Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުރޯދަ އާއި ސިއްހަތު

ޓޯމާޓޯ ބޭނުންކުރަންވީ ސަބަބު މިއޮތީ

ޓޮމާޓޯއަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދީ ލޭގެ ޕްރެޝަރ ކޮންޓްރޯލްކުރުމަށް އެހީވެދޭ ތަރުކާރީއެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 29 މެއި 2018 | އަންގާރަ 09:02
ޓޮމާޓޯ: ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުރި ޓޮމާޓޯ

ޓޮމާޓޯ: ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުރި ޓޮމާޓޯ

ވިލާތު ބަށި ނުވަތަ ޓޮމާޓޯ އަކީ މޭވާގެ ގޮތުގައި ވެސް އަދި ތަރުކާރީގެ ގޮތުގައިވެސް ހިމެނޭ ބާވަތެކެވެ. އާއްމުކޮށް ޓޮމާޓޯ ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ ތަރުކާރީގެ ގޮތުގައެވެ. ޓޮމާޓޯއަކީ އޭގައި ސިއްޚީ އެތައް ފައިދާތަކެއް އެކުލެވިގެންވާ ބާވަތެކެވެ. ދިވެހިންގެ ކެއުމުގައިވެސް ވަރަށް ގިނައިން ބޭނުން ކުރާ ތަރުކާރީއެކެވެ.

ޓޮމާޓޯގައި ތަފާތު އެތަކެއް ވައްތަރުތައް ހުރެއެވެ. އެގޮތުން ރަތް ކުލަ، ފެހިކުލަ އަދި ރީނދޫ ކުލައިގެ ޓޮމާޓޯ ހުރެއެވެ. ޓޮމާޓޯ އާންމުގޮތެއްގައި ބޭނުންކުރަނީ ރިހަ ކެއްކުމަށާއި، ސެލަޑް ފަދަ ކެއުން ތައްޔާރުކުރުމަށެވެ.

ޓޮމާޓޯގައި ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިންކޭ، ވިޓަމިންބީ6، ޕޮޓޭސިއަމް، މަންގަނީސް، ޕޮސްޕަރަސް، ފައިބަރ ޕްރޮޓީން ފަދަ މާއްދާތައް ހިމެނެ އެވެ.

ޓޮމާޓޯއިން ލިބިދޭ ސިއްޙީ ފައިދާ

ޓޮމާޓޯއަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދީ ލޭގެ ޕްރެޝަރ ކޮންޓްރޯލްކުރުމަށް އެހީވެދޭ ތަރުކާރީއެކެވެ. މީގެ އިތުރުން ހަމުގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށް ވެސް ޓޮމާޓޯ އަކީ ފައިދާ ބޮޑު ތަރުކާރީއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޓޮމާޓޯއަކީ ކޮލެސްޓްރޯލް ލެވެލް ދަށްކޮދިނުމަށާއި ލޭގެ ސާކިއުލޭޝަން ރަނގަޅު ކޮށްދިނުމާއި ހަޖަމުގެ ބައި ރަނގަޅުކޮށްދިނުމަށްވެސް އެހީވެދޭ ތަރުކާރީއެކެވެ. ކެވޭ ބައެއް ކާއެއްޗެހީގެ ސަބަބުން ހަށިގަނޑުގައި ނުރަނގަޅު ސަރުބިތައް ޖަމާވެއެވެ. ނަމަވެސް ސަރުބީ ދައްކުރުމަށްވެސް ޓޮމާޓޯ އަކީ ހަމަ އެންމެ ރަނގަޅު އެއް ބާވަތެވެ. ޓޮމާޓޯގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސަރުބީ ދަށްކޮށްދެއެވެ. މީގެ އިތުރުން ކެމުމުގައި ގަވާއިދުން ޓޮމާޓޯ ބޭނުން ކުރާނަމަ ހަޖަމުގެ ބައި ރަނގަޅުކޮށްދެއެވެ. ބަނޑުހިކުން ލުއިކޮށްދީ، ބޭރަށް ހިންގުމުން ދުރުކޮށްދެއެވެ.

އިތުރަށް ކިޔާލަން

10 އޯގަސްޓު 2024

ބޮވޭ ފެނެއްގެ ސަބަބުންވެސް ލޭގެ ޕްރެޝަރު މައްޗަށް!

10 އޯގަސްޓު 2024
ބޮވޭ ފެނެއްގެ ސަބަބުންވެސް ލޭގެ ޕްރެޝަރު މައްޗަށް!
18 އޮކްޓޯބަރު 2020

ކޮވިޑް-19 ގެ ސަބަބުން އަޑު އިވުމުގެ ހިއްސަށް ގެއްލުންވޭ: ދިރާސާ

18 އޮކްޓޯބަރު 2020
ކޮވިޑް-19 ގެ ސަބަބުން އަޑު އިވުމުގެ ހިއްސަށް ގެއްލުންވޭ: ދިރާސާ
11 ޖޫން 2018

ރޯދަ މަސް ނިމެނީ: ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާއަށް ލިބުނު ފައިދާތައް އިނގޭތަ؟

11 ޖޫން 2018
ރޯދަ މަސް ނިމެނީ: ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާއަށް ލިބުނު ފައިދާތައް އިނގޭތަ؟
26 މެއި 2018

ރޯދަ މަހު ޑެޒަރޓް ތައްޔާރު ކުރަންވީ ގޮތް މިއޮތީ

26 މެއި 2018
ރޯދަ މަހު ޑެޒަރޓް ތައްޔާރު ކުރަންވީ ގޮތް މިއޮތީ
27 ޑިސެމްބަރު 2017

ބަނޑު ނުހިނދޭ 8 ސަބަބު

27 ޑިސެމްބަރު 2017
ބަނޑު ނުހިނދޭ 8 ސަބަބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު