Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް ރިޕޯޓް 2015

އެކަނިވެރި މައިންނަށް ދޭ ފައިސާ މީހުންނާ އިނދެގެން ތިބި ބަޔަކަށް ދީފި

7 ޖޫން 2018 | ބުރާސްފަތި 06:30

ކައިވެނިކޮށްގެން ތިބި ބަޔަކަށް ވަނީ އެކަނިވެރި މައިންނަށް ދޭ ފައިސާއިން 1551000 ރުފިޔާ ދީފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 7 ޖޫން 2018 | ބުރާސްފަތި 06:30
އެންސްޕާ: އެހީ ހައްޤު ނުވާ ބަޔަކަށް ވަނީ އެހީ ދީފައި

އެންސްޕާ: އެހީ ހައްޤު ނުވާ ބަޔަކަށް ވަނީ އެހީ ދީފައި

އެކަނިވެރި މައިން ބަފައިންނަށް ދައުލަތުން ދޭ އެލަވަންސް، 2015 ވަނަ އަހަރު މީހުންނާ އިނދެގެން އުޅޭ ބަޔަކަށް ދީފައިވާކަން ފަޅާ އަރައިފިއެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ސޮއި ކުރައްވާ ނެރުއްވާފައިވާ މިނިސްޓްރީ އޮފް ހެލްތުގެ 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެކަނިވެރި މައިންބަފައިންނަށް ދައުލަތުގެ ފަރާތުންދޭ އެލަވަންސް 2015 ވަނަ އަހަރު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި، ކައިވެނިކޮށްގެން ތިބި ބައެއް ފަރާތްތައް ވެސް ހިމެނޭކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ. އެގޮތުން އޮޑިޓް ސާމްޕަލްގެ ގޮތުގައި ޗެކް ކުރެވުނު ފަރާތްތަކުގެ ތެރެއިން 109 ފަރާތަކަށް ކައިވެނިކުރިފަހުން ކައިވެނިކޮށްގެން ތިބި މުއްދަތުގައި ޖުމްލަ 1551000 (އެއް މިލިއަން ފަސް ސަތޭކަ ފަންސާސް އެއްހާސް) ރުފިޔާ ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އެފައިސާއަކީ ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން އެފަރާތްތަކަށް ޙައްޤުވާ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

"އެކަނިވެރި މައިންބަފައިންނަށް އެހީ ދިނުމުގައި ބަލާ މިންގަނޑާއި އުސޫލު" ގައިވާ ގޮތުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ލިބެމުންދާ ކުއްޖަކަށް އެކަނިވެރި މައިންބަފައިން ބަލަހައްޓާ ކުދިންނަށް ދެވޭ އެލަވަންސް ހަމަޖައްސައި ނުދެވެއެވެ. އެހެންނަމަވެސް އެ އުސޫލާ ޚިލާފަށް އެދެއެލަވަންސްވެސް މީހަކަށް ދީފައިވާ ކަމަށާއި އެގޮތުން އޭނާއަށް 13000 ރުފިޔާ ދީފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

އަދި އެހީ ހައްޤުވާކަން ޔަޤީން ނުކުރެވޭ ބަޔަކަށް 2015 ވަނަ އަހަރު 198808 (އެއް ސަތޭކަ ނުވަދިހަ އަށް ހާސް އަށްސަތޭކަ އަށެއް) ރުފިޔާ ދީފައިވާކަން އެނގެން އޮންނައިރު އޭގެ ތެރޭގައި ބައެއް ފަރާތްތަކުގެ ފެންބިލާއި، ރާއްޖެއިންނާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށާއި ކޯސް ލިބުމުން އަނބިދަރިން ރާއްޖެއިން ބޭރަށް ދިޔުމަށް ޓިކެޓާއި އިންޝުއަރެންސް ހެއްދުމަށް ފައިސާގެ އެހީ ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. ނަމަވެސް އެހީ ދިނުމުގައި ޢަމަލުކުރާނެ ގަވައިދެއް ނުވަތަ އެހީ ދިނުމުގައި ބަލާނެ މިންގަނޑެއް އެންސްޕާއިން ކަނޑައަޅާފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެއެހީ ދީފައިވަނީ ހަޤީގަތުގައި ވެސް މިފަދަ އެހީއެއް ހައްޤުވާ ފަރާތްތަކަށްކަން އެއްވެސް ވަރަކަށް ބަލައި ޔަގީން ކޮށްފައިނޫންކަން ފާހަގަ ކުރެވިފައިވާ ކަމަށް އެރިޕޯޓުގައި ވަނީ ބުނެފައެވެ. އެހެންކަމުން މި އެހީ ދީފައި ވަނީ މިފަދަ އެހީއެއް ހައްގުވާ ފަރާތްތަކަށްކަން ޔަގީން ކުރެވޭނެގޮތް ނެތްކަން މިނިސްޓްރީ އޮފް ހެލްތުގެ 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް