Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުލިޗީ

މުޒައްފަރުއާބާދުގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވީ ލައިޗީ ކެއުމުގެ ސަބަބުން: ސައިންސްވެރިން

ލައިޗީ ކެއުމަށް ފަހު ހުސްބަނޑާ ނިދާ ނަމަ ފުރާނަ އަށް ނުރައްކާވޭ

އަލީ ޔޫސުފް
އަލީ ޔޫސުފް | 2 ފެބުރުއަރީ 2017 | ބުރާސްފަތި 14:58
މީރު މޭވާއެއް ކަމަށްވާ ލިޗީ

މީރު މޭވާއެއް ކަމަށްވާ ލިޗީ

އިންޑިއާގެ މުޒައްފަރު އާބާދުގައި ކޮންމެ އަހަރެއްގެ ޖޫން މަހާއި މޭ މަހުގެ ތެރޭގައި އުމުރުން 15 އަހަރުން ދަށުގެ ކުދިންތަކެއް ގިނަ އަދަދަކަށް މަރުވަނީ މީރު މޭވާއެއް ކަމަށްވާ ލައިޗީގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެފިއެވެ.

އާދަޔާ ހިލާފު ބައްޔެއް ޖެހި މުޒައްފަރުއާބާދުގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވާ މައްސަލައާ ގުޅިގެން އިންޑިއާ އާއި އެމެރިކާގެ ސައިންސްވެރިން ވަނީ ތަހްލީލުތަކެއް ކޮށްފައެވެ.

މި ތަހްލީލުތަކަށް ފަހު ސައިންސްވެރިން ބުނެފައި ވަނީ ލައިޗީ ކެއުމަށް ފަހު ރޭގަނޑު ނުކައިފި ނަމަ ހަށިގަނޑުގައި ލޭގެ ގްލުކޯޒް ލެވެލް ވަރަށް ބޮޑަށް ދަށަށް ދާކަމަށެވެ. އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވާ ކަމަށާއި ކޮމާއަށް ވެސް ދިއުމުގެ ފުރުސަތު އޮންނަ ކަމަށް އެ ދިރާސާގައި ބުނެފައި ވެއެވެ. އަދި ގިނަ ހާލަތްތަކުގައި ފުރާނައަށް ނުރައްކާވާ ކަމަށް ވެސް އެ ދިރާސާގައި ވެއެވެ.

ދިރާސާކުރި ފަރާތްތަކުން ބުނީ އެ ދުވަސްފަރު މުޒައްފަރުއާބާދީގައި ކުޑަކުދިން ހަވީރުގެ ވަގުތުތަކުގައި ގިނަ އަދަދަކަށް ލައިޗީ ކެއުމަށް ފަހު ރޭގަނޑު ހުސްބަނޑާ ނިނދާ ކަމަށެވެ. އާންމު ގޮތެއްގައި ވެސް ރޭގަނޑު ނުކާ ނަމަ ލޭގައި ގްލުކޯޒް ހުންނަ މިންވަރު ދަށަށް ދާކަމަށާއި ލައިޗީ ކެއުމުން ބަނޑުގައި މާބޮޑަށް ދަށަށް ދާކަމަށެވެ.

މި ދިރާސާގައި އިސްކޮށް ހުންނެވި ގްލޯބަލް ޑިސީޒް ޑިޓެކްޝަން ޕްރޮގްރާމްގެ ޑރ. ޕަދްމިނީ ސްރިކަންތިއާ ވިދާޅުވީ މަރުވި ގިނަ ކުދިންނަށް ހުން އައުން ފަދަ ކަމެއް ދިމާވެފައި ނުވާ ކަމަށެވެ. އަދި އިންފެކްޝަނެއްގެ އަސަރު ވެސް ފެނިފައި ނުވާ ކަމަށާއި ދިރާސާތައް އިތުރަށް ފުޅާކުރަންޖެހުނީ ވެސް އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.

މުޒައްފަރުއާބާދީގައި މި ހާދިސާ ހިނގި އިރު ވެސް ސައިންސްވެރިން ދިޔައީ ލައިޗީގައި ހިމެނޭ މާއްދާތަކާ ގުޅިގެން ދިރާސާތައް ކުރަމުންނެވެ. އެ ގޮތުން ވެސްޓް އިންޑީޒްގައި ހިނގި މިފަދަ ހާދިސާތަކަކާ ގުޅިގެން 2013 ވަނަ އަހަރުން ފެށިގެން ތަޖުރިބާކާރުން ދިޔައީ މި ދިރާސާތައް ކުރަމުންނެވެ.

ދިރާސާގައިވާ ގޮތުން މަރުވި ކުދިންގެ 62 ޕަސެންޓް ކުދިންގެ ހަށިގަނޑުގައި ގްލުކޯޒް ލެވެލް އިންތިހާ އަށް ވަނީ ދަށްވެފައެވެ.

ތަޖުރިބާކާރުން ވިދާޅުވީ ލައިޗީއަކީ ހަށިގަނޑަށް ފައިދާހުރި މޭވާއެއް ނަމަވެސް ލައިޗީ ކެއުމުގައި ސަމާލުވާންޖެހޭ ކަމަށެވެ. އެ ގޮތުން ލައިޗީ ކެއުމަށް ފަހު ހުސްބަނޑާ ނުހުރުމަށާއި ހާއްސަކޮށް ރޭގަނޑު ލައިޗީ ކެއުމަށް ފަހު ހުސްބަނޑާ ނުނިދުމަށް ތަޖުރިބާކާރުން ވަނީ ލަފާ ދީފައެވެ.

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2025

ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!

10 ސެޕްޓެމްބަރު 2025
ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
01 ޑިސެމްބަރު 2021

ހދ އަތޮޅުގެ ގިނަ ރަށްރަށަށް މެޑިކަލް އޮފިސަރުން ހޯދަނީ

01 ޑިސެމްބަރު 2021
ހދ އަތޮޅުގެ ގިނަ ރަށްރަށަށް މެޑިކަލް އޮފިސަރުން ހޯދަނީ
04 މެއި 2020

ގިނަ ދުވަހަށް ތާޒާކަންމަތީ އަލުވި ބެހެއްޓިދާނެގޮތެއް

04 މެއި 2020
ގިނަ ދުވަހަށް ތާޒާކަންމަތީ އަލުވި ބެހެއްޓިދާނެގޮތެއް
06 މެއި 2019

ދޮންކޭލުގައި ހައިރާން ކުރުވަނިވި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ!

06 މެއި 2019
ދޮންކޭލުގައި ހައިރާން ކުރުވަނިވި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ!
12 ޖެނުއަރީ 2019

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

12 ޖެނުއަރީ 2019
ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20 ޖުލައި 2018

ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟

20 ޖުލައި 2018
ގިނަ އަންހެނުންނަށް ހާރޓްއެޓޭކް ޖެހޭ ދުވަސްވަރު އިނގެން ބޭނުންތަ؟
19 މެއި 2018

ރޯދަ މަހު ތަރުކާރީ ގިނައިން ބޭނުންކުރުން މުހިންމު

19 މެއި 2018
ރޯދަ މަހު ތަރުކާރީ ގިނައިން ބޭނުންކުރުން މުހިންމު
25 ފެބުރުއަރީ 2017

ކުޑަ ކުދިންނަށް މާ ގިނައިން ބަތް ކާންދޭނަމަ އެބަ ވިސްނަންޖެހޭ!

25 ފެބުރުއަރީ 2017
ކުޑަ ކުދިންނަށް މާ ގިނައިން ބަތް ކާންދޭނަމަ އެބަ ވިސްނަންޖެހޭ!
19 ފެބުރުއަރީ 2017

ޑރ ޝާނަށް ދެއްކުމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާފާނެ: އައިޖީއެމްއެޗް

19 ފެބުރުއަރީ 2017
 ޑރ ޝާނަށް ދެއްކުމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާފާނެ: އައިޖީއެމްއެޗް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު