Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ބަނޑު ހިންދުން

ބަނޑު ނުހިނދޭ 8 ސަބަބު

ފަލަވުމަށް މަގުފަހިވާ ތަބީއީ ސަބަބުތައް ހުއްޓަސް، ހިތްވަރު ހުރެއްޖެ ނަމަ ބަނޑުން ސަރުބީ ވިރުވާލެވިދާނެ

ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2017 | ބުދަ 08:55
ބަނޑުގައި ހަރުލާ ސަރުބީ އަކީ ވިރުވަން އުނދަގޫ އެއްޗެއް ކަމަށް ގިނަ މީހުން ގަބޫލު ކުރޭ

ބަނޑުގައި ހަރުލާ ސަރުބީ އަކީ ވިރުވަން އުނދަގޫ އެއްޗެއް ކަމަށް ގިނަ މީހުން ގަބޫލު ކުރޭ

ކޮންމެ މީހަކުވެސް އެމީހެއްގެ ހަށިގަނޑު ރީތިކޮށް ބަހައްޓަން ބޭނުންވާނެއެވެ. ރީތި ހަށިގަނޑެއް ލިބިފައިވުމީ، އަމިއްލަ ހިތްހަމަ ޖެހުމުގެ އިތުރުން އެހެން މީހުންގެ ޝައުގުވެސް އެމީހަކަށް ލިބޭ ކަމެކެވެ. އިންސާނުންގެ ރީތި ސިފައަށް އެންމެ ބޮޑު އައިބު ކަމެއް ގެނުވާ އެކައްޗަކީ މާދުރަށް ފުފި ނުކުމެފައި ހުންނަ ބަނޑެވެ. ބައެއް މީހުންނަށް އެކަން ކިތަންމެ ރަނގަޅަކަށް ވިސްނުނު ކަމުގައި ވިޔަސް ސަރުބީ ޖަހާ ފުފި އަރާފައި ހުންނަ ބަނޑަކީ ހިންދަން ފަސޭހަ އެއްޗަކަށް ނުވެއެވެ. ސިފަ ރީތި ކުރުމުގެ އިތުރުން ބޮޑެތި ބަނޑުތަކާ ގުޅިފައިވާ ސިއްހީ ނުރައްކާތެރި މައްސަލަތައްވެސް އެބަހުއްޓެވެ. ބަނޑުލުމަކީ ހިތުގެ ބައްޔާއި، ލޭ މައްޗަށް ދިއުމާއި، ހަކުރު ބައްޔާއި އަދި ބައެއް ބާވަތުގެ ކެންސަރާ ގާތްކޮށްދޭ ބިރުވެރި ކަމެއްވެސް ވެއެވެ. ސިއްހީ ދުޅަ ހެޔޮކަން އިތުރު ކުރުމަށާއި، ހަށިގަނޑުގެ ސިފަ ރީތި ކުރުމަށް ބަނޑު ހިންދަން ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވިޔަސް ބައެއް މީހުން ބުނަނީ ނަތީޖާއެއް ނުނިކުންނަ ކަމަށެވެ. ބަނޑުގައި ޖަހާފައި ހުންނަ ސަރުބީ ވިރުވަން މަސައްކަތް ކޮށްގެންވެސް އެކަން ކާމިޔާބު ނުވަނީ ތިރީގައި މިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ދިމާވެގެން ކަމަށް ވުން އެކަށީގެންވެއެވެ.

އުމުރުން ދުވަސްވަނީ އެވެ

އުމުރު މައްޗަށް ދާ ވަރަކަށް ހަށިގަނޑުގެ ނިޒާމުތަކަށް ބަދަލު އާދެއެވެ. އެއީ ތަބީއީ ގޮތުން އެކަން އޮތް ގޮތެވެ. އެގޮތުގެ މަތީން ހަށިގަނޑުގެ ބަރުދަން އިތުރު ވުމާއި ލުއި ވުމުގެ ނިޒާމަށް ވެސް ބަދަލު އާދެއެވެ. އުމުރު މަތިވަމުން ދިއުމާއެކު ހަށިގަނޑުގެ މެޓަބޮލިކް ރޭޓަށް ބަދަލު އާދެއެވެ. އެއީ ހަށިގަނޑުގެ ނިޒާމުތައް ހިނގުމަށް ހަކަތަ ބޭނުންވާ މިންވަރަށް އަންނަ ބަދަލު ތަކެވެ. އަންހެނުން އިއްދައިން ކެނޑޭ އުމުރަށް ދިއުމުން ހަށިގަނޑަށް އަންނަ ބަދަލުތައް މި ގޮތުން ފާހަގަ ކުރެވެއެވެ. އިއްދައިން ކެނޑޭ އުމުރު ފަހަނަ އަޅާ ދިއުމުން އަންހެނެއްގެ ބަރުދަން އިތުރުވާނަމަ އިތުރުވާ ސަރުބީ ހަރުލަނީ ބަނޑުގައި ކަމަށް ތަޖްރިބާކާރުން ބުނެއެވެ. މި އުމުރުގައި ހަށިގަނޑުގައި އުފައްދާ އީސްޓްރޯޖެން އަދި ޕްރޮޖެސްޓްރޯންގެ މިންވަރު ދަށަށް ދެއެވެ. ހޯމޯން އަށް އަންނަ މި ބަދަލުގެ ސަބަބުން އަންހެނުންގެ ބަނޑުގައި ސަރުބީ ޖެހުމަށް މެދުވެރިވެއެވެ. އެހެން ކަމުން ދޮށީ އުމުރުގެ އަންހެނުން ސަރުބީ ވިރުވަން މަސައްކަތް ކުރާ އިރު، ގުދުރަތީ ގޮތުން ހަށިގަނޑަށް އަންނަ ބަދަލުތައް މަގުފަހިވަނީ ބަނޑުގައި ސަރުބީ ޖެހުމަށް ކަމަށް ހަނދާނުގައި ހުންނަން ޖެހެއެވެ.

ކުރެވޭ ކަސްރަތުތައް ރަނގަޅު ނޫނީ އެވެ

ޖިމްގައި ނުވަތަ އަމިއްލަ އަށް ނަމަވެސް ކުރާ ކަސްރަތު ތަކުން ބަނޑު ނުހިނދޭ ނަމަ އެކުރެވޭ ކަސްރަތުތައް ރަނގަޅު ނުވަނީ ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ތަޖުރިބާކާރުން ބުނާ ގޮތުގައި ދުވުމަކީ ހިތައް ރަނގަޅު ފައިދާތަކެއް ލިބިދޭ ކަސްރަތެކެވެ. އެކަމަކު ބަނޑަށް އެކަމުން އެނގުން ނުވެދާނެއެވެ. އެހެން ކަމުން ކާޑިއޯ ހެދުމާއެކު ބަރު އުފުލުމުގެ ކަސްރަތު އެކުއެކީގައި ގެންދެވިގެން ނޫނީ ބޭނުންވާ ނަތީޖާ ނުނިކުމެދާނެއެވެ. ބަރު އުފުލުމުގެ ކަސްރަތުތަކަކީ ހަށިގަނޑުގެ މަސްތައް ބައްޓަން ކުރުމުގެ އިތުރުން ގިނައިން ސަރުބީ ވިރުވާލާ ކަސްރަތެވެ. ތަޖުރިބާކާރުން ބުނަނީ، ބަނޑު ހިންދާ ނަމަ ހަފްތާ އަކު 250 މިނެޓުގެ "މޮޑަރޭޓް އިންޓެންސިޓީ" ގައި ނުވަތަ "ހައި އިންޓެންސިޓީ" ގައި 125 މިނެޓް ކަސްރަތު ކުރަންވާނެ ކަމަށެވެ. "މެޑިސިން އެންޑް ސައިންސް އިން ސްޕޯޓްސް އެންޑް އެކްސަސައިޒް" ގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ލުއިކޮށް ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންގޮސްގެން ބަނޑުގެ ސަރުބީ ވިރުވުމަކީ ވުން ދުރު ކަމެއް ކަމަށެވެ. އޭގެ މާނައަކީ ބަނޑުގައި ޖަހާ ގޮތް ދޫނުކުރާ ސަރުބީ ވިރުވާލެވޭނީ ހަށިގަނޑަށް އެނގުންވާ ވަރުގެ "ހައި އިންޓެންސިޓީ" ކަސްރަތުތައް ކުރެވިގެންނެވެ.

ޕްރޮސެސް ކޮށްފައި ހުންނަ ކާނާ މާގިނައިން ކަނީއެވެ

މާ ބޮޑަށް ޕްރޮސެސް ކޮށްފައި ހުންނަ ކާނާގެ ބާވަތްތައް ކަމަށްވާ ހުދު ފުށުގެ ޕާނާއި، ރޮށްޓާއި، ޗިޕްސް އާއި ހުދު ހަނޑުލުގެ ބަތުގެ އިތުރުން ރިފައިން ކޮށްފައި ހުންނަ ހަކުރު އަޅައިގެން ހަދާ ބުއިން ތަކާއި، ފޮނިކާ އެއްޗެހި ހަށިގަނޑަށް އެތެރެ ކުރާނަމަ ބަނޑުގެ ސަރުބީ އަޑިވުން އުނދަގޫވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެން ކަމުން ޕްރޮސެސް ކޮށްފައި ހުންނަ ކާނާ އާއި ފޮނި އެއްޗެހިން ދުރުވެ މޭވާ އާއި ތަރުކާރީ ފަދަ ބާވަތްތައް ކެއުމުގައި އިތުރު ކޮށްލުމުން މިކަމަށް ވަރަށް ބޮޑު އަލި މަގެއް ފެނިދާނެއެވެ.

ނުރަނގަޅު ފެޓްސް ކެއުމުގައި އިތުރުވަނީއެވެ

ހަށިގަނޑަށް އެތެރެވާ ހުރިހާ ބާވަތެއްގެ ފެޓްސް އަށް ވެގެން ދަނީ އެއް ގޮތެއް ނޫނެވެ. އެކި ބާވަތުގެ ފެޓްސް ހަށިގަނޑުގައި ޕްރޯސެސް ވަނީ އެކި ގޮތަށެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އެއްގަމު މަހާއި، ކިރުގައި ހުންނަ "ސެޗުރޭޓެޑް ފެޓްސް" އެއީ ސަރުބީގެ ގޮތުގައި ހަށިގަނޑަށް ޖަމާވުމުގެ ފުރުސަތު ބޮޑު ބާވަތެކެވެ. އަނެއް ކޮޅުން ޒައިތޫނި، އެވޮކާޑޯ ފަދަ ބާވަތްތަކުގައި ހުންނަ "މޮނޯސެޗުރޭޓެޑް ފެޓްސް" އާއި ކަނޑު މަހުގެ ބާވަތްތަކާއި، ސަންފްލާވަރ އޮށުގައި ހުންނަ "ޕޮލިއަންސެޗުރޭޓެޑް ފެޓްސް ރަނގަޅު މިންގަނޑުގައި ހަށިގަނޑަށް އެތެރެ ވުމުން ސަރުބީ އަށް ވުމުގެ ބަދަލުގައި ހަށިގަނޑަށް ފައިދާ ލިއްބައި ދެއެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ ފެޓްސްގެ އެއްވެސް ބާވަތަކީ މާ ގިނައިން ކައިފިނަމަ ސަރުބީ އިތުރު ކުރާ އެއްޗެއް ކަމަށެވެ. އެހެން ކަމުން ބަނޑު ހިންދަން މަސައްކަތް ކުރާނަމަ ފެޓްސް އެކުލެވޭ ބާވަތްތައް ކެއުމުގައި ވިސްނާލަން ޖެހެއެވެ.

ދިރިއުޅުމުގައި މާ ފިކުރުތައް ގިނައީއެވެ

ދިރި އުޅުމުގެ ތަފާތު ކަންކަމާ ފިކުރު ބޮޑުވުމަކީ ބަނޑު ހިންދަން ކުރިމަތިވާ އިތުރު ގޮން ޖެހުމަކެވެ. ފިކުރު ބޮޑުވުމުން ހަށިގަނޑުގައި އުފެދޭ ކޯޓިސޯލް ހޯމޯން އަކީ ސަރުބީ ޖެހުމަށް މަގުފަހި ކުރާ ހޯމޯން އެކެވެ. މި ހޯމޯންގެ ސަބަބުން ފެޓް ސެލްތައް ބޮޑެތިވެ ސަރުބީ ޖެހުން އިތުރުވާކަން ދިރާސާތަކުން ހާމަވެއެވެ. ބަނޑު ހިންދަން އުޅޭ އިރު ކަންކަމާ މާ ބޮޑަށް ފިކުރު ކުރާނެ ކަމެއް ނެތެވެ.

ބައްޔެއް ހުރީ ކަމަށް ވެދާނެއެވެ

ހުންނަން ޖެހޭ މިންވަރަށް ވުރެ ޓެސްޓްރޯން ލެވެލް މަތި ނަމަ ސަރުބީ ވިރުވަން އުނދަގޫވާނެއެވެ. ޓެސްޓެސްޓްރޯން ލެވެލް މަތިވަނީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް ކިޔާ ބައްޔެއްގެ ސަބަބުން ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން، ކަސްރަތުކޮށް ކެއުން ކޮންޓްރޯލް ކޮށްގެންވެސް ބަނޑު ނުހިނދޭ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދުވެރިއެވެ.

ރަނގަޅަށް ނުނިދެނީ ކަމަށް ވެދާނެއެވެ

ތަޖުރިބާކާރުންގެ ނަޒަރުގައި ނިދި ހަމަ ނުވުމަކީ ބަނޑު ހިންދަން އުނދަގޫވާނެ ކަމެކެވެ. ހަތްދިހަ ހާހެއްހާ އަންހެނުންގެ މައުލޫމާތު ހިމަނައިގެން 16 އަހަރުގެ މުއްދަތައް އެމެރިކާގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާ އަކުން ހާމަވާ ގޮތުގައި 5 ގަޑީއިރަށް ނުވަތަ އެއަށްވުރެ މަދުން ރޭގަނޑު ނިދާ މީހުންގެ ބަރުދަން 7 ގަޑީއިރު ނިދާ މީހުންނާ އަޅާ ބަލާއިރު، ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ގޮސްފައިވެއެވެ. އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް އިން ބުނަނީ ބޮޑު މީހަކު ރޭގަނޑު 7 ގަޑީއިރާއި 8 ގަޑީއިރާއި ދެމެދު ނިދަންވާނެ ކަމަށެވެ.

ހިތްވަރު ނެތީ ކަމަށް ވެދާނެއެވެ

ބަނޑުން ސަރުބީ ވިރުވާލުމަށް ބޭނުންވާ ފޯމިއުލާގައި އެކަން ކުރަން ބޭނުންވެ ވަރުގަދަ އަޒުމެއްގައި ހުރުން ވަރަށް މުހިންމު ދައުރެއް އަދާ ކުރެއެވެ. ކެއުމާ ކަސްރަތާއި، ފިކުރު ތަކުން ދުރުވުމާއި މިހެން ގޮސް ތަފާތު ކަންކަން މި ފޯމިއުލާގައި އެކުލެވިގެން ވެއެވެ. އަނގަޔަށް މީރު ކާއެއްޗެހިން ދުރުވުމަކީ ހިތްވަރު ހުރެގެން ކުރެވޭ ކަމެކެވެ. ގަވައިދުން ކުރަންޖެހޭ ކަސްރަތު ކުރުމާއި، ގަޑިއަށް ނިދުމާއި ހޭލުން ފަދަ ކަންކަމަކީވެސް ހިތްވަރު ބޭނުންވާ ކަމެކެވެ. ތަޖްރިބާކާރުން ބުނަނީ ފަލަވުމަށް މަގުފަހިވާ ތަބީއީ ސަބަބުތައް ހުއްޓަސް، ހިތްވަރު ހުރެއްޖެ ނަމަ އެކަމުން އަރައިގަނެވި ބަނޑުން ސަރުބީ ވިރުވާލެވިދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19 ގެ ސަބަބުން އަޑު އިވުމުގެ ހިއްސަށް ގެއްލުންވޭ: ދިރާސާ

ކޮވިޑް-19 ގެ ސަބަބުން އަޑު އިވުމުގެ ހިއްސަށް ގެއްލުންވޭ: ދިރާސާ

18 އޮކްޓޯބަރު 2020
ރޯދަ މަސް ނިމެނީ: ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާއަށް ލިބުނު ފައިދާތައް އިނގޭތަ؟

ރޯދަ މަސް ނިމެނީ: ރޯދަ އަށް ހުރުމުގެ ސަބަބުން ތިމާއަށް ލިބުނު ފައިދާތައް އިނގޭތަ؟

11 ޖޫން 2018
ޓޯމާޓޯ ބޭނުންކުރަންވީ ސަބަބު މިއޮތީ

ޓޯމާޓޯ ބޭނުންކުރަންވީ ސަބަބު މިއޮތީ

29 މެއި 2018
ބަނޑުހައިވީމަ ރުޅިގަދަވަނީ ކީއްވެ؟

ބަނޑުހައިވީމަ ރުޅިގަދަވަނީ ކީއްވެ؟

28 އެޕްރީލު 2018
މާބަނޑު ދުވަސްވަރު ފިކުރު ބޮޑުވާނަމަ ދަރިފުޅުގެ ސިކުނޑި އަށް ގެއްލުންވޭ: ދިރާސާ

މާބަނޑު ދުވަސްވަރު ފިކުރު ބޮޑުވާނަމަ ދަރިފުޅުގެ ސިކުނޑި އަށް ގެއްލުންވޭ: ދިރާސާ

29 މާރިޗު 2018

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު