Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުރީގެ ރައީސް މައުމޫން

ރައީސް މައުމޫންގެ ބަންދަށް ލުޔެއް ނުދިން!

މައުމޫންގެ އާލާސްކަންފުޅާ ގުޅޭ ޒާތީ މައުލޫމާތުތަކެއް އަޑުއެހުމުގައި ވަނީ ހިއްސާކޮށްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 28 މެއި 2018 | ހޯމަ 16:25
ރައީސް މައުމޫން ބޭސްފަރުވާއަށް މާލެ ގެނައުމަށް ފަހު ގެންދަނީ

ރައީސް މައުމޫން ބޭސްފަރުވާއަށް މާލެ ގެނައުމަށް ފަހު ގެންދަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކުރުމަށް ނިންމާފައިވާ ނިންމުމަށް ބަދަލު ނުގެނެސް، އެމަނިކުފަނުގެ ބަންދަށް ލުޔެއް ނުދިނުމަށް ޝަރީއަތުން ނިންމައިފިއެވެ.

ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހު، އެ މަނިކުފާނު ބަންދުން ދޫކޮށްދިނުމަށް ނުވަތަ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި ރައީސް މައުމޫންގެ އާލާސްކަންފުޅާ ގުޅޭ ޒާތީ މައުލޫމާތު އެ އަޑުއެހުމުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ހިއްސާކުރުމުގެ ފުރުސަތަށް އެދުމުން ގާޒީ އަހުމަދު ހައިލަމް ވަނީ އެފުސަތު ދެއްވާފައެވެ.

Advertisement - newsAdvertisement

ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ގެންދެވީ ރައީސް މައުމޫން ބަންދުން ދޫކޮށްލައިފި ނަމަ މިމައްސަލައިގެ ހެއްކަށް ނުފޫޒު ފޮރުވުމުގެ ފުރުސަތު އޮތް ކަމަށް ބުނަމުންނެވެ. އެހެންކަމުން ރައީސް މައުމޫން ޖަލު ބަންދުން ދޫކޮށްދިނުމާ ދެކޮޅަށް ޕީޖީ އޮފީހުގެ ވަކީލުން ގެންދެވީ ވަކާލާތު ކުރައްވަމުންނެވެ.

ޕީޖީ އޮފީހުގެ ވަކީލުން ރައީސް މައުމޫން ދޫކޮށްލެއްވުމަށް ތަކުރާރުކޮށް ދެކޮޅު ހެއްދެވުމުން ރައީސް މައުމޫންގެ ވަކީލުން ވިދާޅުވީ ރައީސް މައުމޫންގެ އާލާސްކަންފުޅާ ގުޅޭ ޒާތީ މައުލޫމާތުތަކެއް މިއަޑުއެހުމުގައި ހިއްސާކުރަން ބޭނުންވާ ކަމަށާއި އެހެންކަމުން އެ އަޑުއެހުން ސިއްރުކޮށް ދިނުމަށް އެދިލެއްވިއެވެ.

އެހެންކަމުން މިމައްސަލަ ބައްލަވާ ގާޒީ ހައިލަމް، އެޑުއެހުން ސިއްރު ކުރުމަށް ނިންމެވިއެވެ.

ރައީސް މައުމޫންގެ އާލާސްކަންފުޅާ ގުޅޭ ގިނަ ކަންތައްތަކެއް، ޑޮކްޓަރުން ދެއްވާފައިވާ އިރުޝާދުތަކަށް ރިއާޔަތްކޮށް އެ އަޑުއެހުމުގައި އިއްވާފައި ވެއެވެ. ގާނޫނީ ވަކީލުންނާއި އާއިލާ އިން ބުނެފައިވާ ގޮތުގައި އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލައަކީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ (ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެކެވެ. އެ ހާލަތު މެދުވެރި ވަނީ އުމުރުން ދުވަސްވުމުގެ ސަބަބުންނާއި ބޮލަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. ބީޕީޕީވީއަކީ ކަންފަތުގެ އެތެރެއަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ހާލަތެކެވެ. އެ ހާލަތު ކުރިމަތިވުމުން ބޮލަށް ގެންނަ ހަރަކާތެއްގެ ސަބަބުން ބެލެންސުން ނެއްޓި މީހާ ވެއްޓޭ ގޮތް މެދުވެރިވެދާނެއެވެ. އަދި އެ ހާލަތު ކުރިމަތިވާ މީހާއަށް އޭނާގެ ވަށައިގެން ހުންނަ އެއްޗެހި އެބުރޭހެން ހީވެދާނެއެވެ. އޭގެ އިތުރުން ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެދާނެއެވެ.

އެހެންކަމުން ޑޮކަޓަރުން ލަފާދެއްވާފައި ވަނީ 24 ގަޑިއިރު ރައީސް މައުމޫންގެ އަރިހުގައި އެމަނިކުފާނުގެ ހާލު ބެއްލެވުމަށް މީހަކު ބެހެއްޓުމަށެވެ.

ނަމަވެސް ވަކީލުން ވިދާޅުވީ ރައީސް މައުމޫނާ މެދު ފުލުހުން އަމަލު ކުރަމުންދަނީ ރަނގަޅަށް ކަމަށާއި އެހެން ނަމަވެސް 24 ގަޑިއިރު ރައީސް މައުމޫންގެ ސިއްހީ ހާލަތު ބެލުމަކީ ފުލުހުންނަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

އެހެންކަމުން އެމަނިކުފާނު ބަންދުން ދޫކޮށްދިނުމަށާއި ބަންދުން ދޫކޮށްދެވެން ނެތް ނަމަ، ގޭބަންދަށް ބަދަލުކޮށްދިނުމަށް ވެސް ވަކީލުން އެދިލެއްވިއެވެ.

ރައީސް މައުމޫންގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ގާޒީ ހައިލަމް މިއަދު ނިންމެވިއިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމަށް ހައިލަމް އައްޔަން ކުރައްވާފައި ވަނީ ވެސް މިއަދުއެވެ. އަދި ސަރުކާރު ވައްޓަލަން އުޅުމުގެ ކުށުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ބޭފުޅުންގެ ޝަރީއަތްތައް ހިންގަވަނީ ވެސް ގާޒީ ހައިލަމްއެވެ. ގާޒީ ކަމަށް ހައިލަމް އައްޔަންކުރެއްވީ ވެސް ވަރަށް ފަހުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ހަމަ އެރޭ ވަނީ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފަ އެވެ. އަދި އޭގެފަހުންވެސް ސިޔާސީ ގިނަ ބަޔަކު ހައްޔަރުކޮށް، ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ 9 ބޭފުޅެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު