Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ ރައީސްގެ ކެމްޕެއިން

މާލެއަށް އެއްވެސް ހައްލެއް ގެނެވޭނީ މުޅިރާއްޖެ ހައްލުކޮށްގެން: ރައީސް ނަޝީދު

30 މެއި 2018 | ބުދަ 05:47

މާލެއާމެދު އުއްމީދެއް ނުގެއްލޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 30 މެއި 2018 | ބުދަ 05:47
އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގެ ތެރެއިން

އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގެ ތެރެއިން

މާލެއަކީ މުޅި ރާއްޖޭގެ ރައްޔިތުން މުއްސަނދިކޮށްފައިވާ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މިލްކެއް ކަމަށާއި މައްސަލަ ބޮޑުވެފައިވާ މާލޭގެ އެއްވެސް ކަމަކަށް ހައްލު ގެނެވޭނީ މުޅިރާއްޖެއަށް ހައްލު ގެނެވިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖަޒީރާ ރައީސްގެ ކެމްޕެއިން ހަރަކާތް ނިންމުމުގެ ގޮތުން އެމްޑީޕީ ހަރުގޭގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދެލައްކަ މީހުން ދިރިއުޅޭ މާލެއަށް ދުވާލަކު 10 ހާސް ޓަނު ފެނާއި 8 ލައްކައަށްވުރެ ގިނަ ޔުނިޓްގެ ކަރަންޓް ބޭނުންވާ ކަމަށާއި 500 ޓަނު ކުންޏާއި 200 ޓަނު ނަރުދަމާ ނަޖިސް ބޭރުކުރަން މިއަދު ޖެހިފައިވާކަމަށެވެ.

Advertisement - newsAdvertisement

ސާޅީސް ފަސްހާސް ގޭގައި މީހުން ދިރިއުޅޭ މާލެ ކިތައްމެ ގޮތަކަށްވެސް ބަޔާން ކުރެވިދާނެކަމަށް ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މާލެއަކީ ޒަމާނުންސުރެ ރާއްޖޭގެ އެއް މަރުކަޒުގެ ގޮތުގައި އުފެދެމުން ހިނގަމުން އަންނަ، ޖަޒީރާ ރާއްޖޭގެ މެދުގައި އޮތް ޖަޒީރާ މާ ރަށެއް ކަމަށެވެ.

"މިރަށް ސުނޫބާދުވާނަމޭވެސް ވިދާޅުވެއްޖެ. މިރަށްމީ ޓޯކިޔޯއޭވެސް ސިންގަޕޫރޭވެސް ދުބާއީއޭވެސް، މިރަށްމީ އެތައް ތަނެކޭ ވިދާޅުވެއްޖެ. އެހެންނަމަވެސް ދަންނަވަންތޯ މިއީ އަޅުގަނޑުމެންގެ ޖަޒީރާ މާރަށެއް. މިއީ އަޅުގަނޑުމެންގެ މާލެ. މިއީ މުޅި ރާއްޖޭގެ ރައްޔިތުންގެ މިލްކެއް. އެތައް ޒަމާނެއް ވަންދެން ކިތައްމެ ރަށަކުން މިތަން މުއްސަނދިކޮށްފައި މިވަނީ. ކިތައްމެ އާއިލާއެއްގެ މަސައްކަތުން ކިތައްމެ ރައްޔިތެއްގެ ދަލާއި ލެއިން މިމާލެ ބިނާކޮށްފައި މިވަނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދު މިއީ ކާރޫބާރޫބޮޑު އަޑުގަދަ، ހާސްކަންބޮޑު ތޮއްޖެހިފައިވާ މާލެއެއް ކަމަށާއި މިއަދު މިއީ ދިރިއުޅުން ދަތިވާހިސާބަށް ގޮސްފައިވާ މާލެއެއް ކަމަށެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި 27 މީހުން މިރަށުގެ މަގުމައްޗަށް މަރާލާފައި އެއްލާލައިފި ކަމަށާއި އެއިން ގިނަ މަރުތަކުގެ ޙަޤީގަތް ނުހޯދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ މައްސަލަތައް ބޮޑުވެފައިވާ މާލެއެއް ކަމަށާއި އެކަމަކު މިރަށާމެދު އުއްމީދެއް ނުގެއްލޭކަމަށެވެ. އަދި އުއްމީދު ކަނޑައެއް ނުލައްވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގެ މައްސަލަތައް ގުޅިފައި އޮތީ މުޅި ރާއްޖޭގެ މައްސަލަތަކާ ކަމަށާއި މާލޭގެ އެއްވެސް ކަމަކަށް ހައްލެއް ގެނެވޭނީ މުޅި ރާއްޖެއަށް ހައްލު ގެނެވިގެން ކަމަށެވެ. މާލެއަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި އެކަން ހައްލު ކުރެވޭނީ ރާއްޖެތެރެ އުވާ ނުލާގޮތައް ވިސްނައިގެން ކަމަށެވެ.

"ގުޅިފަޅާ ތިލަފުއްޓާ ހުޅުމާލެއާ އެކުވީމާ މިސަރަހައްދުގައި ގޯތި ދެވެން އެބަހުރި. އެއީ ރާއްޖެތެރެ އުވާނުލާގޮތައް އަޅުގަނޑުމެން ވިސްނީމަ. ޖަޒީރާ މާލޭގައި ދޭނީ ބިމެއް. ގެވަޅެއް. ދިރިއުޅުން ބިނާ ކުރެވޭނޭ ގޮތެއް ހޯދަދޭނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް