Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބާބަރާ ބުޝް

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އުމުރުފުޅުން 92 އަހަރުފުޅުގައި އަވަހާރަވެއްޖެ

ޖެނުއަރީގައި ދެ ކަނބަލުންވަނީ ކައިވެންޏަށް 73 އަހަރު ފުރުން ފާހަގަކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 އެޕްރީލު 2018 | ބުދަ 05:47
ދަރިކަލުން ޖޯޖްޑަބްލިއު ބުޝް(ކ)، ފިރިކަލުން ޖޯޖް އެޗް ޑަބްލިއު ބުޝް(ވ)  ހުންނެވިއިރު ބާބަރާ މެދުގައި

ދަރިކަލުން ޖޯޖްޑަބްލިއު ބުޝް(ކ)، ފިރިކަލުން ޖޯޖް އެޗް ޑަބްލިއު ބުޝް(ވ) ހުންނެވިއިރު ބާބަރާ މެދުގައި

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ އަދި ލިޔަންކިޔަން ދަސްކޮށްދެއްވުމުގެ ކެމްޕެއިން ހިންގެވި ބާބަރާ ބުޝް އުމުރުފުޅުން 92 އަހަރުފުޅުގައި އަވަހާރަވެއްޖެއެވެ.

އެކަމަނާގެ ފިރިކަލުން ޖޯޖް އެޗްޑަބްލިއު ބުޝް އަދި ދަރިކަލުން ޖޯޖް ޑަބްލިއު ބުޝް އެމެރިކާގެ ރައީސްކަން ކުރައްވާފައިވާއިރު އެކަމަނާ ފާހަގަވަނީ ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެއްގެ ގޮތުގައެވެ.1989 ން 1993 އަށް އެމެރިކާގެ ފަސްޓްލޭޑީގެ ގޮތުގައި ހުންނެވި ބާބަރާ އާލާސް ކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވެފައިވާއިރު ފަހަކަށް އައިސް އެކަމަނާގެ ހާލަތުވަނީ ގޯސްވެފައެވެ.

އެކަމަނާ އަވާހަރަވުމުން އެމެރިކާގެ ސިޔާސީ އެކި ފަރާތްތަކުން ގެންދަނީ ހަމްދަރުދީ ފާޅުކުރައްވަމުންނެވެ.

އެކަމަނާގެ ފިރިކަލުން މިހާރު އުމުރުފުޅުން 93 އަހަރުފުޅުގެ ޖޯޖް އެޗްޑަބްލިއު ބުޝް އަކީ އެމެރިކާގައި އެންމެ ގިނަދުވަހު ދުނިޔޭގައި ހުންނެވި ރައީސެވެ.

އެ ދެބޭފުޅުޅުންގެ ދަރިކަލުން ޖޯޖް ޑަބްލިއު ބުޝް ވަނީ އެމެރިކާގެ 43 ވަނަ ރައީސްގެ ގޮތުގައި 2000 ވަނަ އަހަރު ހޮވިވަޑައިގެން ދެ ދައުރު ފުރިހަމަ ކުރައްވާފައެވެ.

އެކަމަނާގެ ފިރިކަލުންގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައިވަނީ އެކަމަނާއަކީ އާއިލާތަކަށް ލިޔަންކިޔަން ދަސްކޮށްދެއްވުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

އެކަމަނާގެ ދަރިކަލުން ޖެބް ބުޝްއަކީ 1999ން 2007 އަށް ފްލޮރިޑާގެ ގަވަރނަރ ކަމަށްވާއިއު ޖެބް ބުޝްވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނަވައި ނާކާމިޔާބާ ކުރިމަތިވެ ވަޑައިގެންފައެވެ.

ފަސްޓްލޭޑީއަކު އާއްމުކޮށް ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކުގެ ދައުރުގެ އިތުރަށް އެކަމަނާވަނީ ބާބަރާ ބުޝް ފައުންޑޭޝަން އުފައްދަވައި ނިކަމެތި އާއިލާތަކަށް ލިޔަންކިޔަން ދަސްކޮށްދެއްވުމުގެ މަސައްކަތްޕުޅު ކުރައްވާފައެވެ.

އެކަމަނާ ފާހަގަކުރެވިގެން ގޮސްފައިވަނީ މަދަނީ ހައްގުތަކަށް ވަކާލާތު ކުރެއްވުމުގައި އެކަމަނާގެ މިނިވަން ފިކުރުގެ ސަބަބުން ފިރިކަލުންގެ ރިޕަބްލިކަން ޕާޓީއާއިވެސް ޚިޔާލު ތަފާތުވެ ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ.

ބާބަރާ އަވަހާރަވުމުން ވައިޓްހައުސްއިން ނެރެފައިވާ ބަޔާނުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ގައުމާއި އާއިލާތަކަށް އެކަމަނާ ކޮށްދެއްވި ޚިދުމަތް ޒަމާންތަކަށް ހަންދާން ކުރެވޭނެ ކަމަށެވެ. އަދި އެ ފަރާތަށް ވެސް އެކަމަނާ ފެއިލްވެ ވަޑައިނުގެން ފުރިހަމައަށް ޚިދުމަތް ކުރައްވާފައިވާ ކަމަށް ރައީސް ޓްރަމްޕްވިދާޅުވެފައިވެއެވެ.

ބަރަކް އޮބާމާއާއި މިޝޭލް އޮބާމާ އެކަމަނާ ސިފަ ކުރައްވާފައިވަނީ އާއްމު ޚިދުމަތަށް ހުސްވެ ވަޑައިގެން ޚިދުމަތްކުރެއްވި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.

ކުރީގެ އެހެން ރައީސެއްކަމަށްވާ ބިލް ކްލިންޓަން ވިދާޅުވެފައިވަނީ އެކަމަނާއަކީ އާއިލާއާއި އެކުވެރިންނާއި ގައުމާއި އަދި އެކަމަނާގެ ދާއިރާއަށް ޚިދުމަތްކުރެއްވުމުގައި ހިތްވަރު ދެއްކެވި ކަނބަލެއްގެ ގޮތުގައެވެ.

އެމެރިކާގެ 41 ވަނަ ރައީސްގެ ގޮތުގައި ޚިދުމަތްކުރެއްވި ޖޯޖް އެޗްޑަބްލިއު ބުޝް ތުރުތުރު އަޅާ ބަލި ތަހައްމަލް ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު މިހާރު އުޅުއްވަނީ ފުރޮޅުލީ ގޮނޑީގައެވެ.

މިދިޔަ ޖެނުއަރީގައި ދެ ކަނބަލުންވަނީ ކައިވެންޏަށް 73 އަހަރު ފުރުން ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު