Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ވެށި ތަޣައްޔަރުވުން

ވެށި ތަޣައްޔަރުވުމުގެ ސަބަބުން، 1.7 މިލިއަން ކުދިން މަރުވޭ

ދުނިޔޭޣެ އެއްބައިކުޅަ ހަތަރުބއި ކުޑަކުދިން މަރުވަނީ ނުސާފު ފެނާއި ވައިގެ ސަބަބުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 7 މާރިޗު 2017 | އަންގާރަ 08:38
ވައި ތަޣައްޔަރުވުން

ވައި ތަޣައްޔަރުވުން

ތިމާވެށީގެ މައްސަލަތަކަކީ ދުނިޔޭގެ ތަފާތު އެކި ހިސާބުތަކަށް ދިމާވެފައިވާ، ހައްލު ކުރުމަށް ގޮންޖެހުންތަކެއް ހުރި މައްސަލަ އެކެވެ. ތަރައްގީއަށް ވާސިލް ވުމަށްޓަކާއި ކުރާ ތަފާތު ކަންކަމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާ މައްސަލަކީ އެތައް ބަޔަކު ދައްކަމުންދާ ވާހަކަ އެވެ.

އެހެން ނަމަވެސް ގިނަ ފަހަރަށް ތިމާވެށީގެ މައްސަލަ ތަކަކީ އަދިވެސް މާ ބޮޑު ސީރިއަސް ކަމެއް ގައުމުތަކުންދޭ ކަމެއް ނޫނެވެ. ނަތީޖާއަކަށް ވަނީ ތިމާވެށީގެ މައްސަލަތައް އިންތިހާއަށް ބޮޑުވެ، އިންސާނުންގެ ދިރިއުޅުމަށް އޭގެ ނުރައްކާ ކުރަން ފެށުމެވެ.

އެންމެ ފަހުގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހޯދުންތަކުން ދައްކާގޮތުން ދުނިޔޭގެ ހަތަރު ބައިކުޅަ އެއްބައިގެ، ފަސް އަހަރުން ދަށުގެ ކުދިން މަރުވަނީ މާހައުލު ތަޣައްޔަރު ވުމުގެ ތަފާތު މައްސަލަތަކުގަ އެވެ. އެގޮތުން ގާތްގަނޑަކަށް 1.7 މިލިއަން ކުދިން މިފަދަ ގޮތްގޮތައް ކޮންމެ އަހަރު މަރުވެއެވެ.

ދިރިއުޅޭ ސަރަހައްދު ތަޣައްޔަރުވުމުގެ ސަބަބުން ހީނުކުރާ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ.

"ކުޑަކުދިންގެ ހަށިގަނޑުގެ ގުނަވަންތައް ބޮޑުވުމަށާއި ދިފާއީ ނިޒާމު ބަލިކަށިވެގެންދަނީ ތަޣައްޔަރުވެފައިވާ ވަޔާއި ނުސާފުބޯފެން ބޭނުން ކުރުމުގެ ސަބަބުން" ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ މާގްރެޓް ޗެން ވިދާޅުވި އެވެ.

ކުޑަކުދިންގެ ހަށިގަނޑު އުފެދިފައިވާގޮތުން އެކުދިންނަށް އާއްމުކޮށް ބޮޑު މީހަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ކާނާ އާއި ފެނާއި، ނޭވާލާ އިރު ގިނަ އިން ހަޑިގަނޑުގެ ތެރެއަށް ވައި ވަނުމަށް މަގުފަހިވެ އެވެ. އަދި ކުޑަކުދިން ގެއިން ބޭރުގައި ގިނަ ވަގުތު ކުޅުމުގައި އުޅުމުގެ އިތުރުން، އަގަޔަށް އެއްޗެހި ލުމާއި ވެލިގަނޑަށް އަތް ގިނައިންލަ އެވެ. މިކަމުގެ ސަބަބުން ތަފާތު އެކި ކަހަލަ ބަލިތަކައި، އެކި ކަހަލަ ނުރައްކާތަކަށް ބޮޑެތި މީހުންނަށް ވުރެ އެކުދިންގެ ހަށިގަނޑު ފަސޭހައިން ހުށަހެޅިގެންދެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހޯދި ހޯދުންތަކުން ދައްކާގޮތުން، ފަސް އަހަރުން ދަށުގެ 570،000 ކުދިންނަށް ނޭވާލާ ނިޒާމުގެ ބަލިތަކާއި ނިއުމޯނިއާ ފަދަ ބަލިތައް ކުރިމަތިވެ އެވެ. މި ބަލިތައް ޖެހެނީ ދިރިއުޅޭ މާހައުލުގެ ވައި ތަޣައްޔަރުވުމުގެ ސަބަބުންނެވެ. އެގޮތުން ސާފުނޫން ތެޔޮ ބޭނުންކޮށްގެން ކެއްކުމުން އަރާ ދުމާއި ދުއްވާ އުޅަނދު ފަހަރުން އަރާ ދުން ހިމެނެ އެވެ.

މީގެ އިތުރުން، 361،000 ކުދިން ސާފުފެން ބޭނުން ނުކުރުމުގެ ސަބަބުން ޑައިރިއާ އާއި ތަފާތު ބޭރަށް ހިނގުމުގެ ބަލިތަށް ޖެހިފައިވެ އެވެ. އަދި 270،000 ކުދިން ކުއްޖާ އުފަންވާ ފުރަތަމަ މަހުގައި މަރުވާ ކަމަށް މި ހޯދުންތަކުން ދައްކަ އެވެ. މިގޮތަށް މަރުވުމަށް މަގުފަހިވަނީ، ދަރިފުޅުގެ މަންމަ އަށް ސާފު ބޯފެނާއި ސާފުވައި ނުލިބުމުގެ ސަބަބުން ނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 200،000 ކުދިން މެލޭރިއާ ފަދަ ބަލިތަށް ޖެހުމުންވެސް ވަނީ މަރުވެފަ އެވެ. މިގޮތަށް ދިމާވަނީ ދިރިއުޅޭ ވެށީގައި މަދިރިއުފެދުމަށް މަގުފަހިވާ ގޮތަށް ފެއް ބެހެއްޓިފައި ހުރުކުމުގެ ސަބަބުން ނެވެ.

މީގެ އިތުރުން 200،000 ކުދިން ގަސްދުގާ ނޫން ގޮތްގޮތަށް ދިމާވާ ހާދިސާތައް ކަމުގައިވާ، ތަންތަނުން ވެއްޓުމާއި، ވިހަވުމާއި، ގެނބުންފަދަ ހާދިސާ ތަކުގައި މަރުވެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ސިއްހަތު ޖަމިއްޔާ އިން ވަނީ 75 ޕަސެންޓް ގޭގެއިން ކައްކާދުން ނާރާގޮތަށް ކައްކައިފި ނަމަ ނިއުމޯނިއާ ފަދަ ބަލިތަކުން 46 ޕަސެންޓް ކުޑަކުދިން ސަލާމަތް ކުރެވެ އެވެ.

މީގެ އިތުރުން ސާފު ބޯފެނައި، ފެންވެރުމާ އެހެން ބޭނުންތަކަށް ސާފު ފެން ބޭނުން ކޮށްފި ނަމަ، 45 ޕަސެންޓް ކުދިން ޑައރިއާ ފަދަ ބަލިތަކުން ސަލާމަތްވެގެންދާނެ އެވެ.

މިފަދަ މައްސަލަތައް ހައްލު ކުރުމަށް ފަރުދީފެންވަރުގަޔާއި، އަދި ގައުމީ ފެންވަރުގާވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. އެގޮތުން ސާފުތާހިރު ދިރިއުޅުމެއްގެ އިތުރުން ތަފާތު ނުރައްކާ ވިހަ ގޭސްތައް މީހުން ދިރިއުޅޭ ސަރަހައްދުގައި ނާރާނޭ ފަދަ ގޮތަކަށް މުޖުތަމައުގެ ކަންކަން ބައްޓަންކުރެ އެވެ. މިކަމަކީ ސީރިއަސް މައްސަލައެއް ގޮތުގައި ނުދެކޭ ނަމަ، މިކަމުގެ ސަބަބުން އިންސާނުންނަށް ދިރިއުޅުމުގެ ހައްގު ގެއްލިގެން ހިނގައިދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮބާ ލޮނުމެދު ދެކެ ފޫހިވާ ކުދިން ؟

ކޮބާ ލޮނުމެދު ދެކެ ފޫހިވާ ކުދިން ؟

06 މެއި 2020
އާދަޔާ ހިލާފަށް ފަލަ އަންހެން ކުދިންނަށް ޑިޕްރެޝަން ޖެހުމުގެ ފުރުޞަތު ބޮޑު!

އާދަޔާ ހިލާފަށް ފަލަ އަންހެން ކުދިންނަށް ޑިޕްރެޝަން ޖެހުމުގެ ފުރުޞަތު ބޮޑު!

13 އޯގަސްޓު 2018
ރޯދަ މަސް ނިމެނީ: ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާއަށް ލިބުނު ފައިދާތައް އިނގޭތަ؟

ރޯދަ މަސް ނިމެނީ: ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާއަށް ލިބުނު ފައިދާތައް އިނގޭތަ؟

11 ޖޫން 2018
ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ހަތަރު މިލިއަން މަރު: ދިރާސާ

ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ހަތަރު މިލިއަން މަރު: ދިރާސާ

18 އޯގަސްޓު 2017
ބޯ ދުޅަވުމުގެ ވުމުގެ ސަބަބުން މީޑިއާގެ ސަމާލު ކަމަށް އައި ކުއްޖާ ކުއްލިއަކަށް މަރުވެއްޖެ

ބޯ ދުޅަވުމުގެ ވުމުގެ ސަބަބުން މީޑިއާގެ ސަމާލު ކަމަށް އައި ކުއްޖާ ކުއްލިއަކަށް މަރުވެއްޖެ

20 ޖޫން 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު