Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދީބުގެ ޝަރީއަތް

ދައުވާތަކަށް ޖަވާބުދާރީވުމަށް އަދީބަށް އެކަށީގެންވާ ފުރުސަތު ލިބެންޖެހޭ: ދައުލަތް

ހަމަނުޖައްސާ ހުރި ދައުވާތަކަށް ވަކީލުން ހަމަޖެއްސުމާއި ދައުވާތަކަށް ޖަވާބުދާރީވުމަށް އަދީބަށް އިތުރު ފުރުސަތެއް ވަނީ ދީފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 30 މެއި 2018 | ބުދަ 09:55
އަދީބު ކޯޓަށް މިއަދު ހާޒިރު ކުރުމަށްފަހު ދޫނިދޫއަށް ގެންދަނީ

އަދީބު ކޯޓަށް މިއަދު ހާޒިރު ކުރުމަށްފަހު ދޫނިދޫއަށް ގެންދަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ 10 ދައުވާއަކާ ގުޅިގެން އެދައުވާތަކަށް ޖަވާބު ދާރީވުމަށް އިތުރު ފުރުސަތު ދެއްވައިފި އެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ 10 ދައުވާއަކާ ގުޅިގެން އެދައުވާތަކަށް ޖަވާބު ދާރީވުމަށް އިތުރު ފުރުސަތު ޝަރީއަތުން ދެއްވާފައި ވަނީ އެދައުވާތަކަށް ޖަވާބުދާރީވުމަށް އެއްގޮތަކަށް ވެސް ތައްޔާރުވެވިފައި ނުވާކަމަށް އަދީބުގެ ގަނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

ސިރާޖު ވިދާޅުވީ އަދީބާއި ބައްދަލު ނުވާތާ މަހެއްހާ ދުވަސް ވަނީ ކަމަށާއި މިމަހުގެ 08 ވަނަ ދުވަހުން ފެށިގެން އަދީބާ ބައްދަލު ކުރެވޭގޮތް ނުވާ ކަމަށެވެ. މިމަހުގެ 03 ވަނަ ދުވަހުން ފެށިގެން އަދީބު މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވާ ކަމަށާއި އަދީބާ ބައްދަލުކުރަން އެދުމުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން އެކިއެކި ބަހަނާ ދައްކައި އަދީބާ މެދު ތަފާތުކޮށް އަމަލު ކުރަމުންދާ ކަަމެވެ.

ސިރާޖް ވިދާޅުވީ، އަދީބަށް ވަކީލުންގެ ބައްދަލުވުން ހަމަޖައްސައިދެވޭނީ ކޯޓުގައި މައްސަލަ ރެޖިސްޓްރީ ކުރިކަމުގެ ލިޔުމާއި، ވަކީލު އައްޔަނުވެފައިވާ ކަމުގެ ލިޔުން ހުށަހެޅުމުން ކަމަށް ކަރެކްޝަންސްއިން އަންގާފައިވާ ކަމަށެވެ.

ސިރާޖު ވިދާޅުވީ، ކޯޓުގައި މައްސަލަ ރެޖިސްޓްރީ ކުރިކަމުގެ ލިޔުމާއި، ވަކީލު އައްޔަނުވެފައިވާ ކަމުގެ ލިޔުމަކީ ކްރިމިނަލް ކޯޓުން އެއްވެސް އިރެއްގައި ދީއުޅޭ ލިޔުމެއް ނޫން ކަމަށެވެ. ނަމަވެސް ކަރެކްޝަނުން އެގޮތަށް އެދުމުން އެ ލިޔުންތައް ހޯދުމަށް ކްރިމިނަލް ކޯޓަށް ސިޓީއަކުން ހުށަހަޅާފައިވާ ކަމަށްވެސް ސިރާޖު ވިދާޅުވި އެވެ. އަދި އެލިޔުންތައް ލިބުމުން ކަރެކްޝަނަށް ހުށަހަޅާނެ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

މީގެއިތުރުން ސިރާޖު ވިދާޅުވީ އަދީބު ހުންނެވީ ފުލުހުންގެ ބަންދުގައި ދޫނިދޫގައި ކަމަށްވިޔަސް ބަންދަލު ކުރަން އެދެންޖެހެނީ ކަރެކްޝަނުގައި ކަމަށާއި ކަރެކްޝަނަށް ފޯމާއި ލިޔެކިޔުންތައް ހުށަހަޅުމުން ކަރެކްޝަނުން ފުލުހުންގެ ކަސްޓޯޑިއަލަށް ފޮނުވުމުން ބައްދަލުވުން ހަމަޖައްސާދޭ އުސޫލަކީ ވަރަށް ދިގު ދަތި އުނދަގޫ އިޖުރާއަތެއް ކަމަށެވެ. އެކަމަށް ވެސް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

ކޯޓުން އަދީބުގެ މައްސަލަތަކުގައި މުއާމަލާތް ކުރަނީ ކަރެކްޝަންސް ސާރވިސްއާ އެވެ. ނަމަވެސް ބުދަ ދުވަހު އަދީބު ކޯޓަށް ހާޒިރު ކުރިއިރު، އަރިހުގައި ތިބީ ފުލުހުންގެ ދެ މީހުންނެވެ. ކަރެކްޝަންސްގެ އެއްވެސް މީހެއް އަދީބާއެކު ނުވެއެވެ.

އިތުރު ފުރުސަތެއް ދެއްވައި އަދީބާއެކު ދެ ބައްދަލުވުމެއްވަރު ބޭއްވޭނެ ގޮތް ވެއްޖެނަމަ އެ ދައުވާތަކަށް ޖާވާބުދާރީ ވެވޭނެ ކަމަށް އަދީބުގެ ގާނޫނީ ވަކީލު ސިރާޖު ވިދާޅުވި އެވެ.

ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވީ އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތާ ވަސީލަތްތައް ލިބެންޖެހޭނެ ކަމަށާއި އެހެންކަމުން ދައުލަތުން އެކަމަށް އިއުތިރާޒު ނުކުރާ ކަމަށެވެ.

މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ވިދާޅުވީ ދައުވާއަށް ޖަވާބުދާރީ ވުމަށާއި ދައުވާއިން ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ ކަމަށާއި އަދި އަދީބަށް އިތުރު ފުރުސަތެއް ދިނުމަށް ދައުލަތުން ވެސް އިއުތިރާޒު ކުރާތީ އިތުރު 10 ދުވަހުގެ ފުރުސަތެއް ދެއްވާ ކަމަށެވެ.

ގާޒީ އާދަމް އާރިފް ވިދާޅުވީ މި ދައުވާތަކާއި ގުޅިގެން އަދީބަށް ގާނޫނީ ވަކީލުންނާ ބައްދަލު ކުރެވޭނެ ގޮތް ހެއްދެވުމަށް ކަމާބެހޭ ފަރާތްތަކަށް ކޯޓުން އަންގާނެ ކަމަށާއި ދެން ބޭއްވޭ އަޑުއެހުމުގެ ކުރިން އެންމެ މަދުވެގެން ވަކީލުންގެ ދެ ބައްދަލުވުން ބޭއްވޭނެ ގޮތް ހައްދަވާ ދެއްވޭނެ ގޮތް ހަމަޖައްސާ ދެއްވުމަށް ކަރެކްޝަނަލް ސާރވިސްއަށް އަންގަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ މި އަޑުއެހުމަކީ އަދީބުގެ މައްޗަށް އުފުލާފައިވާ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ 10 ދައުވާއަކާ ގުޅިގެން ބޭއްވޭ އަޑުއެހުމަކަށްވާއިރު، އޭގެ ތެެރެއިން ދެ ދައުވާއަށް ވަކީލު އައްޔަން ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ދެެން ބޭއްވޭ އަޑުއެހުމަށް ވަޑައިގަންނަވާއިރު، އެ ދެ ދައުވާއަށް ވަކީލުން އައްޔަން ކުރުމަށާއި އެ ދައުވާތަކަށް ޖަވާބުދާރީވުމަށް ތައްޔާރުވެވަޑައިގެން، ވަޑައިގެންނެވުމަށް އަދީބަށާއި ގާނޫނީ ވަކީލަށް އެންގެވި އެވެ.

މިދިއަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބޭއްވި އިބްތިދާއީ އަޑުއެހުމެއްގައި ވަނީ އެ ދައުވާތަކުގެ ލިޔެކިޔުންތައް ބަދަލު ކޮށްފައެވެ.

އަދީބުގެ މައްޗަށް އެ ދައުވާތައް ކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރި 58 ރަށުގެ ތެރެއިން 10 ރަށެއްގެ މައްސަލައިގައެވެ. އަދީބުގެ މައްޗަށް ދައުވާކޮށްފައި ވަނީ ކޮންމެ ރަށެއް ވަކިވަކިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ 10 ރަށުގެ މައްސަލައިގައި އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ، އެ ރަށްތައް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ޓޫރިޒަމް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ކަމަށް ބުނެއެވެ. އެ ރަށްތައް ދޫކުރި ދުވަސްވަރު ޓޫރިޒަމް ތަރައްގީ ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ރަށްތަކެއް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރިއެވެ.

އަދީބުގެ މައްޗަށް 10 ދައުވާއެއް ކުރިއިރު، އެއިރުގެ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ 25 ދައުވާ ކޮށްފައެވެ. އެގޮތުން ޒިޔަތުގެ މައްޗަށް ކޮށްފައި ވަނީ ފުލުހުން ތަހުގީގު ކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް ހުށަހެޅި 55 ރަށުގެ ތެރެއިން 25 ރަށުގެ މައްސަލައިގައެވެ. ޒިޔަތުގެ މައްޗަށް އެ 25 ރަށުގެ މައްސަލައިގައި ވަނީ ހިޔާނާތްތެރިވުމުގެ ވަކިވަކި 25 ދައުވާއެއް އުފުލާފައެވެ.

އަދީބާއި ޒިޔަތުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލިއިރު، ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފައިސާއަށް ޚިޔާނާތްތެރިވި، މައްސަލައިގައި އެ ދެ ބޭފުޅުންގެ މައްޗަށް މިހާރު ވެސް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތަކާއި ކުއްޔަށް ދޫކޮށްގެން ދައުލަތަށް ވަންނަން ޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވީ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުންނެވެ. ނަމަވެސް، ހިޔާނާތްތެރިވި ފައިސާގެ އަދަދު އެއަށް ވުރެ ގިނަ ވާނެ ކަމަށް ކަމާ ބެހޭ އެކިފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު