Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ވަކީލުން ވެސް މައްސަލަ ދޫކޮށްލައްވައިފި

30 މެއި 2018 | ބުދަ 21:47

މައްސަލައިން ވަކިވީ ގާނޫނާ ހިލާފަށް ޝަރީއަތް ދާތީ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 30 މެއި 2018 | ބުދަ 21:47
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ރައިސް މައުމޫނު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ރައިސް މައުމޫނު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅި ކަމަށް ބުނެ ދައުވާ އުފުލާފައިވާ މައްސަލައިގެ ހުރިހާ ވަކީލުން އެ މައްސަލަ ދޫކޮށްލައްވައިފި އެވެ.

މި ދައުވާ ލިބޭ ކުރީގެ ރައީސް މައުމޫނުގެ އަބްދުލް ގައްޔޫމުގެ ގާނޫނީ ވަކީލުން ވެސް ވަނީ އަންގާރަ ދުވަހުގެ ރޭ މައްސަލައިން ވަކިވެވަޑައިގެންފަ އެވެ. ބުދަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީސް ހިނގަމުން ދަނިކޮށް ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު ދިފާއީ ހުރިހާ ވަކީލުން ވަނީ މައްސަލައިން ތަނާޒުލުވިކަން އަންގަވައި ޝަރީއަތުގެ މަޖިލިސް ދޫކުރައްވަ ވަޑައިގެންފަ އެވެ.

Advertisement - newsAdvertisement

އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިންނާއި ނޫރުއްސަލާމް އަބޫބަކުރާއި މަސްތޫރު ހުސްނީ މައްސަލައިން ތަނާޒުލުވެވަޑައިގަތީ މައްސަލައިން ވަކިވެވަޑައިގަތުމަށް އެ ބޭފުޅުންނަށް އުއްތަމަ ޖަލަށް ލާފައި ހުންނެވި ފަނޑިޔާރު އެންގެވުމުންނެވެ. އެކަން ޝަރީއަތުގެ މަޖިލީހަށް ހާމަ ކުރައްވަމުން އެ ތިން ވަކީލުން ވިދާޅުވީ އެ މައްސަލައިގައި ކޯޓަށް ވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ގޮތުގައި ހަމަ ޖެއްސެވީމަ ކަމަށާއި އެހެން ނަމަވެސް މިހާރު ހިނގަމުންދާ ޝަރީއަތުގެ މަޖިލީހަކީ ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް ހިނގަމުންދާ ޝަރީއަތުގެ މަޖިލީހަކަށް ވާތީ ގާނޫނީ ވަކީލުނަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ދެކިވަޑައިގެން މައްސަލައިން ވަކިވުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގަންނަވާ ކަމަށެވެ. އެ ބޭފުޅުން ކޯޓަށް ވަޑައިގެންނެވީ އެ ބޭފުޅުންގެ އަމިއްލަ މަސައްކަތެއްގައި ނޫން ކަމަށާއި އެ ބޭފުޅުންގެ މުވައްކިލުގެ ހައްގުތައް ނެގެހެއްޓެން ނެތް ނަމަ އެ މައްސަލައިގައި ތިއްބެވުމުގެ ބޭނުމެއް ނެތް ކަމަށް ތިން ވަކީލުންވެސް ވިދާޅުވި އެވެ. އެ މައްސަލައިގެ ޝަރީއަތްތައް ޖިނާޢީ އިޖްރާއަތުގެ ގާނޫނާއި ގާނޫނު އަސާސީއާ ވެސް ހިލާފަށް ހިނގަމުންދާކަން ފާހަގަކޮށް ނެގި ނުކުތާތަކަށް ގާޒީ މިހާތަނަށް ރިއާޔަތް ކުރައްވާފައިނުވާ ކަމަށް ވަކީލުން ފާހަގަ ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރުގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނިަވޑައިގަންނަވާ ހިސާން ހުސެއިން:- އުއްތަމަ ފަނޑިޔާރުގެ އެއް މައްސަލައިން ދިފާއީ ވަކީލުން ވަނީ ތަނާޒުލުވެވަޑައިގެންފައި

އުއްތަމަ ފަނޑިޔާރުގެ ވަކީލުން މައްސަލަ ދޫކޮށްލެވުމަށް ނިންމެވި ނިންމެވުމުން ގާޒީ ގަބޫލު ކުރައްވައި ޝަރީއަތުގެ މަޖިލީހުން އެ ވަކީލުން ނިކުމެވަޑައިގެންނެވުމުން ފަނޑިޔާރު އަލީ ހަމީދުގެ ދިފާއީ ވަކީލުންގެ ޓީމު ވެސް ވަނީ މި މައްސަލައިން ތަނާޒުވާކަން ގާޒީ އަށް އަންގަވާފަ އެވެ. އަލީ ހަމީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހްމަދު އަބްދުﷲ އަފީފާއި ސަފާ ޝަރީފާއި އަލީ ޒާހިރު މައްސަލައިން ވަކިވެވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގެން ސަބަބު ހުށަހެޅުއްވުމުން، އެ ތަނާޒުލުވުމުން ވަނީ ގަބޫލުކުރައްވާފަ އެވެ. އަލީ ހަމީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މި މައްސަލައިގައި މަސައްކަތް ކުރެވެން ނެތް ކަމަށް އެ ތިން ވަކީލުން ވެސް ވިދާޅުވީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އިންސާފުވެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި ޝަރީއަތް ކުރުމުގެ ހައްގު ގެއްލޭ ގޮތަށް މި މައްސަލައިގައި ގާޒީ އަމަލު ކުރައްވަމުން ގެންދަވާތީ ކަމަށެވެ. އަދި މައްސަލައިން ވަކިވަނީ އެ ބޭފުޅުންނަށް އެ ބޭފުޅުންގެ މުވައްކިލުގެ ހައްގުތައް ނަހަގައްޓަނުދެވޭނެތީ ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ހަމީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސަފާ ޝަރީފު: އަލީ ހަމީދުގެ އެއް މައްސަަލައިން ދިފާއީ ވަކީލުން ވަނި ވަކިވެފައި

ބުދަ ދުވަހުގެ ރޭގެ މިއަޑުއެހުމުގައި ހެކިބަސް ނަގަން ފަށާފައިވާއިރު ހެކިބަސް ނެގުމުގެ ކުރިން އަލީ ހަމީދާއެކު ވާހަކަ ދައްކާލުމަށް ކުޑަ ވަގުތުކޮޅެއް ވެސް ދިނުމަށް އެކި ފަހަރު އެދުނު ނަމަވެސް އެކަން ކޮށްދެއްވާފައިނުވާކަން ވަކީލުން ފާހަގަކުރެއްވެވި އެވެ.

މި އަޑުއެހުމަށް ވަކީލަކު ނެތި ރައީސް މައުމޫނު ވަޑައިގެން އިންނެވިއިރު އެކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ. މި އަޑުއެހުމުގައި ދައުލަތުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު ލީޝާ ވަނީ އަޑުއެހުމަކީ ޝަރީއަތުގެ މަޖިލީހުގެ އެންމެ މުހިންމު މަރުހަލާއަށްވެފައި ރައީސް މައުމޫނަށް ވަކީލަކު ހަމަ ޖެހެންދެން ޝަރީއަތް ފަސްކޮށްދެއްވަން އިއުތިރާޒް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަަވެސް ގާޒީ ވަނީ ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމަވާފަ އެވެ.

ރައީސް މައުމޫނާއި އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު ހައްޔަރުކުރުމަށްފަހު ފޯނު ދެއްވުމަށް ފުލުހުން އެދުމުން ފޯނު ދެއްވާފައިނުވާ ކަމަށް ބުނެ ކޮށްފައިވާ މި ދައުވާގެ މައްސަލައިން ރައީސް މައުމޫނުގެ ވަކީލުން ތަނާޒުލުވެވަޑައިގަތީ މައްސަލަ ހިނގަމުންދަނީ ގާނޫނޫ އަސާސީ އާއި ގާނޫނުތަކާއި އަދި ޖިނާއީ އިޖްރާއަތުގެ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ.

ބުދަ ދުވަހުގެ ރޭ 9.30ގައި ބާއްވަން ތާވަލު ކުރި އަޑުއެހުން ފެށުނީ 22.30ގައި އެވެ. އަޑުއެހުން ނިމުނީ ދަންވަރު 1.00ގައި އެވެ. ވަކީލުން މައްސަލަ ދޫކުރައްވައި ވަޑައިގެންނެވުމުން ގާޒީ ވަނީ ކުޑަ ވަގުތުކޮޅަކަށް ޝަރީއަތް މެދު ކަނޑާލެއްވުމަށް ފަހު އަޑުއެހުން ކުރިއަށް ގޮސްފަ އެވެ. ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ތިން ހެއްކެއްގެ ހެކިބަސް ސިއްރުން ނެގި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް ބުރާފަސްފަތި ދުވަހު ވެސް ބާއްވާއިރު މިއީ އެއް މައްސަލައިގައި އަޑުއެހުންތައް ޖެހި ޖެހިގެން ބާއްވާ ތިން ވަނަ ރެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި

22 ފެބުރުއަރީ 2017
ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް