޮފަރު ޕުލޫޓަރޗް ބުނެފައި ވެއެވެ. "މިއަދު ބޭސް ބޭނުން ކުރުމުގެ ބަދަލުގައި ރޯދަ ހިފުން މާ ރަނގަޅެވެ" ރޯދަ ހިފުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކޮށްފައިވާ މުހިންމު ރުކުނެވެ. އަދި އެއީ އެންމެ ކުރީ ޒަމާނުންސުރެން ފެށިގެން ވެސް ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އޮންނަ ރަނގަޅު އާދައެކެވެ. އަދި މިކަމުގެ ސަބަބުން އިންސާނާ އަށް ލިއްބައިދޭ ފައިދާތައް ގުނާ އަދަދު ވެސް ނުކުރެވޭނެއެވެ.

ޖިސްމާނީ ގޮތުން ލިބޭ ފައިދާތައް:

އޮކްސްފޯރޑް ގެ މަޝްހޫރު ހޭނައްތާ ޑޮކްޓަރު، ޑރ. ރަޒީން މައުރޫފް ބުނެފައިވާ ގޮތުގައި ރޯދަ މަހު ގިނަ ވަގުތު ކެއުމާ ދުރުގައި ހުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑު ސާފު ކޮށްދީ ހަޖަމު ކުރުމުގެ ނިޒާމު މަސައްކަތް ކުރުން މަޑުޖައްސައިދެއެވެ. އަދި ހަށިގަނޑުގައި ހުންނަ ނޭދެވޭ ނުވަތަ ގެއްލުންދެނިވި މާއްދާތައް ނައްތާލައި ބޭކާރު ފެޓްސް ނައްތާ ހަށިގަނޑު ތާހިރު ކޮށްދެއެވެ.

ރަނގަޅު ކެއުމެއް ކެއުމަށް ފަހު އިންސާނާގެ ހަށިގަނޑުގެ %65 ހަކަތަ ބޭނުން ކުރަނީ ހަޖަމު ކުރުމަށެވެ. އެހެންކަމުން ރޯދައަށް ހުރެފި މީހާގެ ހަކަތަ ހަށިގަޑު ގައި ހަލާކުވެފައިވާ ޓިޝޫތަކާއި ސެލްތައް ރަނގަޅު ކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި އިންސާނާ ބަރުހެލި ކަމާއި ކަންނެތް ކަމުން ދުރުކޮށްދީ ތާޒާ ކަންމަތީ ދަމަހައްޓުވައި ދެއެވެ.

ނަފްސާނީ ގޮތުން ލިބޭ ފައިދާތައް:

ރޯދަ ހިފުމަކީ އިންސާނާގެ ސިކުނޑި މުޅިން ތާޒާ ކޮށްދޭ ކަމެކެވެ. ގިނަ އިލްމުވެރިން އިއްތިފާގުވާ ގޮތުގައި ރޯދަ މަހަކީ އުހަރަވީ ހަޔާތް ބާއްޖަވެރި ކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެހެން ކަމުން ގިނަ ވަގުތު ޤުރުއާން ކިޔެވުމުގަޔާއި އަޅުކަމުގައި ހޭދަކުރުމަކީ އިންސާނާގެ ސިކުނޑިގައިވާ ބޭކާރު ވިސްނުން ތަކާއި ހިޔާލުތަކުން ދުރުކޮށްދޭ މަތިވެރި އަޅުކަމެކެވެ. ސިއްހީ ގޮތުން ރޯދަ ހިފުމަކީ އެލްޒައިމަރ، ޑިޕްރެޝަން އަދި ބްރެއިން ޓިއުމަރ ފަދަ ބަލިތަކަށް ވެސް އޮތް ރަނގަޅު ޝިފާއެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރޯދަ އަށް ހުންނައިރު ކަސްރަތު ކުރަންވީ ގޮތް އެނގޭތަ؟

ރޯދަ އަށް ހުންނައިރު ކަސްރަތު ކުރަންވީ ގޮތް އެނގޭތަ؟

27 މެއި 2018
ރޯދަ މަހު ޑެޒަރޓް ތައްޔާރު ކުރަންވީ ގޮތް މިއޮތީ

ރޯދަ މަހު ޑެޒަރޓް ތައްޔާރު ކުރަންވީ ގޮތް މިއޮތީ

26 މެއި 2018
ރޯދަ ވީއްލަން އެންމެ ރަނގަޅީ ސޫޕު

ރޯދަ ވީއްލަން އެންމެ ރަނގަޅީ ސޫޕު

22 މެއި 2018
ރޯދަ މަހު ތަރުކާރީ ގިނައިން ބޭނުންކުރުން މުހިންމު

ރޯދަ މަހު ތަރުކާރީ ގިނައިން ބޭނުންކުރުން މުހިންމު

19 މެއި 2018
ރޯދަ ވީއްލުމަށް ފަހު ފެން ބުއިން މާބޮޑަށް މަދުކޮށް ނުލާތި

ރޯދަ ވީއްލުމަށް ފަހު ފެން ބުއިން މާބޮޑަށް މަދުކޮށް ނުލާތި

15 މެއި 2018

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު