Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް މައުމޫންގެ ޝަރީއަތް

ރައީސް މައުމޫންގެ ގާނޫނީ ވަކީލުން މައްސަލައިން ތަނާޒުލްވެއްޖެ

ދައުވާ އުފުލާފައި ވަނީ ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 29 މެއި 2018 | އަންގާރަ 17:36
ރައީސް މައުމޫން އަނބުރާ ދޫނީދޫއަށް ގެންދަނީ

ރައީސް މައުމޫން އަނބުރާ ދޫނީދޫއަށް ގެންދަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ އިން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ތަނާޒުލްވެއްޖެއެވެ.

މި ދައުވާ ރައީސް މައުމޫންގެ މައްޗަށް އުފުލާފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމަނިކުފާނު ހައްޔަރުކުރުމަށް ފަހު، ފުލުހުން ހިންގަމުންދިޔަ ތަހުގީގަށް ފޯނު ދޭން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެއެވެ. މި މައްސަލައިގައި ރައީސް މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. މި ތިން ބޭފުޅުންގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ކުރިޔަށް ދަނީ އެއްކޮށެވެ.

Advertisement - newsAdvertisement

ރައީސް މައުމޫންގެ ގާނޫނީ ވަކީލުން ވަނީ މި މައްސަލައިން ތަނާޒުލްވި ހަތް ނުކުތާއެއް ފާހަގަކޮށް ބަޔާނެއް ނެރުއްވާފައެވެ.

އެގޮތުން މި މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 152 މާއްދާގައި މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުކުރެވިދާނެ ކަމަށް ބަޔާންކުރާ ހާލަތްތަކުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އެކަން ޝަރީއަތުގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމުންނާއި ޝަރީއަތް ފަސްކުރަން އެދުމުން ވެސް އެ ހުށަހެޅުން ބަލައިގެންފައިނުވާކަން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ރައީސް މައުމޫންގެ ގާނޫނީ ވަކީލުންގެ ގޮތުގައި އެކަށީގެންވާ ގޮތުގައި ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނު ތަމްސީލުކުރެވިފައިނުވަނީ، ގާނޫނީ ތަރަހައިގެ ބޭރުން ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމެވުމުގެ ސަބަބުން ކަމަށް ވެސް ފާހާގަކޮށްފައިވެއެވެ. ރައީސް މައުމޫންގެ ފަރާތުން ތަފާތު 12 ހުށަހެޅުމެއް ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި ނަމަވެސް ތިން މިނެޓުގެ ވަގުތުކޮޅަކަށް ޝަރީއަތުގެ މަޖިލިސް މެދުކަނޑުއްވާލެއްވުމަށް ފަހު، އެ 12 ހުށަހެޅުމާ ގުޅޭ ގޮތުން ގޮތެއް ނިންމެވުމުން ފަނޑިޔާރުންގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އެކަށީގެންވާ މިންވަރަށް ވަޒަންކުރެއްވުމެއް ނެތި ނިންމެވި ނިންމެވުންތަކެއް ކަން ސާފުވެފައިވާ ކަމަށް ވެސް ރައީސް މައުމޫންގެ ވަކީލުން ފާހަގަކުރައްވާފައިވެއެވެ.

މި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ، ރައީސް މައުމޫނަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 51 ވަނަ މާއްދާ އިން ލިބިދޭ ޢަދުލުވެރިކަމާ އެކު ޝަރީޢަތްކުރެވުމުގެ ޙައްޤާއި، ކުށުން ބަރީއަވުމަށްޓަކައި އެކަށީގެންވާ ވަސީލަތްތައް ލިބުމުގެ ޙައްޤުން ރައީސް މައުމޫން މަހުރޫމްކޮށްގެން ކަމަށް ވެސް މި ބަޔާނުގައިވެއެވެ. ޝަރީއަތުގެ މަރުހަލާ ފަށަން ޖެހޭނީ 30 ދުވަހުގެ މުއްދަތެއްގެ ފަހުން ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް މި މައްސަލައިގައި ޝަރީއަތް ފަށާފައި ވަނީ އެ މުއްދަތު ނުދީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކަމަށް ވެސް ރައީސް މައުމޫންގެ ގާނޫނީ ވަކީލުން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް މަތިކޮށްފައިވާ ޒިންމާ އަދާކުރެއްވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް އިހުމާލުވެފައި ވުމަކީ ވެސް މި މައްސަލައިން ތަނާޒުލްވި ސަބަބެއް ކަމަށް އެބަޔާނުގައިވެއެވެ.

ރައީސް މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުން ވެސް މައްސަލައިން ތަނާޒުލްވެވަޑައިގެންފައިވާއިރު އެމަނިކުފާނު ވަނީ އަންގާރަ ދުވަހުގެ ތާވަލުކޮށްފައިވާ މި މައްސަލައިގެ އަޑުއެހުމަށް ވެސް ހާޒިރުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު