Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ މޫސުން ގޯސްވުން

ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިނދުނު ނަމަވެސް އަދިވެސް ސަމާލުވާން ޖެހޭ: ލަންކާ ޑިޒާސްޓަރ އޮފީސް

23 މީހަކު ވިއްސާރައިގައި މަރުވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 29 މެއި 2018 | އަންގާރަ 03:52
ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެފައިވާ ސަރަހައްދެއް

ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެފައިވާ ސަރަހައްދެއް

ނިމިދިޔަ ހަފްތާއިން ފެށިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިނދެމުން ދިޔަނަމަވެސް، ވިއްސާރައިގެ ސަބަބުން ކުރިމަތިވާނެ ކަމަށް ބެލެވުނު ނުރައްކާތަކަށް އަދިވެސް ސަމާލުވާން ޖެހޭނެ ކަމަށް ލަންކާގެ ކާރިސާތަކާއި ބެހޭ އިދާރާއިން ބުނެފިއެވެ.

ލަންކާ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ ވިއްސާރައިގެ އަސަރުކުރި އުސް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ބިރު އަދިވެސް އެބައޮތް ކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން ރެޑް އެލަރޓް ނެރުނު ކަލުތާރަ، ގޯލް، ރަތުނަޕޫރާ، ކެގޯލް އަދި ނުވަރައެލިޔާގައި އަދިވެސް ރެޑް އެލަރޓް ކެންސަލްކޮށްފައެވެ. ބިންގަނޑު ކަނޑައިގެން ގޮސްދާނެކަމުގެ ބިރު އޮތުމުން މި ޑިސްޓްރިކްޓްތަކުގެ ބައެއް ގެތަކުން މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާއިރު، އެގޭގެއަށް އަނބުރާ ދިޔުން އަދި ރައްކާތެރި ނޫންކަމަށް އޮފިޝަލުން ބުނެއެވެ.

ބޮޑެތި ކޯރުތަކުގެ ތެރެއިން ކެލަނި ގަންގާ، ގިންގު ގަންގާ، ނިލްވަލަ ގަންގާ، މަހާވެލި ގަންގާ، މަލްވައްތު އޮޔާ އަދި މަހާ އޮޔާގައި ވިއްސާރައިގެ ތެރޭގައި އާދަޔާ ޚިލާފަށް ފެންގަނޑު އުފުލުނު ނަމަވެސް، މިހާރު އާއްމު ވަރަކަށް ފެންގަނޑު ތިރިވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް ކަލުތާރަ ޑިސްޓްރިކްޓާއި، ދުނަމަލީ، ޖާއެލާ އަދި ޕުއްތަލަމް ގައި ހުރި ބައެއް ކޯރުތަކުގެ ފެންގަނޑު އުފުލުނު ގޮތަށް އަދި ހިނދެން ފަށާފައެއް ނުވެއެވެ.

ލަންކާއަށް މޫސުންް ގޯސްވެ، މިހާތަނަށް 23 މީހަކު މަރުވެފައިވެއެވެ. މި މީހުން މަރުވެފައިވަނީ ހޮނު އެޅުމުގެ ސަބަބުންނާއި، ވައި ގަދަވުމުގެ ސަބަބުން ގަސްތައް ވެއްޓި، ގަސްތަކުގެ ދަށުވެެގެންނެވެ. މީގެ އިތުރުން ގެނބިގެންވެސް ބައެއް މީހުން ވަނީ މަރުވެފައެވެ. ބޯކޮށް ވާރޭ ވެހި، މޫސުން ގޯސްވެ، ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުމުގެ ޙާދިސާތަކުން ސަލާމަތްކުރުމަށް 55،000 މީހުން މިހާރުވަނީ ވަގުތީ ކޭމްޕްތަކަށް ގެންދެވިފައެވެ. ޖުމްލަ 150،000 އަށް ވުރެ ގިނަ މީހުންނަށް މި ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިފައިވެއެވެ.

ލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ބުނީ ލަންކާގެ ހުޅަނގާއި ދެކުނުގެ ހިސާބުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވިއްސާރަވެ، އާދަޔާ ޚިލާފަށް ވައިގަދަވާނެކަމަށެވެ. އަދި އައްސޭރިފަށުގެ ހިސާބުތަކަށާއި، އައްސޭރިފަށާއި ކައިރި ހިސާބުތަކުގެ ކަނޑުގެ ސަރަހައްދުތަކަށް ގަޑިއަކު 60 ކިލޯމީޓަރާއި 70 ކިލޯމިޓަރާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް ލަންކާ މެޓް އޮފީހުން ބުނެއެވެ.

ކޮންމެ އަހަރަކުވެސް މެއި އަދި އެޕްރީލްގައި ހޫނު ގަދަވުމަށްފަހު، މިދުވަސްވަރަކީ ލަންކާއަށް ވިއްސާރަ ދުވަސްވަރެކެވެ. މޫސުން ގޯސްވެ، ބައެއް މީހުން މަރުވި ނަމަވެސް، ލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއްލުވުމެއް އަދި ލިބިފައެއް ނުވެއެވެ. ވެރިރަށް ކޮޅުނބާއި ކޮޅުނބުގެ ވަށައިގެންވާ ހިސާބުތަކުގައި ދިރުއުޅޭ ބައެއް ދިވެހިން ބުނީ ދޭތެރެދޭތެރެއިން ވިއްސާރައިގެ ސަބަބުން ކަރަންޓު ކަނޑައިގެންދާކަަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު

ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު

27 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު