Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޮޒައިނާ އާދަމް

ރައީސް ޔާމީން އެއްވެސް ބޭފުޅަކާ އެކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅެއް ނުވޭ: ރޮޒެއިނާ

29 މެއި 2018 | އަންގާރަ 11:12

ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދާ އެކު ވާދަކުރައްވަން ރައީސް ޔާމިން ޖެހެލުންވެވަޑައިގަންނަވާ

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2018 | އަންގާރަ 11:12
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ...

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ...

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް އެއްވެސް ބޭފުޅަކާ އެކު ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ބޭއްވި ޖަޒީރާ ރައީސްގެ ކެންޕެއިންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ރޮޒެއިނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދާ އެކު ވާދަކުރައްވަން ރައީސް ޔާމިން ޖެހިލުންވެވަޑައިގަންނަވާ ކަމަށާއި، އެއްވެސް މީހަކާ އެކު އެމަނިކުފާނު ވާދަކުރައްވަން ބޭނުން ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވައިފި ނަމަ އެޕާޓީ އުވާލާނެ ކަމުގެ އިންޒާރު ދީފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ރޮޒެއިނާ ވިދާޅުވީ މިހާރު މިފެންނަ މަންޒަރުތަކުން ވެސް އިލެކްޝަން ކޮމިޝަނުން ބާއްވާ ރިޔާސީ އިންތިޚާބު މިނިވަންނުވާނެ ކަމަށެވެ.

މީގެ އިތުރަށް މެންބަރު ރޮޒެއިނާ ވިދާޅުވީ ޖަޒީރާ ގައުމެއްގެ ރައްޔިތުން ދެކެ ލޯބިވާ ވެރިންނަކީ ރައްޔިތުންގެ ހާލުއަހުވާލު ކޮންމެ ތާކު ހުރެގެން ބަލައި އޮޅުންފިލުވާ ވެރިން ކަމަށެވެ. މިހާރު ކުރިއަށް ގެންދާ ޖަޒީރާ ކެންޕޭނުން ވެސް ރައީސް ނަޝީދަކީ ރައްޔިތުން ދެކެ ލޯބިވާ ވެރިއެއްކަން ހާމަވާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވަނީ ރައީސް ނަޝީދު އެކަނި ކަމަށް ބުނެ ރައީސް ޔާމިން ފެކްޝަންގެ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދުދެއްވަމުން ރޮޒެއިނާ ވިދާޅުވީ ޕީޕީއެމް އިން ޕްރައިމެރީއަކަށް ދިއުމަށް ހުޅުވާލަން ވެސް ނުކުރެނު ކަމަށެވެ.

" ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ. ޕީޕީއެމްގެ އަސާސީ ގަވާއިދުގެ އެއް މައްދާގައި މިއޮންނަނީ މުޝްތަޝާރަކަށް ހުންނެވި ބޭފުޅާ ނުވަތަ ރައީސްއަކަށް ހުންނެވި ބޭފުޅާއަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދެވިދާނެއެވެ. ޓިކެޓްދޭށެކޭ ނޯންނާނެ. ހަމައެއާ ޖެހިގެން ދެވަނައަށް އޮންނަ މާއްދާގައި މިބުނަނީ ޓިކެޓް މިހެން ދެވެނީ އެހެން މީހަކު ކުރިމަތިލާން ބޭނުން ނުވާ ކަމަށް ވަންޏާ. އެހެން މީހަކު ކުރިމަތިލާން ބޭނުންވާ ކަމަށް ވަންޏާ ޕްރައިމެރީއެއް ބާއްވަންޖެހޭނެ ކަމަށް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި އެބައޮވޭ. އެހެން އޮއްވާ ވެސް އެފަދަ ފުރުސަތަކަށް ހުޅުވާނުލައި ރައީސް ޔާމީނަކީ ކެންޑިޑޭޓް ކަމަށް ނިންމަވައިފި،" ރޮޒެއިނާ ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަކުރެއްވޭނެ ކަމަށާއި، އެމަނިކުފާނު ޝަރުތު ހަމަވާ ކަމަށެވެ. އަދި ސްޕްރީމް ކޯޓުން ނެރުނު އަމުރުން ވެސް ރައީސް ނަޝީދަކީ ކުށްވެރިއެއް ނޫން ކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް