Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް ރިޕޯޓު

ސިވިލް ސަރވިސް ކޮމިޝަންގެ ހަރުމުދަލާ މެދު ސައްޙަކަން ކަށަވަރެއް ނޫން: އޮޑިޓް ރިޕޯޓް

31 މެއި 2018 | ބުރާސްފަތި 06:21

ދިހަ މިލިއަން ފަސް ހާސް ދުއިސައްތަ ތިރީސް ރުފިޔާގެ ފަރަގެއް އެބަހުރި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 31 މެއި 2018 | ބުރާސްފަތި 06:21
ސިވިލް ސަރވިސް ކޮމިޝަން އާއި ޔުނިވަރސިޓީއާ ދެމެދު ވެވުނު އެއްބަސްވުމެއްގައި ސޮއިކުރަނީ

ސިވިލް ސަރވިސް ކޮމިޝަން އާއި ޔުނިވަރސިޓީއާ ދެމެދު ވެވުނު އެއްބަސްވުމެއްގައި ސޮއިކުރަނީ

ސިވިލް ސަރވިސް ކޮމިޝަންގެ މިދިޔަ އަހަރުގެ ހަރުމުދަލުގެ ސައްޙަކަން ކަށަވަރު ނުވާ ކަމަށް އެކޮމިޝަންގެ މިދިޔަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވާފައިވާ ސިވިލް ސަރވިސް ކޮމިޝަންގެ 2017 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެކޮމިޝަންގެ މާލީ ބަޔާންތަކުގެ އިތުރު މައުލޫމާތުގެ ތެރޭގައި ފަރުނީޗަރު، އަދި އިކުއިޕްމެންޓްގެ ގޮތުގައި ހިމަނާފައިވާ އަދަދާއި ކޮމިޝަނުން ލިޔެ ބަލަހައްޓަމުން ގެންދާ ހަރުމުދަލުގެ ރަޖިސްޓްރީން ފަރުނީޗަރު، މެޝިނަރީ އަދި އިކުއިޕްމަންޓުގެ ގޮތުގައި ދައްކާ އަދަދާ ދެމެދު ޖުމްލަ 10005230 (ދިހަ މިލިއަން ފަސް ހާސް ދުއިސައްތަ ތިރީސް ) ރުފިޔާގެ ފަރަގެއް ހުރިކަން ފާހަގަ ކުރެވިފައި ވާކަމަށެވެ.

Advertisement - newsAdvertisement

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ޗާޓްސް އޮފް އެކައުންޓްސްއާ އެއްގޮތަށް ވަކިވަކި ކޯޑްތައް އެނގޭ ގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީ ބަލަހައްޓާފައި ނުވާތީ ވަކިވަކި ކޯޑްތަކުން އަންނަ ތަފާތު ދެނެގަނެވިފައި ނުވާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފާހަގަ ކުރެވިފައިވާ ފަރަގު ދެނެގަތުމުގެ ގޮތުން ހަރުމުދަލުގެ ރަޖިސްޓްރީ، މާލީ ބަޔާންތައް އަޅާކިޔާފައި (ރިކޮންސައިލް ކުރެވިފައި) ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން މިލްކިއްޔާތުގެ ބަޔާނުގައި ހަރުމުދަލުގެ ގޮތުގައި ކޮމިޝަނުން ހިމަނާފައިވާ އަދަދުގެ ސައްޙަކަން ކަށަވަރުކުރެވެން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އިސްލާހް ކުރަން ދީފައިވާ ލަފާގެ ގޮތުގައި ބުނެފައި ވަނީ މަތީގައި ފާހަގަ ކުރެވިފައިވާ ފަރަގު އައިސްފައިވާ ސަބަބުތައް ދެނެގަތުމަށް ފަހު، ހިސާބުތަކަށް ގެންނަންޖެހޭ އިސްލާހްތައް ގެނައުމަށާއި މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތަށް ދައުލަތުގެ ކެޕިޓަލް ބަޖެޓުން ޚަރަދުކޮށްގެންނާއި އެހީގެ ގޮތުގައި ލިބޭ ހަރުމުދާ އަދި އެނޫން ގޮތް ގޮތުން ދައުލަތަށް ލިބޭ މުދާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި ކުރެވޭ މަސައްކަތް ދައުލަތުގެ ހަރުމުދަލުގައި ހިމަނައިގެން ބެލެހެއްޓުމަށް ވެސް ވަނީ ލަފާ ދީފައެވެ.

މީގެ އިތުރުން ހަރުމުދަލުގެ ރަޖިސްޓްރީ ހިމަނާފައިވާ ހަރުމުދާތަކުގެ ތެރެއިން އަގު ހިމަނާފައިނުވާ ހަރުމުދާތައް އަގުކުރުމަށް ފަހު، އަގު ކުރެވުނު ގޮތާއި، އަގުހުރި ހަރުމުދަލުގެ ފުރިހަމަ ތަފްސީލް، މިނިސްޓްރީ އޮފް ފިނޭންސް ޓްރެޜަރީން ސެޕް ސިސްޓަމްގައި ބަލަހައްޓަމުން އަންނަ ހަރުމުދަލާއި ގުޅޭ މައުލޫމާތު ހަމަކުރުމަށްޓަކައި އެމިނިސްޓްރީއަށް ފޮނުވުމަށް ވެސް އޮޑިޓް ރިޕޯޓްގައި ލަފާދީފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް