Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ ރައީސް ކެމްޕެއިން

ޖަޒީރާ ރައީސް ކެމްޕެއިނުން ފެނިގެން ދަނީ އަރުވާލިޔަސް ނުހުއްޓުވޭނެކަން: މޫސާ ނައީމް

29 މެއި 2018 | އަންގާރަ 06:29

ރައީސް ނަޝީދު ވަނީ އއ އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނާއި ސްކައިޕް މެދުވެރި ކުރައްވާ ބައްދަލުކުރައްވާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 29 މެއި 2018 | އަންގާރަ 06:29
ޖަޒީރާ ރައީސް ޓީމް ތޮއްޑޫގެ ރައްޔިތުންނާއިއެކު

ޖަޒީރާ ރައީސް ޓީމް ތޮއްޑޫގެ ރައްޔިތުންނާއިއެކު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، "ޖަޒީރާ ރައީސް"ގެ ނަމުގައި ކުރިއަށްގެންދަވާ ކެމްޕެއިނަކީ މިއަދު ސިޔާސީ ގޮތުން އަނިޔާދިނުމުން، ރައްޔިތުންނާއި ދުރަށް އަރުވާލެއްވިގެން ހުންނަވަން ޖެހިވަޑައިގަތަސް، ރައްޔިތުންނާއި ހަމައަށް ވަޑައިގަތުން ނުހުއްޓުވޭނެ ކަމުގެ ހެއްކެއް ކަމަށް އެމްޑީޕީގެ އުތުރު ޕްރޮވިންސްގެ ނައިބުރައީސް މޫސާ ނައީމް ވިދާޅުވެއްޖެއެވެ.

ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު އަރިއަތޮޅު އުތުރުބުރީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކާ، "ޖަޒީރާ ރައީސް" ކެމްޕެއިން ޓީމުން އެ އަތޮޅުގެ 8 ރަށަށް ކުރި ދަތުރު ނިންމާލުމަށްފަހު އަންގާރަ ދުވަހު މާލެ ވަޑައިގެން، އެ ދަތުރުގައި އެންމެ އިސްކޮށް ހުންނެވި ނައީމް ވިދާޅުވީ، މި ކެމްޕެއިންއިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް ދައްކައިދިނީ ދުނިޔޭގެ ޓެކްނޮލޮޖީ މިއަދު ކުރިއަރާފައި އޮތް މިންވަރުން، ސިޔާސީ ހަރަކާތް ނުހުއްޓުވޭނެކަން ކަމަށެވެ.

Advertisement - newsAdvertisement

މި ދަތުރުގައި ކެމްޕެއިން ޓީމުން އެންމެ ފުރަތަމަ ދަތުރު ކޮށްފައިވަނީ އަރިއަތޮޅު އުތުރުބުރީ ހިމަންދޫއަށެވެ. ހިމަންދޫ ސްކައިޕް ބައްދަލުވުމަށް ފަހު ކެމްޕެއިން ޓީމް ދެން ދަތުރުކޮށްފައިވަނީ އެ އަތޮޅު މާޅޮހާއި ފެރިދޫ އަދި ބޮޑުފޮޅުދޫއަށެވެ. މި ތިން ރަށުގައި ތިބި އެމްޑީޕީގެ ރައްޔިތުންނާއިވެސް ރައީސް ނަޝީދު ވަނީ ސްކައިޕް މެދުވެރިކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ދަތުރުގެ ފުރަތަމަ ދުވަހުގެ ފަހު މަންޒިލެއްގެ ގޮތުގައި އއ. އުކުޅަހަށް ޖަޒީރާ ރައީސް ކެމްޕެއިން ޓީމް ދަތުރުކުރިއިރު، އެރޭ އެ ރަށުގައި ވަނީ ކެމްޕެއިން ޖަލްސާއެއް ބާއްވާފައެވެ. އެ މި ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި މިހާރު އެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުންވެސް މި ޖަލްސާގައި އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އަރިއަތޮޅު އުތުރުބުރިއަށް ނިސްބަތްވާ ޒުވާން އެކްޓިވިސްޓުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ދަތުރުގައި އުކުޅަހުގައި ޖަލްސާއެއް ބޭއްވިއިރު، ރައީސް ނަޝީދު މީގެ ކުރިން ވަނީ ސްކައިޕް މެދުވެރިކުރައްވާ އުކުޅަހުގެ ރައްޔިތުންނާއިވެސް ބައްދަލު ކުރައްވާފައެވެ.

ދަތުރުގެ ދެވަނަ ދުވަހު ކެމްޕެއިން ޓީމުން އެންމެ ފުރަތަމަ ދަތުރުކޮށްފައިވަނީ އއ މަތިވެރިއަށެވެ. އެ ރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާއިއެކު ރައީސް ނަޝީދު ކުރިއަށްގެންދެވި ސްކައިޕް ބައްދަލުވުމަށް ފަހު، ދެން ކެމްޕެއިން ޓީމް ދަތުރުކޮށްފައިވަނީ އެ އަތޮޅު ރަސްދޫއަށެވެ. ރަސްދޫގައި ވެސް ރައީސް ނަޝީދު ވަނީ ސްކައިޕް މެދުވެރިކޮށް ބައްދަލު ކުރައްވާފައެވެ.

ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި ޖަޒީރާ ރައީސް ކެމްޕެއިން ޓީމުން ދަތުރުކޮށްފައިވަނީ އއ. ތޮއްޑޫއަށެވެ. އެ ރަށުގައި ވެސް ރައީސް ނަޝީދާއިއެކު ސްކައިޕް ބައްދަލުވުން ބާއްވާފައިވާއިރު، މި ދަތުރުގައި އެ ރަށުގައި ވަނީ ހަރުގެ ޖަލްސާއެއް ވެސް ބާއްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ބުދަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެމްޑީޕީން މަޢުލޫމާތު ދޭ ގޮތުގައި މި އިންތިޚާބުގައި އެމްޑީޕީގެ ކޮންމެ މެންބަރަކަށް ވެސް އެމީހަކާއި އެންމެ ގާތުގައި ހުރި ވޯޓު ފޮއްޓަކަށް ވޯޓު ލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް