Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ދެކޮޅަށް ހެކިބަސް ދިން މީހަކަށް އަލީ ހަމީދުގެ ރައްދު: ތިޔަ ހަދަނީ ދޮގު، އޮތީ ނަރަކައިގެ އަލިފާން

31 މެއި 2018 | ބުރާސްފަތި 04:36

ތިން މީހަކު ވަނީ ސިއްރުން ހެކިބަސްދީފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 31 މެއި 2018 | ބުރާސްފަތި 04:36
ފަނޑިޔާރު އަލީ ހަމީދު ކަރެކްޝަނުގެ ބެލުމުގެ ދަށުން ލޯންޗަށް އަރުވަނީ

ފަނޑިޔާރު އަލީ ހަމީދު ކަރެކްޝަނުގެ ބެލުމުގެ ދަށުން ލޯންޗަށް އަރުވަނީ

ދޮގު ހެކިބަސް ދޭ މީހާއަށް އޮތީ ނަރައިގެ އަލިފާން ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ދައުލަތުން ހުށަހެޅި ސިއްރު ހެއްކަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ފަނޑިޔާރު އަލީ ހަމީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫނުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިންގެ ތެރެއިން ހެކިބަސްދިން މީހަކަށް ނިސްބަތްކޮށެވެ.

Advertisement - newsAdvertisement

އަލީ ހަމީދު ހޫނު ހަމަލާއެއް ދެއްވި ސިއްރު ހެކިވެރިޔާ ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބުނެފައި ވަނީ ކޯޓުގައި ހިނގާ ބައެއް މައްސަލަތަކާ ގުޅޭ ލިޔުންތައް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ފަރާތުން ހިފައިގެން ފަނޑިޔާރު އަލީ ހަމީދުގެ އަރިހަށް އޭނާ ދާ ކަމަށެވެ. ހަމަ އެހެންމެ ފަނޑިޔާރު އަލީ ހަމީދާއި މައުމޫނާއި ދެ ބޭފުޅުން ފޯނުން ވާހަކަ ދައްކާ ކަމަށާއި އޭނާގެ ފޯނުންވެސް ވާހަކަ ދައްކާފައި އެބަހުރި ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި އެ ދެ ބޭފުޅުން ޝަރީއަތުގެ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައި އެބަ ހުރި ކަމަށް ބުނެ އަލީ ހަމީދު ގެންގުޅުއްވާ ފޯނު ނަމްބަރު ޝަރީއަތުގެ މަޖިލީހަށް ކިޔާދީފައިވެއެވެ.

ހެކިވެރިޔާގެ އެ ވާހަކަތައް އަޑުއިވުމުން ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ އެ ވާހަކަތައް އާންމު ޓީވީއެއްގައި އޭނާ މީގެ ދުވަސްތަކެއް ކުރިން ދައްކާފައިވާ ހަނދާނެއް ވާ ކަމަށެވެ. އަދި ހެކިބަސްދޭ މީހަކީ އަނެއް މީހާގެ ދެކޮޅުވެރިއެއް ނުވަތަ އަދުއްވަކަށް ވެގެން ނުވާނެ ކަމަށެވެ. ހެކިވެރިޔާގެ އެ ވާހަކަތަކީ ބުހުތާނު ދޮގު ކަމަށް ފަނޑިޔާރު އަލީ ހަމީދު ވިދާޅުވިއެވެ.

އަދި ހެކިވެރިޔާ އެބުނާ ކަންކަން ހިނގާފައިވަނީ ކޮން ތާރީހެއްގައި ތޯ އަލީ ހަމީދު ސުވާލު ކުރެއްވުމުން ހެކިވެރިޔާ ބުނީ އެއީ 2013 އިން ފެށިގެން 2014 އާ ދެމެދު ކަމަށެވެ. އެހެން ބުނުމާއެކު އަލީ ހަމީދު ވިދާޅުވީ ހެކިވެރިޔާ އެ ބުނާ ފޯނު ނަމްބަރު އެމަނިކުފާނު ގެންގުޅެން ފެށީ 2014 ވަނަ އަހަރުގެ ފަހުން ކަމަށެވެ. އެހެން ނަމަވެސް ހެކިވެރިޔާ ބުނީ 2016 ވަނަ އަހަރު ހައި ކޯޓުން ނިންމި ޕީޕީއެމްގެ ލީޑަރޝިޕްގެ މައްސަލައެއްގައިވެސް ރައީސް މައުމޫނުގެ ފަރާތުން އަލީ ހަމީދާއި މުއާމަލާތް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ހެކިވެރިޔާ އެހެން ބުނުމުން އަލީ ހަމީދު ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕްގެ މައްސަލަ ހައި ކޯޓުން ނިންމުމުން އެކަމާ ދައްކަން ޖެހޭނެ ވާހަކައެއްވެސް ނޯންނާނެ ކަމަށާއި އެގޮތައް ވާހަކަ ނުވެސް ދައްކަވާ ކަމަށެވެ.

އަލީ ހަމީދު ވިދާޅުވީ ސިއްރު ހެކިބަސް ދިން މީހާ އަކީ އެއްދުވަހެއްގައި ފޯނެއް ހިފައިގެން އެމަނިކުފާނުގެ ގެކޮޅަށް ދިއުމުން އެ ގެއިން ބޭރުކޮށްލައި، ރައީސް ޔާމިނަށް ދަންވައިގެން ޖަލަށް ލީ މީހެއް ކަމަށެވެ.

ސިއްރު ހެކިވެރިޔާ ދެއްކި ވާހަކަތަކަކީ ދޮގެއްކަން ފާހަގަކޮށް ރައީސް މައުމޫނު މި ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައިވަނީ ސިއްރު ހެކިންނަކީ އިސްލާމީ ޝަރީއަތް ދަންނަ އެއްޗެއް ނޫން ކަމަށާއި ހެކިބަސް ދޭން ޖެހޭނީ ޝަރީއަތުގެ މަޖިލީހުގައި ފާޅުގައި ކަމަށެވެ. އަދި އޭނާގެ އަދުލުވެރިކަން ފަނޑިޔާރު ކަށަވަރު ކުރަން ވާނެ ކަމަށްވެސް ވިދާޅުވުމުން ގާޒީ ވިދާޅުވީ މައްސަލަ ހިނގަމުންދަނީ އެކަން ކަން ކަށަވަރު ކުރެވިގެން ކަމަށެވެ.

މި މައްސަލައިގައި ދެން ހެކިބަސްދީފައިވަނީ ކޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ. ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ބުނީ ވަޒީފާގެ ގޮތުން އުއްތަމަ ފަނޑިޔާއި ފަނޑިޔާރު އަލީ ހަމީދު އާ އެކި މުނާސަބަތުތަކުން ބައްދަލުވެފައި އެބަ ހުރި ކަމަށާއި އަދި ބައެއް މައްސަލަތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އޭނާއަށް ގުޅުއްވާފައި އެބަ ހުރި ކަމަށެވެ.

އެގޮތުން ހަވީރު ނޫހާއި ވިލާ ކުންފުނީގެ މައްސަލައެއްގައި އަލީ ހަމީދު އޭނާއާ ގުޅުއްވާފައިވާ ކަމަށާއި ބައެއް ފަހަރު ވަޓްސްއެޕް މެދުވެރިކޮށް ފަނޑިޔާރު އަލީ ހަމީދު މެސެޖުވެސް ފޮނުއްވާފައި އެބަ ހުރި ކަމަށެވެ. ހެކިވެރިޔާގެ މި ވާހަކަ ތަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ވަނީ އެ ހެކިވެރިޔާގެ އެ ހެކިބަހަށް ބަލައި އެ ދެ ބޭފުޅުންގެ މައްޗަށްވެސް ކްރިމިނަލް ކޯޓުން ހުކުމެއް އައިސްފައިވާ ކަމަށާއި އެއް ހެކިބަހަކަށް ދެ އަދަބު ނުދެވޭނެކަން ފާހަގަ ކުރައްވާފައެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ އެ ހެކި މީގެ ކުރިން ހުށަހަޅާފައިވާނީ ރަސްމީ ހަސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވިކަން ސާބިތު ކުރުމަށް ކަމަށާއި އަދި މި މައްސަލައިގައި އެ ހެކި އަޅާފައިވަނީ ނުފޫޒު ފޯރުވައިގެން ހުކުމްތަކެއް ނެރުއްވަން މަސައްކަތް ކުރެއްވި ކަމުގެ ހެކި އަލީ ހަމީދުގެ ފޯނުގައި ހުރިކަމަށް ސާބިތު ކުރުމަށް ކަމަށެވެ.

މި ހެއްކަކީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށްވެސް ހުށަހަޅާފައިވާ ހެއްކަކަށްވާއިރު އުއްތަމަ ފަނޑިޔާރު ހެކިވެރިޔާ އާއި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ހެކިވެރިޔާއާ އެއްވެސް މުއާމަލާތެއް ފޯނުން ކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް އަބްދުﷲ ސަޢީދުވެސް ފަނޑިޔާރު އަލީ ހަމީދުގެ ފޯނުން ހެކިވެރިޔާއާ ވާހަކަ ދައްކާފައިވާ ކަމަށް އެނާ ބުންޏެވެ. މި ހެކިވެރިޔާ އާއި އަލީ ހަމީދު އެއްވެސް ސުވާލެއް ކުރައްވާފައެއްނުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިދާރީ ކަންކަމުގައި މަސައްކަތްކުރާ މީހަކުވެސް ސިއްރު ހެއްކެއްގެ ގޮތުގައި ވަނީ ހެކިބަސްދީފައެވެ. ދައުލަތުން އޭނާ ހާޒިރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އެއްވެސް ތަނެއްގައި ފޯނު ބޭނުން ކުރުން މަނާ ނޫންކަން ސާބިތުކުރުމަށެވެ.

ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފޯނު ނުގެންގުޅެވޭނެ ތަނެއް ސުޕްރީމް ކޯޓުގައި ނޯންނާނެ ކަމަށެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ބުނީ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ދުވަހަކުވެސް ނުވަންނަ ކަމަށާއި އެތަނުގައި ފަނޑިޔާރުން ފޯނު ބޭނުން ކުރަމުންދަނިކޮށް ނުފެންނަ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި ފޯނު ގެންގުޅުމާ ބެހޭ އިޖްރާއަތްތަކެއް އޮންނަ ކަން އެނގިފައިނުވާ ކަމަށާއި ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ފަނޑިޔާރުން މަޝްވަރާ ކުރާ މަޖިލީސް ހިނގާތަނަށްވެސް ވަދެފައިނުވާތީ އެތަނުގައި ފަނޑިޔާރުން ފޯނު ބޭނުން ކުރާކަން ނުވަތަ ނޫންކަން ނޭނގޭ ކަމަށެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރި ދުވަހާއި އެ ރޭ އޮފީހަށް ނިކުތިންތޯ އެ ހެކިވެރިޔާ ކިބައިން އަލީ ހަމީދު ސުވާލު ކުރެއްވުމުން އޭނާ ބުނީ ނުނިކުންނަ ކަމަށެވެ. އަދި އޭރު ހުރީ ޗުއްޓީގައި ކަމަށާއި ނަމަވެސް އަލީ ހަމީދު ހައްޔަރު ކުރުމުގެ ކުރިން އެމަނިކުފާނުގެ އާއިލާއިން އަލީ ހަމީދަށް ނުގުޅިގެން އޭނާއަށް ގުޅި ކަމަށް ހެކިވެރިޔާ ބުންޏެވެ.

އަދި އޭނާވެސް އަލީ ހަމީދަށް ގުޅޭތޯ މަސައްކަތް ކުރިއިރު ނުގުޅުނު ކަމަށް ހެކިވެރިޔާ ބުންޏެވެ. މި ދައުވާ ކޮށްފައިވަނީ އެ ބޭފުޅުން ހައްޔަރުކޮށް ފޯނު ނުދީގެން ކަމަށްވާއިރުވާއިރު އެ ދުވަހު އެ ބޭފުޅުންގެ އަތުގައި ފޯނެއް އޮތްކަން އެނގިފައިވޭތޯ އަލީ ހަމީދު އެހުމުން ހެކިވެރިޔާ ބުނީ އެކަން ނޭނގޭ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅާފައި އޮތް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހުސެއިން ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހަޅާފައެވެ. އަދި ދައުލަތުން ސިއްރު ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ހެއްކެއް ދިފާޢި ހެއްކެއްގެ ގޮތުގައިވެސް ހުށަހަޅާފައިވާތީ އެ ހެކިވެސް ބަލައި ނުގަތުމަށް އެދި ގާޒީއަށް ސިއްރު ސިޓީއެއް ހުށަހަޅުއްވާފައިވާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ނަމަވެސް ބަލައި ނުގަތުމަށް އެދޭ އެ ހެއްކަކީ ކާކުކަން އެނގިދާނެ ކަމަށްޓަކާ އެ ހެކި ބަލައިނުގަތުމަށް އެދޭ ސަބަބުވެސް ހާމަ ނުކުރެވޭނެ ކަމަށް ދައުލަތުން ވިދާޅުވުމުން އަލީ ހަމީދުގެ ދިފާއީ ވަކީލު ވިދާޅުވީ އެ ބޭފުޅުން ހުށަހަޅާފައިވާ ހެއްކެއް ބަލައި ނުގަތުމަށް ނިންމައިފި ނަމަ އެ ހެއްކަކީ ކާކުކަން އެނގޭނެ ކަމަށެވެ. މި މައްސަލައިގައި އަލީ ހަމީދުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި އޮތް އެމަނިކުފާނުގެ އަނބިކަނބަލުންގެ ނަން ވަނީ އުނިކޮށްފައެވެ.

މި މައްސަލައިގެ ޝަރީއަތުގައި ރައީސް މައުމޫނު ވިދާޅުވީ މި ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރައްވާފައި އިންނެވީ މަޖުބޫރުކޮށްގެން ކަމަށެވެ. އެގޮތުން، އެމަނިކުފާނުގެ ބަލިހާލަތުހުރި ގޮތުން ރޭގަނޑު ދަތުރު ނުކުރެއްވޭނެ ކަން ފާހަގަކުރުމުން ޝަރީއަތަށް ވަޑައިނުގަންނަވައިފިނަމަ ފުލުހުން ދެމުންދާ ބައެއް އިނާޔަތްތައް ކަނޑާލާނެ ކަމަށް ފުލުހުން ބުނެފައިވާކަން ރައީސް މައުމޫނު ފާހަގަ ކުރެއްވިއެވެ. އެހެން ކަމަށްވާނަމަ ދޫނިދޫގައި ހުންނެވުމަށް ވަރަށް ދަތިވާނެ ކަމަށް ވިދާޅުވެ، ރޭގަނޑު ޝަރީއަތްތައް ކުރިއަށް ނުގެންދެވުމަށް ރައީސް މައުމޫނު އެދިވަޑައިގެންނެވިއިރު، ޝަރީއަތުގެ މަޖިލިސް ކުރިއަށް ދިޔައިރު، އެމަނިކުފާނުގެ ދެ ފަރާތުގައި ދެ ފުލުހުންވެސް ތިއްބެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް