Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރުން ބިރު ދެއްކުން

ސަރުކާރު ހިންގަނީ ގޭންގް އުޞޫލުންނޭ މީހުން ކިޔަނީ ކިޔަންވެގެން!

ސަރުކާރުން ރައްޔިތުންނަށް ދަނީ ބިރުދައްކަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 30 މެއި 2018 | ބުދަ 14:27
ބްރޯޑްކޮމްގެ ރައީސް ޝަހީބް (ކ) އަދި ރައީސް ޔާމީން (ވ)

ބްރޯޑްކޮމްގެ ރައީސް ޝަހީބް (ކ) އަދި ރައީސް ޔާމީން (ވ)

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ގޭންގު އުޞޫލުން ހިންގާ ސަރުކާރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަަރުންނާއި، އިދިކޮޅު އިސް ބޭފުޅުން ވިދާޅުވަނީ ސަބަބެއް އޮވެގެންކަމަށް މިހާރު ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ. މާފިއާ އުޞޫލުން ސަރުކާރު ހިންގަމުންދާއިރު، ސަރުކާރު އެކުލަވާލެވިފައިވަނީ މާފިއާ ހައިރާކީއަށް ކަމަށްވެސް މީގެ ތެރެއިން ބައެއް ފަރާތްތަކުން ބުނެއެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރު ހިންގަނީ ގޭންގު އުޞޫލުންނޭ ބުނާ އެއް ސަބަބަކީ ސަރުކާރުން ރައްޔިތުންނަށް ދައްކާ ބިރެވެ. ގޭންގަކުން އެ ގޭންގެއް އޮޕަރޭޓްކުރާ ސަރަހައްދެއްގައި ދިރިއިޅޭ އާއްމުންނަށް ބިރު ދައްކައި، އެމީހުންގެ އާއްމު ދިރިއުޅުމަށް އުނދަގޫކުރާ މިންވަރަށް ސަރުކާރުން އެކަން ކުރާ ހިސާބަށް ގޮސްފައިވާކަމަށް ފެނެއެވެ. ސަރުކާރުގެ އިދާރާއާކުން އާއްމު ރައްޔިތަކަށް، ސިޔާސީ ޕާޓީއަކަށް ނުވަތަ މިނިވަން މީޑިއާއަށް ބިރެއް ނުދައްކާ ހަފްތާއެއް ނުދެއޭ ބުންޏަސް މުޅިއަކުން ދޮގަކަށް ނުވާނެއެއެވެ.

އަންގާރަ ދުވަހަކީވެސް އޭގެ ދުވަހަކެވެ. ހޯމް މިނިސްޓްރީއިން އަނެއްކާވެސް މިނިވަން މީޑިއާއަށް އިންޒާރު ދިނީއެވެ. ހުކުމް ތަންފީޒްކުރަމުންދާ މީހުންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންގެ ބަޔާންތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓްނުކުރަން އަންގައި، ފާޑެއްގެ އިންޒާރެއް ދީފިއެވެ.

ފުރަތަމަ ކަމަކީ ޤައިދީންގެ ބަޔާންތައް މީޑިއާތަކުން ގެނެސްދެނީ އެމީހުންގެ ވަކީލުން މެދުވެރިކޮށެވެ. ވަކީލުން ދައްކާ ވާހަކަތައް ރައްޔިތުންނާއި ހަމަޔަށް ގެނައުމަކީ ކުށެއް ނޫނެވެ. ގަނޑެއްގައި އެއީ ކުށެކޭ ބަޔަކަށް ލިޔެވިދާނެއެވެ. އެހެނަސް، އެއީ ބައިނަލްއަޤްވާމީ މިންގަނޑުން ބަލާއިރު ކުށެއް ނޫނެވެ. އަލްޤައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން ފިލައިގެން ފަރުބަދަތަކުގެ ހޮހަޅަތަކުގައި އުޅުނުއިރު އޭނާގެ އިންޓަވިއުތަކާއި ބަޔާންތަކާއި ޚަބަރުތައް ބައިނަލްއަޤްވާމީ މީޑިއާއިން ގެެނެސްދިނެވެ. އެޤައުމުތަކުގެ ސަރުކާރުތަކުން އެކަން މާބޮޑު މައްސަލައަކަށް ހަދައިގެން ނޫޅެއެވެ. އުސާމާ ބިން ލާދިންގެ މިސާލު ނަގަން ޖެހުނީ ހަޤީޤީ ޓެރަރިސްޓުންގެ ވާހަކަ ގެނެސްދޭންވެގެންނެވެ. މިއީ ހޯމް މިނިސްޓަރ އަޒްލީންއާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ދަސްކުރައްވަން ޖެހޭ ކަންކަމެވެ.

އަނެއްކޮޅުން 2010ވަނަ އަހަރާއި ހަމަޔަށް މުޅި ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓް ޖަމާއަތް ކަމަށްވާ ލަންކާގެ ތަމަޅަ ޓައިގަރުންގެ އިންޓަރވިއުތަކަކާއި އެމީހުންގެ ޚަބަރުތައް ޝަހީބް މަސައްކަތްކުރެއްވި ނޫހަކުން، ޝަހީބުވެސް ބައިވެރިވެވަޑައިގެން ޝާޢިއުކުރި ހަނދުމަ ޝަހީބު ނެތުނީތޯއެވެ؟ މިދައްކަނީ މުޅި ދުނިޔެއިން ޓެރަރިސްޓުންގެ ގޮތުގައި ބަލާ ބައެއްގެ ވާހަކަ ގެނެސްދިނުމަށް އޭރު ކުރެވުނު ނޫސްވެރިކަމުގެ މަސައްކަތެއްގެ ވާހަކައެވެ. ހަޤީޤީ ނޫސްވެރިކަމަކީ އެއީއެވެ. ގައިމު އެވަރު ހަނދުމަނެތޭހާ ޝަހީބުވެސް މުސްކުޅިފުޅެއް ނުވެއެވެ!

ސަރުކާރުން އެއީ ޤައިދީއެކޭ، ކުށްވެރިއެކޭ ބުނާ އެއް ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއެވެ. އެމަނިކުފާނަށް ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ވިދާޅުވެވުނު ބަސްފުޅެއްގެ ސަބަބުން ސަރުކާރުގެ މީޑިއާއިން އެވާހަކަ ގެނެސްދިންއިރު، އެއީ ޤާނޫނާއި ޚިލާފަށް ކުރި ކަމަކަށް އޭރު ނުވީތޯއެވެ؟

ދައްކާ ވާހަކަ ދެކޮޅު ޖައްސާށެވެ. ސަރުކާރަށް ބަޔަކު އިތުބާރު ކުރާނީ ދައްކާ ވާހަކަ ދެކޮޅު ޖައްސައި، ގޭންގެއް އޮޕަރޭޓްކުރާ އުޞޫލު ދޫކޮށް، ޤައުމެއް ހިންގާ އުޞޫލުން ޤައުމު ހިންގައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު