Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް މެމްބަރުން

އަދާލަތު ޕާޓީގެ ޝެއިޚް މުހައްމަދު ދީދީ ޕީޕީއެމްއަށް

29 މެއި 2018 | އަންގާރަ 04:53

އޭނާ ސަރުކާރުން ވަކިވެވަޑައިގަތީ ސަރުކާރުން އަނިޔާވެރިވެ، ފަސާދައިގެ އަމަލުތައް ހިންގަމުންދާތީ

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2018 | އަންގާރަ 04:53
ޝެއިޚް މުހައްމަދު ދީދީ ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ފަހު، ފޯމް އެ ޕާޓީގެ މުސްތަޝާރުކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރައްވަނީ

ޝެއިޚް މުހައްމަދު ދީދީ ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ފަހު، ފޯމް އެ ޕާޓީގެ މުސްތަޝާރުކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރައްވަނީ

ސަރުކާރުން އަނިޔާވެރިވެ، ފަސާދައިގެ އަމަލުތައް ހިންގަމުންދާތީ ސަރުކާރުން ވަކިވެވަޑައިގެންނެވި، އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝެއިޚް މުހައްމަދު ދީދީ ޕީޕީއެމްއަށް ސޮއިކުރައްވައިފި އެވެ.

މުހައްމަދު ދީދީ ސޮއިކުރައްވަން ޕީޕީއެމް އިން ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކުރައްވާ ހުންނެވި ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ބައިވެރިވެޑައިގެންނެވި އެވެ.

Advertisement - newsAdvertisement

ޕީޕީއެމްއަށް ސޮއިކުރެއްވި މުހައްމަދު ދީދީ ވަނީ ކުރިން މި ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. އޭނާ ސަރުކާރުން ވަކިވެވަޑައިގަތީ، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ސަރުކާރުން އަނިޔާވެރިވެ، ފަސާދައިގެ އަމަލުތައް ތަކުރާރުވަމުންދާ ކަމަށް ބުނެ، އަދާލަތު ޕާޓީން ސަރުކާރަށް ކުރި އިތުބާރު އަނބުރާ ގެނައުމުން އެކަމަށް އިހްތިރާމު ކުރުމުގެ ގޮތުންކަމަށް ކުރިން އޭނަ ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމުން އިން ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ށ. ފީވަކު އެމްޑީޕީ ދާއިރާގެ ރައީސް ހަސަން ޒުހުރީ ވެސް ސޮއިކުރެއްވި އެވެ.

ޝެއިޚް މުހައްމަދު ދީދީ ޕީޕީއެމް އަށް ސޮއިކުރެއްވިއިރު، މުހައްމަދު ދީދީ ވެސް ފައުންޑަރ މެމްބަރެއްގެ ގޮތުގައި އުފެއްދެވި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވަނީ 12 އަހަރަށް ވަނީ ޖަލަށް ލައިފަ އެވެ. އިމްރާން ޖަލަށް ލާފައިވާނީ ބޭއިންސާފުން ކޮށްފައިވާ ހުކުމެއްކަމަށް ގިނަ ބަޔަކު ބުނެ އެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމަށް މަސައްކަތްކުރި އަދާލަތު ޕާޓީން، ސަރުކާރަށް ކުރި ތާއިދު އަނބުރާ ގެންދިޔައީ އަނިޔާވެރި ކަމާއި ފަސާދަ ބޮޑުވެގެން ކަމަށް ބުނެ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް