Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަ ސުރުޚީ

އިހަވަންދޫ ޕެރަލައިޒް ކޮށްލުމުގެ ބަދަލު ރައީސް ޔާމީންގެ ކިބައިން ހިފާނަން: ކައުންސިލް ރައީސް

ކައުންސިލް ވަނީ ސަސްޕެންޑްކޮށްފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 6 ޖޫން 2018 | ބުދަ 05:44
އިހަވަންދޫ ކައުންސިލްގެ ރައީސާއި އެރަށަށް ނިސްބަތްވާ ޤާނޫނީ ވަކީލެއް

އިހަވަންދޫ ކައުންސިލްގެ ރައީސާއި އެރަށަށް ނިސްބަތްވާ ޤާނޫނީ ވަކީލެއް

ހއ އިހަވަންދޫ ވަނީ "ޕެރަލައިޒް" ކޮށްލާފައި ކަމަށާއި އެކަމުގެ ބަދަލު ރައީސް ޔާމީންގެ ކިބައިން ހިފާނެ ކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ވެސް ސަސްޕެންޑް ކޮށްފައިވާ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އެކައުންސިލް ސަސްޕެންޑް ކޮށްފައި ވަނީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންކަން ކުރުމަށް ކަމަށާއި ކައުންސިލް ސަސްޕެންޑްކުރަން ޖެހޭނޭ ޤާނޫނީ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.

Advertisement - newsAdvertisement

މިއަހަރު ދެވަނަ ފަހަރަށް ކައުންސިލް ސަސްޕެންޑް ކޮށްފައިވާއިރު އެންމެފަހުން ކައުންސިލް ސަސްޕެންޑް ކުރި ސަބަބަށް އިޝާރާތް ކުރައްވައި ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި އަންގާރަ ދުވަހުގެރޭ ރަޝީދު ވިދާޅުވީ މިފަހަރު ސަސްޕެންޑް ކުރީ ޕީޕީއެމް ބަޔަކަށް އެރަށު ބަނދަރު ސަރަހައްދުން ބިމެއް ދޫކުރުމަށް ބޭނުންވާ ގޮތަށް ކަންކުރުމަށް ކަމަށެވެ. ނަމަވެސް ސަސްޕެންޑްކޮށްފައި ވަނީ ލޭންޑް ސަރވޭ އޮތޯރިޓީގެ ބޭފުޅުންނަށް ހުރަސްއެޅި ކަމަށް ބުނެއެވެ.

އެކަމަށް ވެސް އެއްވެސް ހުރަހެއް ނާޅުއްވާ ކަން ފާހަގަކުރައްވައި ރަޝީދު ވިދާޅުވީ ކައުންސިލްތައް ސަސްޕެންޑްކުރަނީ ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް ކަމަށާއި ކުރަން ބޭނުންވާ ކަންތައްތައް އެބޭފުޅުންގެ ބާރާ އެކު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"މިވަގުތު ވެސް އިހަވަންދޫ ވަނީ އެއްކޮށް ޕެރަލައިޒް ކޮށްފައި. ޕެރަލައިޒް ކުރުމުގެ އަގު އަޅުގަނޑުމެން ޔާމީނަށް ދައްކާނެ. މާނައަކީ މީގެ ބަދަލު އަޅުގަނޑުމެން ހިފާނެޔޭ. އިހަވަންދޫ 5 ކައުންސިލަރުން ސަސްޕެންޑް. އިހަވަންދޫ ރައްޔިތުން އިންތިޚާބު ކުރި ދާއިރާގެ މަޖިލިސް މެންބަރު ސަސްޕެންޑް. މުދިމަކު މިސްކިތުގައި ނަމާދުކުރަން ހުރިއްޔާ އެމީހާ ސަސްޕެންޑް. ކުނިއުކަން ފެނަކަ ކޯޕަރޭޝަންގައި އެންމެ އެކްޓިވްކޮށް ހުންނެވި ބޭފުޅާ، އެބޭފުޅާ ސަސްޕެންޑް. މިހާހިސާބަށް އިހަވަންދޫ ޕެރަލައިޒް ކޮށްފައި މިއޮތީ. މިއީ އަޅުގަނޑުމެން ބަލަހައްޓައިގެން ތިބޭނެ ކަންކަމެއް ނޫން. މީގެ ހިތި ނަތީޖާ އިރާދަކުރެއްވިއްޔާ ފެންނާނެ،" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ލޯކަލް ގަވަރމެންޓް އޮތޯރިޓީއަކީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމުގައި ޖަވާބުދާރީވާންޖެހޭ އެންމެމަތީ ފަރާތަށް ވީނަމަވެސް ސަސްޕެންޑްކުރުމަށް ހިނގައިދިޔަ ކަންކަމުގައި "ހޭ ވެސް" އަހާނުލާ ކަމަށެވެ.

ސަސްޕެންޑް ކުރުމަށް ފަހު މިއަދާ ހަމައަށް އައިއިރު ވެސް އެއްވެސް ވަރެއްގެ ތަހުގީގެއް ވެސް ކުރިއަށް ނުގެންދާ ކަމަށާއި ލޭންޑް ސަރވޭ އޮތޯރިޓީގެ ބޭފުޅުންނަށް ހުރަސްއެޅުމަކީ ޖިނާއީ ކުށަކަށްވާއިރު އެފަދަ ކުށެއް ކޮށްފައި ވާނަމަ ދައުވާކުރެވެން ނުވަތަ ހެއްކާ އެކު ޝަރީއަތައް ހުށަހަޅަން ޖެހޭނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް އަދިވެސް އެއްވެސް ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށާއި އެއީ ކިހިނެއް ހިނގާދިޔަ ކަމެއްތޯ ވެސް އަހާނުލާ ކަމަށެވެ.

ރަޝީދު ވިދާޅުވީ އެލްޖީއޭ ވެސް އޮންނަނީ ބަޔަކު ބުނީތީ ބުނާ ގޮތަށް ކަންކުރަން ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވުމުން ވިދާޅުވާ ގޮތަކަށް ކަންކުރަން އޮންނަ ބޯޑެއްގެ ގޮތުގައި ކަމަށެވެ.

އަނިޔާ ދީގެން ރައްޔިތުންގެ ތާއީދެއް ނުހޯދޭނެ ކަން ފާހަގަކުރައްވަމުން ރަޝީދު ވިދާޅުވީ އިހަވަންދޫ އިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް 80 ޕަސެންޓް މީހުން ނޫނެކޭ ބުނާނެ ކަމަށާއި އިހަވަންދޫ ޕެރަލައިޒް ކޮށްލުމުގެ ބަދަލު ހިފާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު