Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުގެ ނިއުކްލިއަރ މައްސަލަ

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އީރާނުގެ މިސްރާބު އިރުމައްޗަށް

8 ޖޫން 2018 | ހުކުރު 03:35

ޗައިނާއާ އެކު އޮންނަ ގުޅުން އީރާނުން ދަނީ ވަރުގަދަކުރަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 ޖޫން 2018 | ހުކުރު 03:35
އީރާނުގެ ރައީސް ހަސަން ރޫޙާނީ

އީރާނުގެ ރައީސް ހަސަން ރޫޙާނީ

އީރާނާއި ހުޅަނގުގެ ބާރުތަކާ އެކު 2015 ވަނަ އަހަރު ހެދި ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް އަނެއްކާ ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ އެކު އީރާނުން އިޤްތިޞާދީ ކުރިއެރުމަށް އެހީ ހޯދުމަށް އިރުމަތީގެ ޤައުމުތަކަށް ނަޒަރު ހިންގަން ފަށައިފިއެވެ.

އީރާނުގެ ނިއުކްލިއަރ އެއްބަސްވުން ދަމަހައްޓާނެ ކަމަށް ޔޫރަޕްގެ ބާރުގަދަ ޤައުމުތަކުން ބުނި ނަމަވެސް އެޤައުމުތަކުގެ ބޮޑެތި ކުންފުނިތަކުން އެމެރިކާއާ އެކު ވެސް ވިޔަފާރި ކުރަމުންދާތީ ޔޫރަޕްގެ ކުންފުނިތްކުން އީރާނާ އެކު ވިޔަފާރިކުރުމަށް ދަނީ ދެކޮޅު ހަދަމުންނެވެ. މިދިޔަ މެއި މަހު ފަރަންސޭސިވިލާތުގެ ތެޔޮ ކުންފުނި ޓޯޓަލް އިން އީރާނާ އެކު ހަދާފައިވާ ތެލާއި ގޭހުގެ އެއްބަސްވުމެއް އުވާލަން ޖެހިދާނެ ކަމަށް ބުނުމުން އެމައްސަލައިގެ ތެރެއަށް ވަދެ، އީރާނަށް އެހީވީ ޗައިނާއިންނެވެ. ޓޯޓަލް ކުންފުނިން އެއެއްބަސްވުުމުން ވަކިވާން ޖެހުނީ އެމެރިކާ އިން އެއެއްބަސްވުން ކުރިއަށްގެންދަން ފެހި ސިގްނަލް ނުލިބުމުންނެވެ. އެޕްރޮޖެކްޓްގެ ބޮޑު ހިއްސާއެއް ޗައިނާގެ ސަރުކާރުގެ ތެޔޮ ކުންފުނި ސީއެންޕީސީ އިން ގަތުމަށް ހަމަޖެހުމާ އެކު ޓޯޓަލް ކުންފުނިން ވަކި ގޮތެއް ނިންމުމަށް އީރާނުން ވަނީ ދެ މަސްދުވަހުގެ މުހުލަތެއް ދީފައެވެ. އަދި އެމުއްދަތުގެ ތެރޭގައި ޕްރޮޖެކްޓް ކުރިއަށް ގެންދަން ޓޯޓަލް ކުންފުނިން އެއްބަސްނުވެއްޖެ ނަމަ ޗައިނާއަށް ޕްރޮޖެކްޓް ދޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

ހުޅަނގުގެ ޤައުމުތަކުގެ ފިއްތުންތަކާއި ކުރިމަތިލުމަށް އެހީ ހޯދުމަށް އީރާނުން މިހާރު ވަނީ އިރުމަތީގެ ޤައުމުތަކާ އެކު، ޚާއްސަކޮށް ޗައިނާއާ އެކު ވާހަކަތައް ދައްކަން ފަށާފައެވެ. އެގޮތުން ހުކުރު ދުވަހު އީރާނުގެ ރައީސް ހަސަން ރޫޙާނީ ޗައިނާއަށް ވަޑައިގެން، އެޤައުމުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ކިންގްޑާއޯގައި ބާއްވާ އިޤްތިޞާދީ އަދި ސަލާމަތީ ސަމިޓެއްގައި ބައިވެރިވެވަޑައިގަންނަވާނައެވެ. އަދި މިދަތުރުުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއާ ވެސް ރޫހާނީ ބައްދަލުކުރައްވާނެއެވެ.

މިބައްދަލުކުރެއްވުމުގެ ސަބަބުން، ޗައިނާއާ އެކު އޮންނަ ގުޅުން ބަދަހިކުރަން އީރާނަށް ފުރުސަތު ލިބިގެންދާއިރު، ޗައިނާގެ ނުފޫޒު ދުނިޔެއަށް ފެތުރުމަށް ކުރަމުންދާ މަސައްކަތުގައި ޗައިނާއަށް ވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ރޭވިފައިވާ ބައްދަލުވުމާ ގުޅޭ ގޮތުން ޗައިނާގެ ސަފީރެއްގެ ގޮތުގައި އީރާނުގެ ވެރިރަށް ތެހެރާންގައި ކުރިން ހުންނެވި ހުއާ ލިމިންގް ވިދާޅުވީ އެމެރިކާހެން ވެފައިވާ ވައުދުތަކަށް ހުރުމަތްތެރިކޮށް ނުހިތާ ޤައުމަކަށް ޗައިނާ ނުވާނެ ކަމަށާއި، ވައުދުތަކަށް ޗައިނާއިން އިހްތިރާމްކުރާނެ ކަމަށެވެ.

އީރާނުން މީގެ ކުރިން ގެންގުޅެމުން ދިޔައީ ހުޅަނގަށް ވެސް އިރުމައްޗަށް ވެސް ބަރޯސާނުވާ ޚާރިޖީ ސިޔާސަތެއް ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމެވުންތަކާ ގުޅިގެން އިރުމައްޗަށް ބަރޯސާވެފައިވާ ޚާރިޖީ ސިޔާސަތެއް ގެންގުޅުމަށް އީރާނަށް ވަނީ މަޖުބޫރުވެފައެވެ.

އީރާނުގައި ޗައިނާއިން މިހާރު ވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާއިރު، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ޗައިނާގެ އިންވެސްޓްމަންޓްތައް ގިނަވެގެންދާނެ ކަމަށް މުހައްލިލުން ދެކެއެވެ.

ޗައިނާއާ އެކު އޮންނަ ގުޅުން އީރާނުން ބަދަހިކުރި ނަމަވެސް އިރުމަތީގެ ޤައުމުތަކާ އެކު އޮންނަ ގުޅުމަކީ ހަމައެކަނި ޗައިނާއާ އެކު އޮންނަ ގުޅުމަކަށް ހަދަން އީރާނުން ބޭނުމެއް ނުވެއެވެ. ޗައިނާއާ ބޮޑު ވާދަވެރިކަމެއް އޮންނަ އިންޑިއާއާ އެކު ވެސް އީރާނުން ގެންދަނީ ގުޅުންތައް ބަދަހިކުރަމުންނެވެ. ޚާއްސަކޮށް ޗައިނާ އިން ބައިނަލްއަޤްވާމީ ވިޔަފާރީގައި ގެންގުޅޭ ސިޔާސަތާއި އުކުޅުތަކަށް ފަރުވާތެރިވެ، ޗައިނާއިން އެކަނި އިންވެސްޓްމަންޓްތައް ހޯދުމުގެ ބަދަލުގައި އިންޑިއާގެ އިންވެސްޓްމަންޓްތަކާ އެކު ކުރިއަށް ދިޔުމަށް އީރާނުން ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އެއް މިސާލަކީ އީރާނުގެ އިރުދެކުނުގެ އައްސޭރިފަށުގައި އޮންނަ ޗަބަހާރް ތަރައްޤީކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތެވެ. ޗަބަހާރް ތަރައްޤީކުރުމުގައި އިންޑިއާގެ އިސް ދައުރެއް އޮތްއިރު، މިދިޔަ އަހަރު ޗަބަހާރުގެ ވިޔަފާރީގެ ބަނދަރަށް ކެރޭންތަކެއް ގަތުމަށް ބިޑްކުރުމަށް ފަހު އެޕްރޮޖެކްޓުން ޔޫރަޕަށް ނިސްބަތްވާ ދެ ކުންފުންޏެއް ފެޔަށް ޖެހުމުން އެ ކެރޭންތައް ސަޕްލައިކޮށްދިނީ ޗައިނާގެ ޝަންހާއީއަށް ނިސްބަތްވާ ކުންފުންޏަކުންނެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ދާދި ފަހުން މީޑިއާގައި ވާހަކަ ދައްކަމުން ވިދާޅުވެފައި ވަނީ އެމެރިކާ އިން އީރާނާ މެދު ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އިންޑިއާ އިން އީރާނާ އެކު އޮންނަ ޚާރިޖީ އަދި އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އަދި އިންޑިއާ އިން ތަބާވާނީ އދ. ގެ ފިޔަވަޅުތަކަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވުމާ ގުޅިގެން ދިމާވާ ގޮންޖެހުންތައް ކުޑަކުރުމުގައި އިރުމަތީގެ ޤައުމުތަކާ އެކު އޮންނަ ގުޅުމުގެ ތެރެއިން ރޫޙާނީ ކާމިޔާބު ހޯއްދަވައިފި ނަމަ ހަލަބޮލިވެފައިވާ އީރާނުގެ ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުވުމަށް ވެސް ރޫހާނިއަށް އިތުރު ބާރަކަށް އެކަން ވެގެންދާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
18 މެއި 2017

ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި

18 މެއި 2017
ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި
15 މެއި 2017

މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

15 މެއި 2017
މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
25 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

25 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް