Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ ރައީސް ކެމްޕެއިން

ރާއްޖޭގެ ރަޖިސްޓްރީ މިހާރު އޮތީ ޗައިނާގެ އެގްޒިމް ބޭންކްގައި: ރައީސް ނަޝީދު

29 މެއި 2018 | އަންގާރަ 06:35

ރާއްޖެ މިވަނީ ދަރަނީގެ ދަންތުރައެއްގައި ޖެހިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2018 | އަންގާރަ 06:35
ރައީސް ނަޝީދު ސްކައިޕް މެދުވެރިކޮށް ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަނީ...

ރައީސް ނަޝީދު ސްކައިޕް މެދުވެރިކޮށް ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަނީ...

ދިވެހިރާއްޖޭގެ ރަޖިސްޓްރީ މިހާރު އޮތީ ޗައިނާގެ އެގްޒިމް ބޭންކްގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލ.ގަމުގައި ބޭއްވި ޖަޒީރާ ރައީސްގެ ކެޕެއިންގެ ޖަލްސާގައި ސްކައިޕް މެދުވެރިކޮށް ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިވަނީ ދަރަނީގެ ދަންތުރައެއްގައި ޖެހިފައި ކަމަށާއި ރާއްޖެ ވަރަށް ބޮޑަށް ދަރާފައިވާ ކަމަށެވެ. ތަރައްގީވަމުން އަންނަ ގިނަ ގައުމުތައް މިހާރު މިދަރަނީގެ ދަންތުރާގައި ޖެހެމުން އަންނަ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މިދަރަނީގެ ދަންތުރައިން ސަލާމަތް ނުވެއްޖެ ނަމަ ގެއްލިގެން ދަނީ ރާއްޖޭގެ ބިންތައް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ޗައިނާގެ ކުންފުނިތަކުން ރާއްޖޭން ނަގާފައިވާ ހުރިހާ ކޮންޓްރެކްޓަރެއް އިންތިހާއަށް އަގުބޮޑުކޮށް ކަމަށާއި، 100 މިލިއަން ޑޮލަރަށް އެޅޭ ބްރިޖް އަޅަނީ 300 މިލިއަން ޑޮލަރަށް ކަމަށެވެ.

"އަޅުގަނޑު އެބަ ދަންނަވަން ރާއްޖެ ދަރާފައިވާ މިންވަރު، ދަރާފައިވާ ގޮތް. ޗައިނާގެ އެގްޒިމް ބޭންކްގައި އޮތީ ރާއްޖޭގެ ރަޖިސްޓްރީ. ފައިސާ ހޯދާ ގޮތަކީ މިއަދު އެއްލައްކަ ރުފިޔާ ބޭނުންވެގެން އުޅޭ މީހާ މިސާލަކަށް އޭނާ ރުފިޔާ ދޭމީހެއްގެ އަތުގައި ބައްވަނީ ގޯތީގެ ރަޖިސްޓްރީއާއެކު އަދި އެއްމިލިއަން ޑޮލަރުގެ ޑޭޑެޓް ޗެކެއް. އަތައް ލިބެނީ އެއްލަކަ ރުފިޔާ އަބުރާ ދައްކަން ޖެހެނީ އެއްމިލިއަން ރުފިޔާ. ނުދެއްކުނީމަ ގެއްލިގެން ދަނީ ގޯތީގެ ރަޖިސްޓްރީއާ އެކު ގޯތި. އެއްލައްކަ ރުފިޔާގެ ވިޔަފާރިއަކުން އެއްމިލިއަން ރުފިޔާގެ ދަރަންޏެއް އަބުރާ ދެއްކޭނެ ހަމަ އެއްވެސް ގޮތެއް މިދުނިޔޭގައި ނުވޭ" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ދުވެލި މަޑުޖެހިފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ ކަމަށާއި، ރައްޔިތުންގެ އާމްދަނީ އިތުރުވަމުން ނުދާ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ލިބޭ އާމްދަނީ އިންތިހާއަށް ކުޑަވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަން ދިފާއު ކުރެއްވުމަށް ދެފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން އެކަމުގެ ހުރިހާ ގެއްލުމެއް ކުރީ ރައްޔިތުންނަށް ކަމަށެވެ. ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ އަދަދު މަދުވެ، ރިސޯޓު، ގެސްޓްހައުސް ވިޔާފާރިތަކަށް ހީނަރުކަން އައިސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ..

ރައީސް ޔާމިންގެ ވެރިކަމުގައި އިޖްތިމާއީ ހާލަތު ދަށަށް ގޮސްފައިވާ މިންވަރު ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މާލޭގެ މަގުމައްޗަށް މިދިޔަ ތިން އަހަރުގެ ތެރޭގައި 26 އަށް ވުރެ ގިނަ މީހުން މަރާލާ އެއްލާލާފައިވާ ކަމަށެވެ. މިއިން ގިނަ މަރުގެ ހަގީގަތް ނުހޯދޭ ކަމަށާއި، ތަހުގީގީ އިދާރާތަކާއި މިޖަރީމާތަކާއި ގުޅިފައިވާ މިންވަރު މިސަބަބާ ހުރެ ވެސް ޔަގީންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއާ މެދު ކަންބޮޑުވާ ގިނަކަންކަން އެބަހުރި ކަމަށާއި، 300 އަށް ވުރެ ގިނަ ދިވެހިން އެހެންގައުމުތަކުގެ ދާހިލީ ހަގުރާމައިގައި ވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި ޖިންސު ލަތީފުން ހަނގުރާމަ ވެރިންނަށް ޖާރިޔާއިންގެ ގޮތުގައި ވިއްކާފައިވާ ކަމަށެވެ.

މީގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިން ބަލިކޮށް، ގައުމު ރަނގަޅު މިސްރާބަށް އަނބުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް