Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރަމްޕް-ކިމް ސަމިޓް

ކިމް ސިންގަޕޫރުގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވަފި

ސިންގަޕޫރުގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވީ އައިތާ ހަތަރު ގަޑިއިރު ނުވަނީސް

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 10 ޖޫން 2018 | އާދީއްތަ 16:52
އުތުރު ކޮރެއާގެ ލީޑަރާއި ސިންގަޕޫރުގެ ބޮޑުވަޒީރު ބައްދަލު ކުރައްވަނީ

އުތުރު ކޮރެއާގެ ލީޑަރާއި ސިންގަޕޫރުގެ ބޮޑުވަޒީރު ބައްދަލު ކުރައްވަނީ

ތާރީޚީ ސަމިޓަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ސިންގަޕޫރަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ލީ ޝިއެން ލޯންގާއި ބައްދަލު ކުރައްވައިފިއެވެ.

ކިމް ސިންގަޕޫރަށް ވަޑައިގެންނެވިއިރު އިރު އެ ގައުމުގެ ފޮރިން މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރުވެސް އިސްތިގުބާލުގައި ހުންނެވިއެވެ.

ކިމް ސިންގަޕޫރަށް އާދިއްތަ ދުވަހު ވަޑައިގެންނެވިތާ ހަތަރު ގަޑިރު ނުވަނީސް އެގައުމުގެ ބޮޑުވަޒީރާއި ވަނީ ބައްދަލު ކުރައްވާފައެވެ. ކިމް ބޮޑުވަޒީރާ ބައްދަލު ކުރެއްވީ އެ ބޭފުޅާގެ ރަސްމީ ގަނޑުވަރުކޮޅުގައެވެ. ދެ ބޭފުޅުންގެ ބައްދަލުވުމުގެ ފޮޓޯތަކާއި ވިޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދައުރު ވަމުންނެވެ. ފެންނަ ފެނުމުގައި ދެ ގައުމުގެ ވެރިންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކާމާއި ހިނިތުންވުމެވެ.

ބޮޑުވަޒީރު ލީއާ ވާހަކަ ދައްކަވަމުން ކިމް ވިދާޅުވީ ތާރީޚީ ސަމިޓް ބޭއްވުމުގެ އިންތިޒާމް ހަމަޖައްސައި ދިނީތީ ވަރަށް ބޮޑަށް ޝުކުރު ވެރިވާ ކަމަށެވެ. އަދި ވިދާޅުވީ މުޅި ދުނިޔެވެސް މި ބައްދަލުވުން ކުރިއަށްދާ ގޮތް ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި މި ބައްދަލުވުން ވަރަށް ކާމިޔާބު ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކިމްއާއި ޓުރަމްޕްގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން މަހު ބާރަ ވަނަ ދުވަހުގައެވެ. އެމެރިކާގެ ވައިޓް ހައުސް އިން ބުނީ އެންމެ ފުރަތަމަ ދެގައުމުގެ ވެރިން ބައްދަލު ކުރައްވާނީ ސިންގަޕޫރު ގަނޑިން ހެނދުނު 9 އެއް ޖަހާއިރު ކަމަށެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު