Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ. މަޖީދު

ޑރ. މަޖީދު އެންމެ ކުރައްވާ ހިތުން ކުރެއްވި މަސައްކަތަކީ އިލްމީ ދިރާސާ ހެއްދެވުމުގެ މަސައްކަތް

ތައުބީންގެ ޖަލްްސާގައި ވަނީ ގިނަަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 1 ޖޫން 2018 | ހުކުރު 18:47
ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ހަނދާނުގައި ބޭއްވި ތައުބީންގެ ޖަލްސާގެ ތެރެއިން

ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ހަނދާނުގައި ބޭއްވި ތައުބީންގެ ޖަލްސާގެ ތެރެއިން

އަލްމަރްހޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ހަނދާނުގައި ތައުބީންގެ ޖަލްސާއެއް ބާއްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސަކުރާ މާލަމުގައި ބޭއްވި ތައުބީންގެ ޖަލްސާ ފެށީ ހުކުރު ދުވަހުގެރޭ 10:00 ގައެވެ. އެ ޖަލްސާގައި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި، މިނިސްޓަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި، ޑރ. މަޖީދުގެ ދަރިވަރުންނާއި، އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އޭގެއިތުރުން ޑރ. މަޖީދުގެ އަނބިކަނބަލުންނާއި، ޑރ. މަޖީދުގެ ބައެއް ބޭފުޅުންގެ އިތުރުން އާއިލާގެ ބައެއް މެމްބަރުންވެސް ވަނީ ތައުބީންގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.

Advertisement - newsAdvertisement

ތައުބީންގެ ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރާއި، ކުރީގެ މިނިސްޓަރު މުޙައްމަދު އަސްލަމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކަމަށްވާ އަނާރާ ނައީމާއި، އަބްދުﷲ ޝާހިދުގެ އިތުރުން މޫސާ ނިޒާރާއި، މުހައްމަދު ވަހީދު އިބްރާހިމް ވަނީ ވާހަކަދައްކަވާފައެވެ. ހުރިހާ ބޭފުޅުންގެ ވާހަކަފުޅުގައިވެސް ވަނީ އިސްލާމް ދީން ބުނެދެއްވައި، އިސްލާމް ދީނުގެ ފެތުރެއްވުމަށް ޑރ. މަޖީދު ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް ވާހަކަދައްކަވާފައެވެ.

އެގޮތުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ހުންނަވައި އަދި އޭގެ ފަހުން އިސްލާމިކް މިނިސްޓަރުކަމުގައި ހުންނަވައިގެންވެސް ޑރ. މަޖީދު ގިނަ މަސައްކަތްތަކެއް ކުރެއްވިކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ޑރ. މަޖީދަކީ އަބަދުވެސް އަދުލުވެރި ދައުލަތެއް ޤާއިމްކުރެއްވުމަށް އިސްކަންދެއްވައި، އެކަން އެގޮތަށް ކުރެއްވުމަށް ބާރު އެޅުއްވި ބޭފުޅެއްކަން އެ ބޭފުޅުންގެ ވާހަކަތަކުގައި ފާހަގަކުރައްވާފައިވެއެވެ.

ތައުބީންގެ ޖަލްސާގައި ކުރީގެ މިނިސްޓަރު އަސްލަމް ވާހަކަދައްކަވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވީ ކުރީގެ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުއްވުމުގައި ޑރ. މަޖީދު މުހިންމު ދައުރެއް އަދާކުރެއްވިކަމަށެވެ. އަދި ބައެއް މައުޟޫތަކުގައި ވަޒީރުންގެ މަޖިލީހުގައި ވަރަށް ބޮޑަށް މަޝްވަރާކުރެވުނު ކަމަށާއި، ނަމަވެސް އަބަދުވެސް އެފަދަ ބޮޑެތި ނިންމުންތައް ނިންމަވާފައިވަނީ ޑރ. މަޖީދު ދެއްވާ އިރުޝާދުގެ މަތިންކަމަށް އޭނާ ވިދާޅުވިއެވެ.

ތައުބީންގެ ޖަލްސާ ނިންމާލާފައިވަނީ ހާއްސަ ދުޢާއަކުންނެވެ. އިސްވެ ދުޢާ ލައިދެއްވީ ޑރ. މަޖީދުގެ ބޭފުޅެއްކަމަށްވާ އަހުމަދު ފިރާސްއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ފިރާސް ވިދާޅުވީ އިލްމީ ދިރާސާތައް ހެއްދެވުމަށް ޑރ. މަޖީދު ހާއްސަ އިސްކަމެއްދެއްވި ކަމަށެވެ. އަދި އޭގެއިތުރުން ދީނީ ތައުލީމް ބުނެދެއްވައި، ދީނީ ތައުލީމް ފުޅާކުރުމަށްވެސް ޑރ. މަޖީދު ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް ފިރާސް ވިދާޅުވިއެވެ.

ޑރ. މަޖީދުގެ ހަނދާނުގައި ބޭއްވި ތައުބީންގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ޑރ. މަޖީދު އަވަހާރަވީ ލަންކާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މެއި 22 ވަނަ ދުވަހުއެވެ. މަޖީދަކީ ދީން ބުނެދެއްވައި، ދީނީ ތައުލީމު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމްވެރިޔެކެވެ. އަދި މުޅި ޤައުމުގެ އިހްތިރާމާއިި ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ގުރުއާނުގެ އިލްމު ފެތުރުއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި މަޖީދަކީ ރާއްޖޭގައި ތަފްސީރު އިލްމުން ޕީއެޗްޑީ ނެންގެވި ފުރަތަމަ ބޭފުޅާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ

ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ

25 މާރިޗު 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު

ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު

23 ފެބުރުއަރީ 2017
އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު