Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަރުމަނުން ނެރުނު އަމުރު

ސީރިއާގެ އިސް އޮފިޝަލެއް ހައްޔަރުކުރުމަށް ޖަރުމަނުން އަމުރު ނެރެފި

އިސް އޮފިޝަލު މައްޗަށް ވަނީ ލާއިންސާނީ އަމަލުތަކުގެ ތުހުމަތު ކޮށްފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 9 ޖޫން 2018 | ހޮނިހިރު 09:01
ސީރިއާގެ ރައީސް ބައްޝާރު އަލް އަސަދް: ޖަރުމަނުން ހައްޔަރު ކުރަން އަމުރު ނެރުނީ ބައްޝާރުގެ އިސް ލެފްޓިނެންޓެއް

ސީރިއާގެ ރައީސް ބައްޝާރު އަލް އަސަދް: ޖަރުމަނުން ހައްޔަރު ކުރަން އަމުރު ނެރުނީ ބައްޝާރުގެ އިސް ލެފްޓިނެންޓެއް

ސީރިއާގެ ވައިގެ އިދާރާގެ އިސް އޮފިޝަލެއް ހައްޔަރު ކުރުމަށް ޖަރުމަނުން އަމުރު ނެރެފިއެވެ.

ޖަރުމަނުން ވަނީ އޭނާ ހައްޔަރު ކުރުމަށް ބައިނަލް އަގްވާމީ ދުނިޔެ އެއަށް ތަބާވާން ޖެހޭ ފަދަ އަމުރެއް ނެރެފައެވެ. ޖަރުމަނުގެ ސެކިއުރިޓީ އޮފިޝަލުންނާއި ހަވާލާދީ އެ ގައުމުގެ "ޑާ ސްޕީގަލް" ނޫހުން ވަނީ އެ މީހާއާ ބެހޭ ގޮތުން މައުލޫމާތު އާންމުންނާއި ހިއްސާ ކޮށްފައެވެ. އެ ނޫހުން ބުނި ގޮތުގައި ސީރިއާގެ އިސް އޮފިޝަލު މައްޗަށް ވަނީ ލާއިންސާނީ އަމަލުތައް ހަނގުރާމަތެރޭގައި ހިންގުމާއި އިންސާނީ ހައްގުތަކަށް އަރައި ގަތުމުގެ ތުހުމަތު ކޮށްފައެވެ.

ޖާމިލް ހަސަން އަކީ ސީރިއާގެ ރައީސް ބައްޝާރު އަލް އަސަދުގެ ސަރުކާރުގައި އިސް ދައުރެއް އަދާ ކުރަމުންދާ ލެފްޓިނެންޓެކެވެ. ޑާ ސްޕީގަލް ބުނި ގޮތުގައި ހަސަން ވަނީ ސީރިއާގައި 2011 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހާރާ ދޭތެރޭ އެތައް ސަތޭކަ މީހުން މަރާފައެވެ. އެ އާއެކު ސީރިއާގެ އިންޓަލެޖިންސް އިދާރާއިން ހިންގި އެންމެ ލާއިންސާނީ އަމަލުތަކުގެ އިސް ވެރިއަކަށް ހުރުމާއި އިންސާނުންގެ ޖިސްމަށާއި ނަފްސަށް އަނިޔާ ކުރުމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވާ ކަމަށެވެ.

ޖަރުމަނުގެ ޕްރޮސެކިއުޓަރ އޮފީހުން މިކަމަށް ބަހެއް ބުނުމަށް ވަނީ އިންކާރުކޮށްފައެވެ. ނަމަވެސް އެގައުމުގެ "ޔޫރަޕިއަން ސެންޓަރ ފޯ ކޮންސްޓިޓުއޭޝަނަލް އެންޑް ހިއުމަން ރައިޓްސް" (އީސީސީއެޗްއާރ) ގައި މަސައްކަތް ކުރަމުންދާ ސީރިއާގެ ލޯޔަރެއް ބުނީ އީސީސީއެޗްއާރަށް ސީރިއާގެ އިސް އޮފިޝަލް، ހަސަން ހައްޔަރު ކުރުމުގެ އަމުނެރެފައިވާ ކަން އަންގާފައި ކަމަށެވެ.

ސީރިއާގެ ލޯޔަރު، އަންވަރް އަލް ބުންނި ބުނީ މިއީ ސީރިއާގައި އިންސާފަށް ލޯބިކުރާ ހުރިހާ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

މި އަމުރަކީ 2011ވަނަ އަހަރު ސީރިއާގެ ސަރުކާރާ ދެކޮޅަށް "އިދިކޮޅު" ފަރާތްތަކުން ތެދުވި ފަހުން އަސަދްގެ ސަރުކާރުގެ އިސް އޮފިޝަލެއް ހައްޔަރު ކުރަން ނެރުނު ފުރަތަމަ އަމުރެވެ. ޑާ ސްޕީގަލް ނޫހުން ބުނީ ހަސަނަށް ކުރާ އިތުރު ދައުވާތަކުގައި ސިޔާސީ ކުށްވެރިން ގަތުލް ކުރުން ހިމެނޭ ކަމަށެވެ.

ޖަރުމަނަކީ ގައުމުން ބޭރުގައި ހިގާ ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތް ތަކާއި ދެކޮޅަށް ދައުވާ އުފުލުމުގެ ބާރު ލިބިފައިވާ ގައުމެކެވެ. މި ބާރު ޔޫރަޕުން ލިބިފައިވަނީ ހަމަ އެކަނި އެންމެ ތިން ގައުމަށެވެ. އެއީ ޖަރުމަނުގެ އިތުރުން ނޯވޭ އާއި ސްވިޑެންއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

29 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު