Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޯގަން ފްރީމަން

މޯގަން ފްރީމަން ނުފެންނާތީ އުޒްބަކިސްތާނުގައި ފިލްމެއް އެޅުވުން މަނާކޮށްފި

ފިލްމު ރިލީސް ކުރުމުގެ ހުއްދަ ލިބިގެންދާނީ ސަރުކާރުގެ ދެ އިދާރާއަކުން މި މައްސަލައިގައި ގޮތެއް ނިންމުމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 މާރިޗު 2017 | ބުދަ 12:19
"ޑެއިޑީ" ގެ ނަމުން ނަންދީފައިވާ މި ފިލްމް ވިއްކުމަށްޓަކައި ބޭނުންކުރި ޕޯސްޓަރ

"ޑެއިޑީ" ގެ ނަމުން ނަންދީފައިވާ މި ފިލްމް ވިއްކުމަށްޓަކައި ބޭނުންކުރި ޕޯސްޓަރ

އުޒްބަކިސްތާނުގައި އުފެއްދި ފިލްމެއްގައި މޯގަން ފްރީމަން ނުފެންނާތީ އެގައުމުގެ ފިލްމް އެޅުވުމުގެ ހުއްދަ ދޭ ބޯޑުން އެ ފިލްމް އެޅުވުން މަނާކޮށްފިއެވެ.

"ޑެއިޑީ"ގެ ނަމުން ނަންދީފައިވާ މި ފިލްމް ވިއްކުމަށްޓަކައި ފިލްމުގެ ޕޯސްޓަރުގައި ފްރީމަން ހިމެނިފައި ވީ ނަމަވެސް ފިލްމުގެ އެއްވެސް މަންޒަރަކުން ފްރީމަން ނުފެނެއެވެ.

ޕޯސްޓަރުގައި ބޭނުންކޮށްފައިވާ މަންޒަރުތަކަކީ 2015 ވަނަ އަހަރުގެ ފިލްމެއް ކަމަށްވާ "ލާސްޓް ނައިޓް"ގެ ޕްރޮމޯޝަނަށް ބޭނުންކޮށްފައިވާ މެޓީރިއަލްއެވެ.

ފިލްމް ލައިސެންސް ދޭ އިދާރާއިން ތުހުމަތުކުރާ ގޮތުގައި ޕްރޮޑަކްޝަން ސްޓޫޑިއޯއިން ވަނީ މަޝްހޫރު ފަންނާނު ފެނިގެންދާނެ ކަމަށް ވައުދުވެ ނުބައި މައުލޫމާތުދީ ކޮންސިއުމާގެ ހައްގުތަށް ނިގުޅައިގެންފައެވެ.

ފިލްމް އުފެއްދި ޓިމޫރް ފިލްމްސްއިން މިކަމާ ބެހޭ ގޮތުން އަދި ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

މި ފިލްމުގައި ފެނިގެންދަނީ އުޒްބަކިސްތާނުގެ ތަރިއެއް ކަމަށްވާ މިރޮލިމް ކިލްޗެވް ފުލުހުއްގެ ގޮތުގައި މަސައްކަތްކޮށް އެ ގައުމުގެ ގޭންގްތަކުން ހިންގާ ކަންކަމުން ގައުމު ދިފާއުކުރާ ތަނެވެ.

ފިލްމު ރިލީސް ކުރުމުގެ ހުއްދަ ލިބިގެންދާނީ ސަރުކާރުގެ ދެ އިދާރާއަކުން މި މައްސަލައިގައި ގޮތެއް ނިންމުމުންނެވެ.

އެގައުމުގެ ސިނަމާތަކުގައި އަހަރަކު އެތައް ފިލްމެއް އެޅުވި ނަމަވެސް ބައިނަލްއަގްވާމީ ފެންވަރުގައި ރިލީސް ކުރެވެނީ މަދު ފިލްކެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2018

ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު މޯގަން ސްވާންގިރާއި އަވަހާރަވެއްޖެ

15 ފެބުރުއަރީ 2018
ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު މޯގަން ސްވާންގިރާއި އަވަހާރަވެއްޖެ
12 ސެޕްޓެމްބަރު 2017

ފިލްމެއް ހިންގުމަށް ރަނގަޅު ކޮންޓެންޓެއް ބޭނުންވޭ:ފަރްހާން އަޚްތަރު

12 ސެޕްޓެމްބަރު 2017
ފިލްމެއް ހިންގުމަށް ރަނގަޅު ކޮންޓެންޓެއް ބޭނުންވޭ:ފަރްހާން އަޚްތަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު